Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އާދަޔާ ހިލާފު ތަންތަން

ވިކްޓޯރިއާ ފޯލްސް – އަޖައިބުން ފުރިގެންވާ ވޯޓަރ ފޯލްއެއް!

16 މޭ 2017 - 11:14

މަރިޔަމް ލައިސާ

ޒޭމްބިއާ އަދި ޒިމްބާބްވޭ ދެމެދުގައި ބޯޑަރެއްގެ ގޮތުގައި ހުރަސް ކުރާ މި ވޯޓާރ ފޯލް އަކީ އަޖައިބުން ފުރިގެންވާ ރީތި ތަނެކެވެ. މި ވޯޓާރ ފޯލް އަކީ ދުނިޔޭގެ އެންމެ ބޮޑު ވޯޓާރ ފޯލްއެވެ. މި ވޯޓާރ ފޯލް ޒަމްބޭޒީ ކޯރު އިތުރަށް ފުރިހަމަ ކޮށްދެއެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ އެންމެ ރީތި ވޯޓާރ ފޯލްގެ ލަޤަބު ވަނީ މިތަނަށް ލިބިފައެވެ.


355 ފޫޓު އުސް އަދި 1 މޭލު ފުޅާ މި ވޯޓާރ ފޯލް އިން ސިކުންތަކު 934455.94 ލީޓަރު ފެންފައިބާތަން ބަލައިލުމަކީ ވަރަށް ވެސް ހިތްފަސޭހަ ކުރުވާނެ ކަމެއް ކަން ކަށަވަރެވެ. މިތަން މިތަނުގެ އެންމެ ފުރިހަމަ ގޮތުގައި ބަލާލެވޭނީ މެންދުރުގެ އަވީގައި ފެންގަނޑަށް ވިއްސާރަދުނީގެ ކުލަތައް އަރާފައި އޮއްވާ ހެލިކޮޕްޓަރަކުން އެތަނުގެ މަތިން ދުއްވާލީމައި ކަމަށް އެތަނަށް ދިޔަ ގިނަ ފަރާތްތަކަކުން ވަނީ މަޢުލޫމާތު ދީފައެވެ.


މީގެ އިތުރުން ސީއެންއެން އިން ބުނާ ގޮތުގައި މިތަނަކީ ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ ތަން ތަނުގެ ތެރެއިން އެއް ތަނެވެ. މިތަނަކީ ޒޭމްބިއާއިން ވެސް އަދި ޒިމްބާބްވޭ އިންވެސް ބަލައިލެވޭނެ ތަނެކެވެ. މިތަނަށް ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު ވަނީ ވަރަށް ގިނަވެފައެވެ. ޒިމްބާބްވޭ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި ޒޭމްބިއާއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އެކި އަހަރުތަކުގެ މަތިން މިއަންނަނީ ގިނަވަމުންނެވެ. މިތަނުގެ ފުރިހަމަ ކަމާއި ރީތިކަން ލިޔުމަކުން ފުރިހަމައަށް ބަޔާން ނުކޮށްދެވިދާނެއެވެ. ނަމަވެސް މިތަން ފެނުމުން ތިމާ ހައިރާންވެ އަންތަރީސް ކުރުވާނެ ކަން އަޅުގަނޑަށް ޔަޤީނެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން