Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އާދަޔާ ހިލާފު ތަންތަން

ޤަބޫލްކުރަން ދަތިވިއަސް މީއީ ހަޤީގީ ތަނެއް!

28 ސެޕްޓެމްބަރ 2017 - 12:00

ޙައްވާ އަޒްލީނާ ޢަލީ

އެމެރިކާގެ ނެވާޑާ ސިޓީގެ މިހިތްގައިމު "ފްލައި ގޭސަރ" އަކީ މިދުނިޔޭގެ ތަނެއް ކަމަށް ޤަބޫލްކުރަން ދަތި އާދަޔާ ޚިލާފު ރީތި ތަނެކެވެ. ގޭސަރއަކީ އަލިފާން ފަރުބަދަތައް ފަދަ ތަންތަނުގައި ހުންނަ ފެން އާތްވަށް ވެގެން ނިކުންނަ ތަންތަނެވެ. ނޭނގުމެއްގެ ތެރޭގައި މި ގޭސަރ އުފެދުނީ 1916 ވަނަ އަހަރު މިތަން ކޮނުމުގެ ސަބަބުންނެވެ.

މިތަނަކީ ސަހަރާއެއްގައި ވާތަނެކެވެ. މިތަން ކޮނުނީ މިސަރަހައްދުގެ ދަނޑުވެރިކަން ރަނގަޅުކުރުމަށް ފެން ހޯދުމަށެވެ. 1964 ވަނަ އަހަރުގައި އަނެއްކާ މިތަން ކޮނުމުގެ ސަބަނުން މިތަނުން ހޫނުވެފައިވާ ބިމު އަޑީގެ ފެންތައް ނުކުންނަން ފެށިއެވެ. މިތަނުން އަރާ ފެނުގެ އާވިގަނޑު 5 ފޫޓަށް މައްޗަށް އަރައެވެ. އަދި މިފެނާއި ގަލުގައި ހުންނަ މިނަރަލްސްތައް އެކުވެ ދުވަހަކަށްވުރެ ދުވަހެއް މި ގޭސަރގެ ސައިޒް ދަނީ ބޮޑުވުމުންނެވެ. މިގޭސަރގެ މިވާ ރީތި ކުލަތަކުގެ އަސްލަކީ ގޭސަރގެ ބޭރުގައި ހެދޭ "އަލްގޭ" އެވެ. އަލްގޭއަކީ ފެނުގައި ހެދޭ އަވި ބޭނުންކުރާ ކުޑަ ގަހެއް ފަދަ ދިރުމެކެވެ. މިގޭސަރގައި ހެދެނީ ވަރަށް ހޫނުގައި ނޫނީ ނުހެދޭ ވައްތަރުގެ އަލްގޭއެކެވެ.

ފްލައި ގޭސަރގެ އެތައް ތަނަކުން އާވިގަނޑު ނުކުމެއެވެ. މި ގޭސަރ ހުންނަނީ ޕްރައިވެޓް ބިމެއްގައެވެ. އެހެންކަމުން މިތަނަށް ޒިޔާރަތްކޮށް ބަލާލުމަކީ މަދު މީހަކަށް ނޫނީ ނުލިބޭނެ ފުރުސަތެކެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން