Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ދުނިޔޭގެ ހަބަރު

އަނިޔާކޮށް، ބޮޑުކަމުދާ ތަކެތި ކާން ދިނުމަށް ފަހު އަންހެނަކު މަރާލީ ސިހުރު ހަދާކަމަށް ބުނެ

14 އޮގަސްޓް 2017 - 11:29

އާޝިޔާ މުޙައްމަދު

އުމުރުން 40 އަހަރުގެ ކަންޔާއަށް އަނިޔާކޮށް ބޮޑުކަމުދާ ތަކެތި ގަދަކަމުން ކާންދީ މަރާލީ އަލިފާން ހިލަތަކެއްގެ މަތީގައި ބާއްވާފައެވެ. އޭނާގެ ލޮލަށް ވެސް ވަނީ މި ހިލަތައް ކޮށްޕާ ލޯ އަނދިރިކޮށްފައެވެ.

މީނާއަކީ ފިރިމީހާ މަރުވެފައިވާ 15 އަހަރުގެ ކުއްޖެއް ވެސް ހުންނަ މީހެކެވެ. އޭނާ ދިރިއުޅެމުން އައީ އެކުއްޖާ އާއެކު އެކަނިއެވެ. އޭނާއަށް ހަމަލާދިނީ އޭނާގެ އާއިލާގެ 2 މީހުންނާއި ގޭ ކައިރީގައި ދިރިއުޅޭ މީހެއްވެގެންނެވެ.

ފުލުހުންނަށް ޚަބަރު ލިބިފައިވަނީ މި ހާދިސާ ހިނގިތާ 1 ދުވަސް ފަހުންނެވެ. ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމުން އެމީހުން އެގޮތަށް ކަންތައް ކުރީ އެއީ އެހިސާބުގެ ދިރިއުޅޭ، އެމީހުން ކިޔާ 'ބާބާ' އެއް، އަންހެން މީހާއަކީ ސިހުރު ހަދާމީހެއް ކަމަށް ބުނެ އަނިޔާ ކުރަން ބުނުމުން ކަމަށެވެ.

ނަމަވެސް އަސްލު ސަބަބަކީ ފިރިމީހާގެ ފަރާތުން ކަންޔާއަށް ވާރުތަވެފައިވާ ބޮޑު ބިމެވެ. ފިރިހެން ދަރިފުޅަށް އަދި 18 އަހަރު ނުފުރޭތީ ބިމުގެ ދަހިވެތިކަމުގައި އަންހެންމީހާ މަރާލީ ކަމަށްވެއެވެ.

މި މައްސަލަ ހުށަހެޅީވެސް އޭނާގެ ޖަނާޒާއަށް ދިޔަ މީހެކެވެ. ނަމަވެސް މައްސަލަ ރިކޯޑު ކުރުމަށް ފުލުހުން ވެސް ފުރަތަމަ ދެކޮޅު ހެދިކަމަށް ވެއެވެ. ނަމަވެސް ކަންޔާގެ 23 އަހަރުގެ އަންހެން ދަރިފުޅު މައްސަލަ ހުށަހެޅުމުން ތަހުޤީޤުކުރަން ފެށީކަމަށް ވެއެވެ. މިހާރު މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން