Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އާދަޔާ ހިލާފު ތަންތަން

ރެއިލޭ – ޒިޔާރަތް ކޮއްލަން ރަނގަޅު ތަނެއް!

16 މޭ 2017 - 14:11

މަރިޔަމް ލައިސާ

ރެއިލޭ އަކީ ތައިލޭންޑްގެ "ސިޓީ" އެއް ކަމަށްވާ ކްރަބީ އަދި އައޮ ނާންގް އާއި ދޭތެރޭގައިވާ ކުޑަ ރަށެއް ކަހަލަ ތަނެކެވެ. މިތަން ހަމަ އެކަނި ބަލައިލެވޭނީ ބޯޓެއްގައި ދަތުރު ކޮށްގެންނެވެ. އެއީ މިތަނުގައި ހުންނަ "ކްލިފް" ތަކުގެ ސަބަބުންނެވެ. "ކްލިފްސް" އަކީ ވަރަށް އުސްކޮށް ފަރުބަދަހެން ހުންނަ އެއްޗެކެވެ. ރެއިލޭގައި ކްލިފްތައް ގިނަވުމުގެ ސަބަބުން އުސްތަންތަނަށް އަރަން ލޯބި ކުރާ މީހުންނަށް ރެއިލޭ ވަރަށް ކަމުދެއެވެ.

މީގެ އިތުރުންވެސް ރެއިލޭގެ ރީތި ގޮނޑުދޮށްތަކުންނާއި ހިތްގައިމު އަދި ހިތްފަސޭހަ ތަނެއް ކަމުގައި އެތަން ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފައެވެ. ނަމަވެސް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އުސްތަންތަނަށް އަރާ މީހުންގެ މެދުގައެވެ. އަދި އަހަރެއްގެ މައްޗަށް އެތައް ފަތުރުވެރިންނެއް ހަމައެކަނި އެތަންތަނަށް އެރުމަށްޓަކައި ރެއިލޭއަށް ޒިޔާރަތް ކުރެއެވެ.


މިހެންކަމުން، ރެއިލޭ އިން އުސްތަންތަނަށް އަރާނެ ގޮތުގެ ކޯސްތަކެއް ވެސް ހިންގަދެއެވެ. އަދި މި ކޯސްތައް ހިންގައިދެނީ ވެސް މިކަމުގެ މާހިރުންނެވެ. އެހެންކަމުން، ރެއިލޭއަށް ޒިޔާރަތް ކޮއްލައިގެން އައު ތަޖުރިބާ އެއް ކޮއްލުމުގު ފުރުސަތު ވެސް ލިބިދެއެވެ. ރެއިލޭގެ ހިތްގައިމު މަންޒަރުތައް ފޮޓޯއަކުން ފެނުނަސް އަދި ހިތްހަމަ ނުޖެހޭނެއެވެ. އެކަމަކު ހަމަ ލޮލުން އެތަން ބަލައިލެވިއްޖެ ނަމަ ހިތަށް ފިނިކަމެއް ލިބިގެންދާނެކަން އެއީ ހަމަ ޔަޤީން ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން