Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އާދަޔާ ހިލާފު ތަންތަން

އަޅާނުލައި ދޫކޮށްލެވިފައިވާ މިމޯލް ފުރެންދެން މަސް!

2 އޮކްޓޯބަރ 2017 - 22:00

ޙައްވާ އަޒްލީނާ ޢަލީ

ބެންކޮކްގައި ހުންނަ މިއިމާރާތަކީ ކުރީގެ މޯލެކެވެ. 1980 ވަނަ އަހަރުގައި ހުޅުވި މިމޯލްގެ މައްޗަށް ހުންނަ ހަތް ބުރިއަަށް ހުއްދަ ނުދެނީސް އުސްކޮށް ނަގާފައިހުރުމުގެ ސަބަބުން އިމާރާތުގެ ވެރިންނަށް މަޖުބޫރުވީ އިމާރާތް ބަންދުކުރުމަށެވެ. 1997 ވަނަ އަހަރުން ފެށިގެން އަޅާނުލައި ދޫކޮށްލައިފައިވާ މިއިމާރާތް ވީރާނާވެ މޯލްތެރެއަށް ވާރޭވެހި ފެންބޮޑުވާން ފެށިއެވެ. ނަތީޖާއަކަށްވީ މަދިރިފަނި އާލާވެ ކައިރީގައި އުޅޭ މީހުންނަށް މަދިރިން ކުރާ އުނދަގޫ ބޮޑުވުމެވެ.

މިކަމުގެ ހައްލަކަށް އެމީހުން އެއިމާރާތުގައި ހެދިފައިވާ ފެންގަނޑަށް މަސްލިއެވެ. އެމަސްތައް ގިނަވެ އިތުރު މަސްތައް މީހުން އެތަނަށް ގެނެސްލާން ފެށިއެވެ. އާންމުކޮށް މީރު ފެނުގައި އުޅޭ ގޯލްޑް ފިޝް، ކޮއި ފިޝް އަދި ކާޕް ފަދަ މަސްމަހެވެ.

މިހާރު މިތަންވެފައިވަނީ ފަތުރުވެރިން ބަލައިލަން އަންނަ މަންޒިލަކަށެވެ. މިކަމުގެ ސަބަބުން މިހިސާބުގައި ދިރިއުޅޭ ވިޔަފާރިވެރިންގެ ވިޔަފާރިތަކަށްވެސް ވަނީ ކުރިއެރުން ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން