Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ދުނިޔޭގެ ހަބަރު

ސީރިއާގެ ދެމަފިރިއެއްގެ އަޑު

6 ސެޕްޓެމްބަރ 2017 - 09:00

ޙައްވާ އަޒްލީނާ ޢަލީ

ސީރިއާގެ ހަނގުރާމައަކީ އަހުމަދާއި ޚަދީޖާގެ 65 އަހަރުވީ ކައިވެނީގެ ލޯތްބަށް ހުރަހެއް ކަމުގައި ނުވިއެވެ. ހަނގުރާމައިގެ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުންދާ މިދެމަފިރިން ބުނަނީ ކައިވެނީގެ މިހާތަނަށް ދެމީހުން ދުވަހަކުވެސް އަރައިރުންވެ ހަޅޭލަވާ ހަދާފައި ނުވާކަމަށެވެ. އަދި ކޮންމެ ހާލެއްގައިވެސް މިތިބީ އެކުގައި އުޅުމަށްކަމަށެވެ.

ހަނގުރާމައިގައި ގެދޮރާއި ދަރިން ގެއްލުނު ޚަދީޖާ ބުނި ގޮތުގައި އެމީހުން އުޅުނީ އުފަލާއެކު ފުދިގެންވާ ދިރިއުޅުމެއްގައެވެ. އޭނާ ބުނިގޮތުގައި އެމީހުންގެ ކުރިމަތީގައި އެމީހުންގެ ދަރިންނަށްވުރެ މޮޅު ރަނގަޅު ބައެއް ނުތިބޭނެ ކަމަށެވެ. އަދި އަމިއްލަ ނަފްސަށްވުރެ އެކުދިން ދެކެ ލޯބިވާކަމަށެވެ. މިހާރު އެކުދިންގެ ޚަބަރެއްވިޔަސް ވަނީ ފޯނުންކަމަށެވެ. ބުނެވޭ ގޮތުން މިދެމީހުންގެ ކުދިންވީ ސީރިއާ ދޫކޮށް ތުރުކީއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އޭނާ ކިޔައިދިން ގޮތުގައި ގެދޮރު ގެއްލި މިހެން އުޅޭތާ 4 އަހަރުވީއެވެ. އަދި އޭނާގެ ފިރިމީހާއަކީ ބުރަމަސައްކަތް ކުރާ މީހެއްކަމަށާއި ދެމީހުން އެކަކު އަނެކަކު ދެކެ ރުޅިއަންނަންޖެހޭ ހާލަތެއް ދިމާނުވާކަމަށެވެ. އަހުމަދު ކިޔައިދިން ގޮތުގައި ހަނގުރާމައިގެ ހަމަލާތަކާ ކުރިމަތިލާންޖެހުމުން ހީވީ ޤިޔާމާތްވީ ކަމަށެވެ. އަދި އެމީހުންގެ ހިތްތަށް ހުސްވެ ހިތާމައިން ފުރިގެންދިޔައެވެ.

އަހުމަދު ބުނި ގޮތުގައި ސާފް ބޯފެންފޮދެއްވެސް ރަނގަޅަށް ނުލިބެއެވެ. އަދި ގޮދަންވެސް އެމީހުންނަށް ފުދޭވަރަށް ނުލިބެއެވެ. އޭނާ އިތުރަށް ކިޔައިދިން ގޮތުގައި ބަނޑުހައި ހޫނުކަމާއި ފަގީރުކަން ބޮޑުވެ މީހަކު އޭނާގެ ފިރިހެން ދަރިފުޅު ވިއްކަން ވަރަށް ފަހުން ބާޒާރަށް ނުކުތެވެ. ބައެއް މީހުން ކާނެ އެއްޗެއް ނެތިގެން ހާލުގައި ޖެހި އެމީހުންގެ ގުނަވަންތައް ވިއްކައި ހަދައެވެ. އަހުމަދު އަސަރާއެކު ބުނީ މިހާރުވެސް އެއްވެސް ބަޔަކު އެމީހުންނަށް އަޅާ ނުލާކަމަށެވެ. މުސްލިމުންގެ ގަދަރުނެތި މަރުވެގެން ހިގައްޖެ ކަމަށެވެ. އަދި އެމީހުންނަށް މަދަދާއި ވާގިދެއްވަނީ ﷲ ސުބުހާނަހޫ ވަތަޢާލާ އެކަނިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން