Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ރާއްޖޭގެ ހަބަރު

އުމުރުން 3 އަހަރުގެ ދަރިފުޅަށް ޖިންސީ އަނިޔާކޮށް ހަށިގަނޑަށް އެތަށް ބައިވަރު ތިނޯހެއް ކޮއްޕީ މަންމަ ވަޒީފާ އަދާކޮށްދޭމީހާ

17 ޖުލައި 2017 - 11:43

އާޝިޔާ މުޙައްމަދު

އިންޑިއާގެ ކޮލްކަޓާގައި އުމުރުން އެންމެ 3 އަހަރުގެ ކުއްޖަކު އެސް.އެސް.ކޭ.އެމް ހަސްޕަތާލަށް މިދިޔަ ހޮނިހިރު ދުވަހު ގެންދިޔަ އިރު އޮތީ ތިނޯސް ތަކަކުން އަނިޔާކޮށް، ޖިންސީ ގޯނާކޮށް އަދި އަތް ބިންދާލާފައެވެ. ޓްރޯމާ ބައިގައި އެޑްމިޓްކޮށްފައިވާ މި ކުއްޖާގެ އޮޕަރޭޝަން ވެސް ކުރެވޭ ގޮތް ވަނީ އަދި ނުވެފައެވެ.

އެކުއްޖާ މި ހަސްޕަތާލަށް ގެންދިޔައީ ޖިންސީ އަދި ޖިސްމާނީ އަނިޔާތަކެއް ކޮށްފައި އޮތުމުންނެވެ. އަދި މިފަދަ ނުބައި އަމަލެއް ކުރިކަމަށް ތުހުމަތުކުރެވެނީ އެކުއްޖާގެ މަންމަ ވަޒީފާ އަދާ ކޮށްދޭ ދުވަސްވީ ފިރިހެނެއް ކަމަށްވެއެވެ.

ކުއްޖާގެ ހަށިގަނޑުގައި މަދުވެގެން 7 ތިނޯސް ކޮށްޕާފައިވާ ކަމަށްވެއެވެ. އަދި އެ ނުނެގިފައިވަނީ ނަގަން މަސައްކަތްކުރުމުގައި އިތުރު ގެއްލުމެއް އެކުއްޖާއަށް ލިބިދާނެތީއެވެ. އޭނާ ވަނީ އޮބްޒަވޭޝަން ގައި ބާއްވާފައެވެ.

ފުލުހުން ވިދާޅުވާގޮތުގައި ޕްރޮޓެކްޝަން އޮފް ޗިލްރަން ފްރޮމް ސެކްޝުއަލް އޮފެންސަސް އެކްޓް ގެ ދަށުން ތުހުމަތުކުރެވޭމީހާގެ މައްޗަށް ވަނީ ކޭސް އެއް ހުށަހަޅާފައެވެ. މީނާ އަކީ ކުރީގައި ގާޑެއްގެ މަސައްކަތްކުރި ސަނަޓަން ތާކުރު އެވެ.

އެ ކުއްޖާއަށް ކޮށްފައިވާ އަނިޔާ ފެންމަތިވީ ކެއްސާ ރޯގާ ޖެހުނު ކަމަށް ބުނެ އޭނާގެ މަންމަ ބަންކުރާ މެޑިކަލް ކޮލެޖަށް ގެންދިޔުމުންނެވެ.

ސަނަޓަން ތާކުރު އަދި ވެސް ފުލުހުންނަކަށް ނުފެނެއެވެ. ހިސާބުގަނޑުގެ ހުރިހާ ފުލުސް ސްޓޭޝަން އަކަށް މިކަން އަންގާފައިވާ އިރު، އޭނާ އާއި ސުވާލުކުރަން ޖެހޭކަމަށް ޕުރުލިއާ މުފައްޝަލް ޕޮލިސް ސްޓޭޝަނުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން