Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އާދަޔާ ހިލާފު ތަންތަން

ޕިރަމިޑް އޮފް ގިޒާ - އިންސާނުން ހަދާފައިވާ އާދަޔާ ހިލާފު އިމާރާތެއް

25 އޮކްޓޯބަރ 2017 - 12:00

އާޝިޔާ މުޙައްމަދު

ޕިރަމިޑް އޮފް ގިޒާ އަކި ދުނިޔޭގެ އެންމެ ބޮޑު ޕިރަމިޑެވެ. އިޖިޕްޓްގެ އެލް ގިޒާ ގައި ހުންނަ މި ޕިރަމިޑަކީ ލަފާ ކުރެވޭ ގޮތުން 85 އަހަރުގެ މުއްދަތެއްގެ ތެރޭގައި ބިނާކޮށްފައިވާ އިމާރާތެކެވެ. އެއީ 2504 ބީސީ އާއި 2589 ބީސީ އާ ދެމެދެވެ. މިއީ މީގެ ގާތްގަނޑަކަށް 3800 އަހަރު ކުރިއެވެ. 

މި ޕިރަމިޑު އެޅުމަށް 2 މިލިއަން އެޅި ގާ ބޭނުންކުރި ކަމަށްވެއެވެ. އެއީ 2 ޓަން އާއި 50 ޓަނުގެ ގަލެވެ. މިހާ ބައިވަރު އަދި ބަރު ގާ ޕިރަމިޑު އަޅަން ގެންދިޔަ ގޮތަކީ އަދިވެސް ސައިންސްވެރިން ހައިރާން ކުރުވާ، އެކަމުގެ ހަޤީޤަތް އަދި ހޯދިފައި ނުވާ ކަމެކެވެ.

 

ކަމުގެ މާހިރުން ވިދާޅުވާގޮތުގައި 100000 އަށް ވުރެ ގިނަ މީހުން މި ޕިރަމިޑު އެޅުމަށް ވަނީ މަސައްކަތްކޮށްފައެވެ. އަދި ލަފާ ކުރެވޭ ގޮތުގައި އެއީ އަޅުން ނެތް ނޫނެވެ. މުސާރަ ދީގެން ގެންގުޅުނު މުވައްޒަފުންނެވެ.

އިޖިޕްޓު ގައި ހަދާފައި ވާ ހުރިހާ ޕިރަމީޑެއް ވެސް ހުންނަނީ ރިވަރ ނައިލް ގެ ހުޅަނގު ފަރާތުގައެވެ. ޤަބޫލުކުރެވޭގޮތުގައި މިގޮތަށް ހަދާފައިވަނީ އެއީ އިރު އޮއްސެނީ މި ފަޅިން ކަމަށްވެފައި މިކަމުން ދައްކުވައިދެނީ މަރުވެފައިވާ މީހުންގެ ދުނިޔެ ކަމަށެވެ.

އިޖިޕްޓަކީ އެހާ ހޫނު ތަނަކަށް ވާ އިރުވެސް، މި ޕިރަމިޑު ގެ އެތެރޭގައި އަބަދުވެސް ހުންނަނީ 20 ޑިގްރީ ސެލްސިއަސް އެވެ. އަދި މި ޕިރަމިޑަކީ އެއް އިރެއްގައި ހިރިގަލުން އެ ވަށާ ފަރުމާ ކޮށްފައިވާ ތަނެކެވެ. އޮމާން ހިރިގަލުގެ ސަބަބުން ލޯ ގަނޑެއް ފަދައިން ސޫރަ ފެންނަ ކަމަށް ވެސް ވެއެވެ. ނަމަވެސް ބިންހެލުމާއި ގިނަ ދުވަސް ވުމުން ހިރިގާތަކުގައި ރެނދު ލައި އެ އެއްޗެހި ތައް ހަލާކުވެގެން ދިޔައީއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން