Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އާދަޔާ ހިލާފު ތަންތަން

ދުނިޔޭގެ އެންމެ ބޮޑު ދިރިހުރި އެއްޗަކީ ކޮބާކަން އިނގޭތަ؟

18 އޮކްޓޯބަރ 2017 - 22:00

އާޝިޔާ މުޙައްމަދު

އެއީ ބޮޑު މަހެއް ނޫނެވެ. ހަންޑިކުޑައެކެވެ. އަރްމިލާރިއާ އޮސްޓޯޔޭ ނުވަތަ ހުމަންގަސް ފަންގަސް ގެ ނަމުން ނަންދެވިފައިވާ މި ހަންޑިކުޑައަކީ 2400 – 8650 އަހަރާއި ދެމެދު ދިރިހުރި އެއްޗެއް ކަމަށް ލަފާ ކުރެވޭ ކަމަށް ސައިންސްވެރިން ވިދާޅުވެއެވެ.

 

އޮރެގޯންގެ މެލްހެއަރ ނެޝެނަލް ފޮރެސްޓްގެ 2385 އަކަ ފޫޓަށް ބޮޑުވެފައިވާ މި ހަންޑިކުޑައަކީ އޭގެ ކައިރީގައި އުފެދިފައި ހުންނަ ކޮނިފަރ ވައްތަރުގެ ގަސްތަކަށް ނުރައްކައުތެރި އެއްޗެކެވެ.

އެއީ މި ހަންޑިކުޑައަށް ބޭނުންވާ ކާނާ ހޯދަނީ ގަސްތަކުގެ މޫތަކުންނެވެ.

ހަންޑިކުޑައަކީ އެއް ބޮޑު ދިރިހުރި އެއްޗެއް ކަމަށް ބެލެވެނީ އެއީ މީގެ ހުރިހާ ސެލްތަކަކީ އެތަކި އަނެކައްޗާ އެއްގޮތް އެއްޗެހިއަށް ވެފައި އެއް ސެލް އަނެއް ސެލް އާ ގުޅޭތީ އެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން