Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އާދަޔާ ހިލާފު ތަންތަން

ޖިންނި ސަހަރު: ތުރުކީ ވިލާތުގެ ބިމު އަޑީގައިވާ އާދަޔާ ހިލާފް ސަހަރެއް

26 ސެޕްޓެމްބަރ 2017 - 12:00

ފާތިމަތު މުހައްމަދު

މާތްﷲ ގެ ކުޅަދުންވަންތަކަމުން އިންސާނުންގެ ތެރެއަށް އިންސާނުންނަށް ޤަބޫލުނުކުރެވޭފަދަ އާދަޔާ ހިލާފް ތަންތަންވަނީ ލައްވާފައިއެވެ. މިގޮތުން މިއީވެސް 1963 ވަނަ އަހަރު ތުރުކީގެ ރައްޔިތަކަށް ތަޖުރިބާކޮށްލަން ޖެހުނު އާދަޔާ ހިލާފް ތަނެކެވެ. ތުރުކީވިލާތަށް މަޝްހޫރު ނުވަތަ އެބިންގަރާހަކަށް އެބަޔަކު ނަންދެވިފައިވާ ޖިންނި ސަހަރެވެ.

ބިމުއަޑީގައި ހަދާފައިވާ މި ރީތި ސަހަރު ދިރާސާކުރުމުގެ މަސައްކަތް އާސާރާއާ ބެހޭ ޢިލްމުވެރިން ފެއްޓެވި ފެއްޓެވުމުން އެ ބޭފުޅުންނަށް 40 މީޓަރު އަޑިއަށް ވަނީ ވަޑައިގެންނެވިފަ އެވެ. އެ ބޭފުޅުން ލަފާކުރައްވާގޮތުގައި މި ސަހަރުގެ ފަންގެފިލާތައް (ފަށަލަތައް) 85 މީޓަރަށް ފުނަށް ގޮސްފައިވެ އެވެ. މިހާތަނަށް ހޯދިފައިވަނީ 20 ފަންގެފިލާ (ފަށަލަ) އެވެ. މީގެ ތެރެއިން ބަލައިލުމަށްޓަކައި ދެވޭވަރުވީ އެންމެ 8 ފަށަލައަށެވެ. އިތުރު ފަށަލަތަކަށް ދިއުމަށް ހުރަސްތަކެއް ހުރިކަމަށް ދިރާސާތައް ބުނެ އެވެ. ދިރާސާކުރުމުގެ މަސައްކަތަށްޓަކައި މި ސަހަރު މިހާރުވަނީ ރައްކައުތެރިކުރެވިފަ އެވެ.

ހަމަމިއާއިއެކު މި ސަހަރުގެ އެތެރެ ފަރުމާކޮށްފައިވަނީ ވަރަށް އަޖައިބުވަނިވި ގޮތަށެވެ. މިއީ 10 ހާސްމީހުންނަށް އުޅެވޭވަރުގެ ސަހަރެއްކަމަށް ދިރާސަތައް ބުނެ އެވެ. މި ސަހަރަށް ވަދެ ނިކުމެ ވުމަށް ސިއްރު 3 ދޮރާށި ހުރެ އެވެ. މި ދޮރާށިތައް ބަންދުކުރެވެނީ ބޮޑު ހިލަގަނޑަކުންނެވެ. މިއިން ހިލަނގަޑެއްގެ ބަރުދަނަކީ 500 ކީލޯގްރާމެވެ. އުސްމިނަކީ މީޓަރެކެވެ. ބޯމިނަކީ 50 ސެންޓިމީޓަރެވެ. ބައެއް ފަންގިފިލާތަކުގައި އަސްގެންގުޅޭ ކޮށިތަކާއި ކެއުމުގެ މާލަންތަކާއި ފައްޅިތައް ހަދާފައިވެ އެވެ. މި ފައްޅިފައްޅީގެ މިންތަކަކީ 20 މީޓަރު، 9 މީޓަރު އަދި 3 މީޓަރެވެ. ބަދިގެތަކުގެ ފާރުތަކުގައި ގެނދަބުޅީގެ އަސަރު މިހާރު ވެސް އެބަހުއްޓެވެ. މި ސަހަރުގައި ތެޔޮ ތާނގީތަކާއި ކާބޯތަކެތީގެ ގުދަންތަކާއި މަދްރަސާ ވެސް ހިމެނެ އެވެ. މި ސަހަރުގެ ތެރެއިން ކޯރެއް ދަތުރުކޮށްފައިވެ އެވެ. މީގެ އިތުރަށް 52 ވަޅު ކޮނެފައިވެ އެވެ.

ކޮންމެއަކަސް ބިމުގެ އަޑީގައިވާ މި ބިންގަރާހަކީ އިންސާނުންގެ މަސައްކަތެއް ކަމަށް ޤަބޫލުކުރަން ދަތިއެވެ. ތުރުކީގެ ގިނަބަޔަކު އަދިވެސް ޤަބޫލުކުރާ ހާޤީގަތަކީ މި ބިނާއަކީ ޖިންނީންގެ މައްޗަށް އޮތް ބިނާއެއް ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން