Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އާދަޔާ ހިލާފު ތަންތަން

ޓަޝިރޮޖިމާ: ބުޅަލުގެ ދުނިޔެ

1 މޭ 2017 - 23:08

ޓަޝިރޮޖިމާއަކީ ޖަޕާނުގައި އޮންނަ ވަރަށް ކުޑަ ރަށެކެވެ. މިރަށުގެ ޖުމްލަ އާބާދީއަކީ 100 ވަރަކަށް މީހުންނެވެ. ޓަޝިރޮޖިމާ މަޝްހޫރުވެގެން ގޮސްފައި ވަނީ އެރަށުގައި އުޅޭ ބުޅަލުގެ އަދަދު ގިނަކަމުންނެވެ. ރަށުގައި އުޅޭ ކޮންމެ މީހަކަށް 6 ބުޅާ އުޅޭ ކަމަށް ވެއެވެ. ޖަޕާން މީހުން ޤަބޫލުކުރާ ގޮތުގައި ބުޅަލަށް ކާންދީ އަޅާލުމަކީ މުއްސަނދިކަމާއި ތިޔާގިކަން ލިބޭ ކަމެކެވެ. އެހެންވެ މިރަށުގައި ދިރިއުޅޭ އެންމެންވެސް ބުޅާތައް ވަރަށް ރަނގަޅަށް ބަލަހައްޓައެވެ.

ޖަޕާނުގެ ކުދި ރަށްތަކަކީ 1603 ވަނަ އަހަރާއި 1868 ވަނަ އަހަރާއި ދެމެދު އޮތް "އިޑޯ ޕީރިއޮޑް" އޭ ކިޔުނު ޒަމާނުގައި ސިލްކް ވަރަށް ގިނައިން އުފެއްދި ރަށްތަކެކެވެ. މިރަށްތަކުގެ ތެރޭގައި ޓަޝިރޮޖިމާވެސް ހިމެނެއެވެ. ސިލްކް އުފައްދާ ފަންޏަކީ ޢާންމުކޮށް މީދަލުގެ ޝިކާރައަކަށްވާ އެއްޗެކެވެ. ޓަޝިރޮޖިމާގައި ބުޅާ ގެންގުޅެން ފެށީ މިސަބަބަށްޓަކައި މީދާ މެރުމަށެވެ. އެދުވަސްވަރުން ފެށިގެން ބުޅަލުގެ އާބާދީ ދިޔައީ ބޮޑުވަމުންނެވެ. ސިލްކް އުފެއްދުން ހުއްޓާލި ފަހުންވެސް ބުޅާތަކުގެ އަދަދު އިތުރުވަމުން ދިޔައެވެ. މިރަށުގައި ދިރިއުޅޭ މީހުން ޢާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުން މިހާރު ކުރަނީ މަސްވެރިކަމެވެ.

ބުޅާދެކެ ލޯބިވާ މީހުންގެ ތެރޭގައި ފަހަކަށްއައިސް ޓަޝިރޮޖިމާގެ މަޤްބޫލުކަން ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ. އެހެންކަމުން އެރަށުގެ މީހުން ވަނީ ފަތުރުވެރިން ތިބުމަށްޓަކައި ބުޅަލުގެ ސިފައިގައި ހުންނަ ކެބިން ތަކެއްވެސް އަޅާފައެވެ. މިގޮތަށް ދަތުރުކުރާ ފަތުރުވެރިން ބުޅާތަކުގެ ފޮޓޯނަގާ ބުޅާތަކަށް ކާންދީ ހެދުމަކީ ވަރަށް ކުރާ ހިތްވާ ކަމެކެވެ. ތިޔައީ ބުޅަލަށް ލޯބިކުރާ މީހެއްނަމަ ޓަޝިރޮޖިމާ ވާނީ ޒިޔާރަތްކޮށްލުމަކީ ލިބޭ ވަރަށް ބޮޑު އުފަލަކަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން