Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ރާއްޖޭގެ ހަބަރު

އިންޑިއަން އޯޝަން ގެ އެންމެ ރޮމޭންޓިކް ރިސޯޓު ގެ އެވޯޑު މި އަހަރުވެސް ބަރޮސް އަށް

13 ޖުލައި 2017 - 09:06

އަފްނާން ޢަބްދުﷲ

ބަރޮސް މޯލްޑިވްސް އަށް މި އަހަރުވެސް އިންޑިއަން އޯޝަން ގެ އެންމެ ރޮމޭންޓިކް ރިސޯޓު ގެ ނަން ވޯލްޑް ޓްރެވެލް އެވޯޑްސް އިން ދީފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ސަން އެކުއަ ވިލު ރީފް ރިސޯޓް ގައި ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ ސެރެމޮނީ ވަނީ ބާއްވާފައެވެ. މި ހަފްލާ އަށް ރާއްޖެ އަދި ދުނިޔޭގެ އެކި ކަންކޮޅުގެ ތަކުގެ މީޑިޔާ އާއި ޓުއަރިޒްމް އިންޑަސްޓްރީގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވަޑައިގަތެވެ.

 

މި ހަފްލާގައި ވަނީ ބަރޮސް މޯލްޑިވްސް އަށް 2017 ވަނަ އަހަރުގެ އިންޑިއަން އޯޝަން ގެ އެންމެ ރޮމޭންޓިކް ރިސޯޓުގެ މަގާމް ދީފައެވެ. އަދި މިއީ އެ ރިސޯޓަށް މި އެވޯޑް ޖެހި ޖެހިގެން ލިބުނު ތިންވަނަ ފަހަރެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބޮޑު ހަފްލާ އޮންނާނީ މި އަހަރު ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ވިއެޓްނާމް ގަ އެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން