Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ދުނިޔޭގެ ހަބަރު

ރޮހިންޔާ މުސްލިމުންނަށް އަނިޔާ ލިބެމުން މިދަނީ ކީއްވެ؟

7 ސެޕްޓެމްބަރ 2017 - 16:00

ޙައްވާ އަޒްލީނާ ޢަލީ

ރޮހިންޔާ މުސްލިމުންނަށް އަނިޔާ ލިބެމުން މިދަނީ ކީއްވެ؟

" އެމީހުން އަހަރެންގެ ދަރިފުޅުގެ އިއްފަތް ނަގާލުމަށްފަހު މަރާލީ" 40 ހަކަށް އަހަރަށްދާ އަންހެނަކު ކިޔަދިނެވެ. " އެމީހުން މަގޭ ފިރިމީހާ މަރާލުމަށްފަހު ވަޅެކެތަރަށް އެއްލާލީ" މުސްކުޅި އަންހެން ރޮމުން ވާހަކަ ދެއްކިއެވެ. " އެމީހުން އަހަރެމެން އެންމެން އަންދާ މަރާލުމަށްފަހު ނޫނީ ދުލެއް ނުކުރާނެ" ޒުވާން ފިރިހެނަކު އަސަރާއެކު ކިޔައިދިނެވެ.

މިއަދު ރޮހެންޔާ މުސްލިމުން ތިބީ އެހެން މުސްލިމުންގެ އެހީއަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ. މިޔަންމާގެ ސަރުކާރުން ދަނީ އެމީހުންނަކީ އިންސާނުންކަމަށްވެސް ބަލައިނުގަނެ ހިތުހުރިހާ އަނިޔާއެއް ދީ މަރައި ގެދޮރާއި މުދާ އަންދަމުންނެވެ. ސަރުކާރުން ބުނަމުން ގެންދަނީ ރޮހެންޔާ މުސްލިމުންނަކީ ބަންގްލަދޭޝުން ގާނޫނާއި ޚިލާފަށް ބަރުމާއަށް އައިސް ވަޒަންވެރިވެގެން އުޅޭ ބައެއް ކަމުގައެވެ.

ނަމަވެސް ތާރީހުން ހެކިދޭ ގޮތުގައި މިޔަންމާގެ އަރެކެން ސިޓީގައި ރޮހެންޔާ ދަރިފަސްކޮޅު 7 ވަނަ ގަރުނުން ފެށިގެން ވަޒަންވެރިވެ ދިރިއުޅެމުން ދެއެވެ. 1.3 މިލިއަން ރޮހެންޔާ ދަރިފަސްކޮޅުގެ ރައްޔިތުން އެގައުމުގައި ދިރިއުޅޭއިރު އެގައުމގުގެ ރައްޔިތެއްކަމުގެ ރަޖިސްޓްރީ އޮންނަނީ އެންމެ 40 ހާސް މީހުންގެއެވެ. ދެން ތިބި ރައްޔިތުންނަކީ އެއްވެސް ސްޓޭޓަކަށް ނިސްބަތް ނުވާ މީހުންނެވެ. 1982 ވަނަ އަހަރުގައި ތަންފީޒުކުރެވުނު ގާނޫނުގައި ބުނެފައިވަނީ ރޮހެންޔާ ދަރިފަސްކޮޅުގެ މީހަކަށް އެގައުމުގެ ރައްޔިތަކަށް ވެވޭނީ އެމީހުންގެ ކާބަފައިން 1832 ވަނަ އަހަރު ކުރިން އެގައުމަށް އައިސް ވަޒަންވެރިވެފައިވާ ކަމުގެ ހެކި ދެއްކުމުންނެވެ. މިކަމަށް ދަތިކުރުމުގެ ގޮތުން ބަރުމާގެ ސިފައިން ވަނީ ރޮހެންޔާގެ އަވަށްތަށް ސުންނާފަތިކޮށް ގަދީމީ ބިނާތަކާއި ހެކިތައް ނައްތާލާފައެވެ.

ރޮހެންޔާ މުސްލިމުންނަށް މިއަނިޔާވެރިކަމާއި ކުރިމަތިލާންޖެހުނީ އެގައުމުގެ މުސްލިމުންގެ އަދަދު ބުޑިސްޓުންނަށްވުރެ ގިނަވެދާނެ ކަމުގެ ބިރު އެމީހުންނަށް ހީވާން ފެށުމުންނެވެ. ރާޚިން ސިޓީގައި އަނިޔާވެރިކަން ފެތުރިގެން ދިޔައީ މުސްލިމް ފިރިހެނުންތަކެއް ބުޑިސްޓް އަންހެނެއް ގޭންގް ރޭޕްކުރި މައްސަލައަށް ރިޕޯޓްކުރެވުމާއި ގުޅިގެންނެވެ. މިހަމަ ނުޖެހުންތަކުގައި މުސްލިމު 57 މީހުން ޝަހީދުވެ 31 ބުޑިސްޓުން މަރުވިއެވެ. އެއަށްފަހު ރޮހެންޔާ މުސްލިމުންނަށް މިލިޓަރީ މީހުންގެ ހަމަލަތައް ލިބެމުން ދިޔައެވެ. އެއްލައްކަ 40 ހާސް ރޮހެންޔާ މުސްލިމުން އެމީހުންގެ ގެތަކުން ނެރެ ގައުމުން ބޭރުކޮށްލެވުނެވެ.

ބަރުމާގެ ބުޑިސްޓް ލީޑެރެއް ކަމަށްވާ އަޝިން ވިރަތޫ ބުނެފައިވަނީ މުސްލިމުން ރަނގަޅަށް އުޅެނީ ބަލިކަށިކޮށްލުމުން ކަމަށެވެ. މުސްލިމުން ވަރުގަދަވުމުން އެމީހުން ހީވަނީ މިނިކާކުއްތާތަކެއްގެ ބައިގަނޑެއް އެއްވެގެން އެހެން ޖަނަވާރުތަކަށް ހަމަލަދޭހެންނެވެ. ބަރުމާގެ ސަރުކާރުން ބުނަމުން ގެންދަނީ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަށް މީޑިޔާތަކުން ފަތުރަމުންގެންދަނީ ހަޤީގަތް އޮޅުވައިލައިގެން ބޮޑުކޮށްގެން ކަމަށެވެ. މިވާހަކަތަކުން މިމީހުންގެ އަނިޔާވެރިކަމާއި މުސްލުމުން ދެކެ ގަންނަ ބިރު ހާމަވެއެވެ.

ބަރުމާގެ ސަރުކާރުގެ އަމާޒަކީ ރޮހެންޔާ މުސްލިމުންގެ ވަސްވެސް އެބިމުން ފޮހެލުމަށެވެ. މިއަދު އެމުސްލިމުން އެތިބީ އެހެން ގައުމުތަކުގެ މަދަދާއި އެހީއަށް ބޭނުންވެފައެވެ. އީދުގެ ކުޅިވަރާއި މަޖަލުގައި އަހަރެމެން ޢާފިލުވެ ތިބުމުގެ ބަދުލުގައި މިމުސްލިމުންނަށް މަދަދާއި އެހީ ހޯދަން ޕްރޮގްރާމްތަކެއް ނުވަތަ ކެމްޕެއިންތަކެއް ފެށުން ކީއްތޯއެވެ. އަނިޔާ ލިބެމުންދާ ރޮހެންޔާގެ ގިނަ މުސްލިމުން ދަނީ ބަންގްލަދޭޝަށް ހިޖުރަކުރަމުންނެވެ. ބަންގްލަދޭޝަށް ނުދެވި އެކި ހިސާބުތަކުގައި ކާނާއާއި ބޯފެން ނެތިފައިވެސް އެތައް މުސްލިމުންނެއް ވެއެވެ. މާތް ﷲ އެމުސްލުމުންގެ ކަންތައް ފަސޭހަކޮށްދެއްވައި ނަސްރުދެއްވާދޭވެ. އާމީން.

ކިޔުންތެރިންގެ ހިޔާލުތައް

×

ލައިލާ | 9 ސެޕްޓެމްބަރ 2017 - 03:37

އަނިޔާ ކުރާތީ.

ޓްރެންޑިން