Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ދުނިޔޭގެ ހަބަރު

ބަންގްލަދޭޝްގެ ޕްރައިމް މިނިސްޓަރ ރޮހެންޔާ މުސްލިމުންގެ އާދޭހަށް ދެނީ ބީރު ކަންފަތެއް

9 ސެޕްޓެމްބަރ 2017 - 12:00

ޙައްވާ އަޒްލީނާ ޢަލީ

ވޭތުވެ ދިޔަ ފަސްދުވަހުގެ ތެރޭގައި މުޅި ސޯޝަލް މީޑިއާގައި އާންމުވެފައިވަނީ މިޔަންމާގައި ދިރިއުޅޭ ރޮހެންޔާ މުސްލިމުންނަށް ލިބެމުންދާ އަނިޔާގެ ފޮޓޯތަކާއި ވީޑިއޯތަކެވެ. ކުޑަކުދިން ބިކަވެ ނިކަމެތިވެފައިވާ ތަނެވެ. ފިރިހެނުން ކަތިލައި ރޯކޮށްލާތެނެވެ. އަންހެނުންނާއި ކުދިންގެ އިތްފަތް ފޭރުނު ހިތި އަސަރުގަދަ ވާހަކަތަކެވެ. ރޮހެންޔާ މުސްލިމުންނަށް އޮތީ 3 ގޮތެވެ. މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުގައި ނިމިދިއުމެވެ. ނުވަތަ ބަންގްލަދޭޝަށް ދާން އޮންނަ ކޯރު ހުރަސްކުރަން އުޅުމުގެ ތެރޭގައި މަރުވެގެން ދިއުމެވެ، ނުވަތަ ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ސަރަހައްދުގައި ބަނޑުހައިހޫނުކަމާއި ނިކަމެތިކަމުގައި ނިމިދިއުމެވެ. ނަމަވެސް އެހާ ބުރަ މަސައްކަތާއި ވޭނަށްފަހު ބަންގްލަދޭޝްގެ ބޯޑަރު ހުރަސްކޮށް ވަންނަން އައުމުން ބަންގްލަދޭޝުން ވަނީ މި މުސްލިމުންގެ އާދޭހަށް ބީރު ކަންފަތެއް ދީފައެވެ.

ބަންގްލަދޭޝްގެ ޕްރައިމް މިނިސްޓަރ ޝެއިހް ހަސީނާ ވިދާޅުވީ ރޮހެންޔާ ރައްޔިތުންނަކީ ބަންގްލަދޭޝުން ޒިންމާވާން ޖެހޭ ބައެއް ނޫންކަމަށެވެ. އަދި ބަންގްލަދޭޝަކީ އާބާދީ ބޮޑުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ޤައުމެއް ކަމަށާއި ރޮހެންޔާ ރައްޔިތުންގެ ކަންތަކުގައި ގޮތް ނިންމާނީ މިޔަންމާގެ ސަރުކާރުން ކަމަށެވެ. އިންޓަވިއުކުރާ ފަރާތުން ކުރި ސުވާލެއްގެ ޖަވާބުގައި ހަސީނާ ބުނަނީ އެމީހުން ބަންގްލަދޭޝަށް ވަށްދަންޖެހޭ ސަބަބެއް ނުފެންނަ ކަމަށާއި ކާނާއި އާއި ބޭސްފަރުވާ ދިނުމަށްފަހު އެމީހުން ވާނީ އެމީހުންގެ ޤައުމަށް ފޮނުވާލާފައިކަމަށެވެ. އަދި ބަންގްލަދޭޝް ފުލުހުން އެމީހުން ގަދަކަމުން ބޭރުކުރަން ބާރުގެ ބޭނުންކުރިކުމަށް ބުނުމުން ހަސީނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ. ރޮހެންޔާ ރައްޔިތުންގެ ހާލަތާ މެދު މިޔަންމާ ސަރުކާރަށް ކަންބޮޑުވުން ފާޅުކޮށްފައިވޭތޯ ސުވާލުކުރުމުން ހަސީނާ ބުނަނީ އެކަން ކޮށްފައި ވާކަމަށާއި މިޔަންމާގެ ސަރުކާރުން އެކަމަށް ޖަވާބު ދީފައިވަނީ އެމީހުންނަށް ބޭނުންވާ މަދަދާއި އެހީތެރިކަން ދެމުން ދާކަމުގައެވެ. އަދި އެކަން އޭނާ ޤަބޫލުކުރާކަމަށްވެސް ބޮޑުވަޒީރުވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން