Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ރާއްޖޭގެ ހަބަރު

ބްރީތްލައިފް އިން ތަޢާރަފު ކުރާ ޕްރޮގްރާމްތައް ވަރަށް ތަފާތު

15 ޖުލައި 2017 - 15:55

އައިމިނަތް ނޫރް އަޙްމަދު

ބްރީތްލައިފް މިއަދުން ފެށިގެން ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ބްރީތްލައިފް އިން ހިންގަން ހަމަޖެހިފައިވާ ޕްރޮގުރާމްތަކަކީ ކަސްރަތު އަދި ދުޅަހެޔޮ ކަމާއި ހަމައަށް ވާސިލުވުމަށް ވަރަށް ވެސް ތަފާތު ގޮތްތަކެކެވެ.

އަދި މި ހަފްތާތެރޭ ވަރަށް ޙާއްސަ ކިލާސްތަކެއް ކުރިއަށް ގެންދާނެވެ. މިއީ ދިވެހިރާއްޖެއަށް މުޅިން އައު އަދި ވަރަށް ވެސް ތަފާތު ޕްރޮގުރާމް ތަކެކެވެ. ބްރީތްލައިފް ހުޅުވުމުގެ ރަސްމިއްޔާތުތެރޭގައި، ތައި ޔޯގާ ސްކޫލުގެ ގޮތްޕެއް ވެސް ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމުގެ ދަށުން ރިސޯޓް ތަކުގައި ވަޒީފާ އަދާކުރާ ކުދިންނަށް އަމާޒުކޮށްގެން، ސްޕާ ތަކާއި ފިޓްނަސް ދާއިރާގައި އުޅޭ ކުދިންނަށް ޙާއްސަކޮށް ފަރުމާކޮށްފައިވާ ކޯސްތައް ވެސް ހިމެނެއެވެ. މިއީ މިފަދަ ދާއިރާތަކުން ކުރިއެރުމަށް އަދި ވަޒީފާގެ ދާއިރާއިން ރަނގަޅު އަގުހުރި މުސްތަޤުބަލެއް ހޯދުމަށް އެހީވެދިނުމުގެ މަޤުސަދުގައި އިޖާދުކޮށްފައިވާ ކޯސްތަކެކެވެ. މީގައި ހިމެނޭ ކޯސްތަކުގެ ތެރޭގައި ފޫޓްރެފްލޮކްސޮލޮޖީ، ޕްރޮފެޝަނަލް ޔޯގާ އަދި މަސާޖު ތެރަޕީ ފަދަ ތަފާތު ޕްރޮގްރާމް ތައް ހިމެނެއެވެ.

ބްރީތްލައިފް އިން ތަޢާރަފު ކުރާ ހުރިހާ ޕްރޮގްރާމްތަކަކީ ވެސް ހަށިގަނޑަށް ލުއިކޮށް، މަސްތަކަށް އަރާމުވާގޮތަކަށް ޑިޒައިން ކުރެވިފައިވާ ކަސްރަތުތަކެކެވެ. އަދި މި ޕްރޮގިރާމް ތަކުގެ ތެރޭގައި ކުޅިވަރު ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް ބޭނުންވާ ސްޓްރެޗިންގ ވެސް އެކުލަވާފައި ވެއެވެ.

ބްރީތްލައިފް ގެ މައިގަނޑު މަޤްސަދަކީ ނޭވާލާން އުނދަގޫވާ، ބުރަކަށީގައި ރިއްސާ، ސްޓްރެސް އަދި ޑިޕްރެޝަން ހުންނަ ފަރާތްތަކަށް އެހީވުމެވެ. އަދި އެބޭފުޅުން އެކި ވަރކްޝޮޕް ތައް ޤާއިމުކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިއްމުކަން ތަމްރީން ކޮށްދީ އެކަމާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވެސް އެތަކެއް މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބްރީތްލައިފް އިން ހިންގާ ތަފާތު ޕްރޮގުރާމުތަކުގެ ތެރޭގައި ނިރްވާނާ ބްރީތިންގ، މިއުޒިކް ޔޯގާ، ޔޯގާ ސެރީން، އަދި ޕިލާޓޭޒް ވެސް ހިމެނެއެވެ. މީގެ އިތުރުން ހަރަކާތްތެރިކަން އިތުރުކުރަން ބޭނުންވާފަރާތްތަކަށް ބޮޑީ ފްލައި، ފްރީސްޓައިލް، ޕިލޮކްސިންގ އަދި ޒުމްބާ ހިމެނެއެވެ.

ރާއްޖެއަށް މުޅިން އައު ޓްރެއިނިންގެ އެއް ކަމަށްވާ ޕަރސަނަލް 20 ވެސް ވަނީ ބްރީތްލައިފް އިން ތަޢާރަފުކޮށްފައެވެ. ހުރިހާ ޕްރޮގްރާމެއްވެސް ފަރުމާކޮށްފައިވަނީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ހަށިގަނޑަށް އެންމެ ހެޔޮ ބަދަލެއް އަންނަ ފަދަ ގޮތަކަށެވެ. މި ޕްރޮގްރާމްތައް ޙާއްސަވަނީ އެއީ އެތެރެފުށުން އަދި ބޭރު ފުށުންގެ އިތުރުން، އިންސާނާގެ ސިކުނޑިއަށްވެސް އޭގެން ހެޔޮ އަސަރުތަކެއް ކުރާނެތީއެވެ.

ދިވެހިރާއްޖޭގައި ދުޅަހެޔޮ ކަމަށް ދޭ މުހިއްމުކަން އިތުރުވާ ވަރަކަށް، މިފަދަ އައު އަދި މުޅިން ތަފާތު ޕްރޮގުރާމްތަކެއް ތަޢާރަފު ވުމަކީ ވެސް ގިނަ ބަޔަކަށް ވަރަށް ކަމުދާނެ ކަމެއްކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން