Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އާދަޔާ ހިލާފު ތަންތަން

ދުނިޔޭގެ އެންމެ އާދަޔާހިލާފު އަދި ރީތި މިސްކިތްތައް

29 މޭ 2017 - 22:29

މަރިޔަމް ލައިސާ

ދުނިޔޭގެ ހަތަރު ބައިކުޅަ އެއް ބަޔަކީ މުސްލިމުންނެވެ. އެހެން ކަމުން، މުސްލިމުން ނަމާދު ޤާއިމު ކުރުމަށްޓަކައި މިސްކިތްތައް ވަނީ ވަރަށް ސާފުކޮށް، އަދި އެހާމެ ރީތިކޮށް ހަދާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު މިސްކިތްތައް ހުރެއެވެ.

އެންމެ ފުރަތަމަ މިސްކިތެއް ބިނާކުރެއްވީ އަޅުގަނޑުމެންގެ ރަސޫލާ މުޙައްމަދު(ޞ) އެެވެ. އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ ގެކޮޅު ބޭރުގައި، މީސްތަކުންނަށް ފަސޭހައިން ނަމާދަު ކުރެވޭނެގޮތް ހަށްދަވާފައެވެ. އަދި، އެކަލޭގެފާނު ނަމާދު ޤާއިމް ކުރަށްވަނިކޮށް، މުސްލިމުން، އެކަލޭގެފާނުގެ ފަހަތްޕުޅުން ސަފުހަދައި ނަމާދކުރައްވައެވެ.

އިސްލާމް ދީން މުޅިދުނިޔެއަށް ފެތުރުމާއިއެކު، އެެހެން ޤައުމުތަކުގެ މުސްލިމުން ވަނީ، މިސްކިތްތައް ބިނާ ކުރުމުގެ މަސައްަކަތް ފަށާފައެވެ. އަދި މި މިސްކިތްތަކުގައި ވުޟޫ ކޮށް ސާފު ޠާހިރުވުމަށް ޚާއްސަ ތަނެއް ހަދާފައި ވެއެވެ. މީގެއިތުރުން، ޤިބްލަ ހޯދުމަށް ވަކި ތަނަކާއި ބަންގި ގޮވުމަށް މުންނާރެއް ހަދާފައި ވެއެވެ.

ދުނިޔޭގައިވާ ރީތި މިސްކިތްތައް ވަރަށް ވެސް ގިނައެވެ. ނަމަވެސް ތިރީގައި މި ބަޔާން ކުރެވޭ މާތް ﷲގެ ގެފުޅުތަކަކީ، ޚާއްސަ ގޮތެއްގައި ރީތި ކަމަށް ފާހަގަ ކޮށްލެވޭ 15 މިސްކިތެކެވެ.


1. ސުލްތާން އަހްމަދު މޮސްކް (ބްލޫ މޮސްކް)
މި މިސްކިތް ބިނާ ކުރެވިފައި ވަނީ 17 ވަނަ ޤަރުނައިގެ ތެރޭގައެވެ. އިސްތާންބުލް ގައި ބިނާ ކުރެވިފައިވާ މި މިސްކިތް އޭގެ ނޫކުލައިގެ މުށިތަކުގެ ސަބަބުން ވަނީ "ބްލޫ މޮސްކް" ގެ ނަމުން ނަން ދެވިފައެވެ.


2. ނާސިރު އަލް މޮލްކް މޮސްކް
އެހެން މިސްކިތްތަކާއި ޚިލާފަށް އިރާނުގެ ޝިރާޒުގައި ބިނާ ކުރެވިފައިވާ މި މިސްކިތް ވަނީ ކުލަގަދަ ބިއްލޫރި ތަކަކުން ވަށާލާފައެވެ. އަދި އެ މިސްކިތުގައިވާ ޕޭރޝިއަން ކާޕެޓް، މި ކުލަގަދަ ބިއްލޫރި ތަކުން ދަޅަ އަޅާލާފައެވެ.


3. އިސްތިޣްލާލް މޮސްކް
އިންޑޮނޭޝިއާގެ ޖަކާޓާގައި 20 ވަނަ ޤަރުނުގައި މި ބިނާ ކުރެވިފައިވާ މިސްކިތަކަކީ، ނަމާދު ކުރުމަށް ހަދާފައިވާ ތަންކޮޅާއި އަދި މުންނާރުގެ ޚާއްސަކަމަށް މަޝްހޫރުވެފައެވެ.


4. ޖަމާ މަސްޖިދް މޮސްކް
އިންޑިއާގައި ބިނާކުރެވިފައިވާ މި މިސްކިތަކީ ރަތް ކުލައިގެ ވެލިގަލުން އަދި މާބަލްސް އިން ބިނާކުރެވިފައިވާ މިސްކިތެކެވެ.


5. ޝެއިޚް ޒެއިދް ގްރޭންޑް މޮސްކް
އަބޫ ދާބީގައި ބިނާކުރެވިފައިވާ އެންމެ ބޮޑު އެއް މިސްކިތުގައި 40000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. ޕޭރޝިއަން ކާޕެޓްސް އިން ފަތުރާލެވިފައިވާ މި މިސްކިތުގައި ޖޭރމަނީގެ ޗޭންޑެލިޔާތަށްވެސް ވަނީ އެހާމެ ހިތްގައިމުކޮށެވެ. އަދި، މީއްޗިއްސްތަށް ވަަނީ، ސުވަރޯވްސްކީ ކްރިސްޓަލްސް އިން ހަދާފައިވާ އެއްޗެހި ތަކެކެވެ. 

6. ސުލްތާން ހަސަން މޮސްކް
ކެއިރޯގެ ސްކޫލެއްގައި އަދި މިސްކިތެއްގެ ގޮތުގައި ބިނާ ކުރެވިފައިވާ މި މިސްކިތަށް މިހާރު 300 އަހަރު ވެދާނެއެވެ.


7. ޝާހް މޮސްކް
އިރާން ގައި ބިނާ ކުރެވިފައިވާ މި މިސްކިތަކީ 10 ޤަރުނައިގެ ތެރޭގައި މި މިސްކިތް ބޮޑުކުރެވިފައިވެއެވެ. އަދި 1000 އަހަރުގެ އިސްލާމިކް ކުރެހުންތައް މި މިސްކިތުން ދައްކަވައިދެއެވެ.

8. ނެޝަނަލް މޮސްކް އޮފް މެލޭޝިއާ
މެލޭޝިއާގެ ކުއާލަ ލަމްޕޫރްގައި 20 ވަނަ ޤަރުނުގައި ބިނާ ކުރެވިފައިވާ މި މިސްކިތުގެ ފުރާޅު ފަރުމާ ކުރެވިފައިވަނީ، ހުޅުވާލެވިފައިވާ ވިއްސާރަ ކުޑައެއް ހެންނެވެ.


9. އެޑިއުކޭޝަން ސިޓީ މޮސްކް
ދޯހާގައި ބިނާ ކުރެވިފައިވާ މި މިސްކިތުގައި ވަނީ އިސްލާމް ދީނުގެ ފަސް ރުކުނަށް ބިނާކޮށް މި މިސްކިތުގެ ނަމާދު ކުރާ ބައި 5 އުސްމިނަކަށް ހަދާފައިވެއެވެ.


10. ހަސަން 2 މޮސްކް
މި މިސްކިތަކީ ދުނިޔޭގެ އެންމެ ދިގު މިސްކިތެވެ.


11. އިބްން ތުލުން މޮސްކް
އިޖިޕްޓްގައި ބިނާ ކުރެވިފައިވާ މި މިސްކިތަކީ 876 ވަނަ އަހަރު އިޖިޕްޓް އަދި ސީރިއާގެ އޭރުގެ ޓޭރކިޝް ވެރިޔާ ބިނާކޮށްދީފައިވާ މިސްކިތެކެވެ.


12. ސުލޭމަނިޔެ މޮސްކް
އޮއްޓޮމަން މިސްކިތެއް ކަމަށްވާ އިސްތާންބުލްގައި ބިނާ ކުރެވިފައި ވަނީ ހަގިއާ ސޯފިއާ ޗާޗް އާއި އެއްގޮތަށް ބިނާކޮށްފައެވެ.


13. އިސްލާމިކް ސެންޓަރ އިން ވޮޝިންގްޓަން ޑީ.ސީ.
މި މިސްކިތަކީ ހުރިހާ ތަނެއްގެ ޘަގާފަތް އެއްކޮށްލުމަށްފަހު ބިނާކުރެވިފައިވާ މިސްކިތެކެވެ. ޚާއްސަކޮށް އިޖިޕްޓް، ޓުރުކީ އަދި އިރާންއެވެ.


14. ޝާހް ފައިސަލް މޮސްކް
1970 ވަނަ އަހަރުގައި އިސްލާމްއާބާދްގައި ބިނާކުރެވުނު މި މިސްކިތަކީ ސުންނަތް ނަމާދުތަށް ކުރަމުންދާ މިސްކިތެކެވެ. އަދި އެކި ހިސާބުތަކުގެ މުސްލިމުންގެ ތަފާތު އަޅުކަން ކުރާ ގޮތް މި މިސްކިތުގައި ބަލައިގަނެއެވެ.


15. ގްރޭޓް މޮސްކް އިން ް
މި މިސްކިތަކީ ހުޅަނގު އެފްރިކާގައި ބިނާ ކުރެވުނު ފުރަތަމަ މިސްކިތެވެ. އަދި ކައިރޮއަން ވަނީ މުސްލިމުންނަށް އެންމެ މާތް 4 ރަށްތަކުގެ ތެރޭގައި ހިމެނިފައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން