Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މޫސުން

ރާއްޖެއަށް ކުރަމުން ދާ ވިއްސާރަ

22 މޭ 2017 - 16:04

މަރިޔަމް ލައިސާ

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު މިކުރާ ވިއްސާރާގައި މެދުރާއްޖެ ތެރެ އާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ބުނިގޮތުގައި، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ސަރަޚައްދުތަކަށް ގުގުރުންވެސް އެކަށީގެންވެއެވެ.

މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ވިއްސާރައާ ގުޅިގެން މެޓް އޮފީހުން އަދިވެސް ވައިޓް އެލާޓް ކެންސަލްކޮށްފައި ނުވާއިރު، އިއްޔެ ޔެލޯ އެލާޓްވެސް ނެރިފައިވެއެވެ.

މޫސުން ގޯސްވެ އާދަޔާއި ޚިލާފަށް ކަނޑުގަދަ ވުމުގެ ސަބަބުން ހުޅުމާލެ އާއި މާލެއާއި ދެމެދު ކުރާ ދަތުރުތައްވެސް ރޭގެ ވަގުތެއްގައި، ވަގުތީ ގޮތުން މެދުކަނޑާލާފައިވެއެވެ. އަދި ވައިގަދަވުމުގެ ސަބަބުން، މާލެ-ހުޅުމާލެ ފެރީޓާމިނަލް ކައިރީގައިހުރި ފިތުރޯނު ގަހެއްގެ އިތުރުން މާފަންނު އާސަހަރާ ކައިރީގައިހުރި ގަހެއް ވެއްޓި އެސަރަޚައްދުތަކުގައި ޕާކުކޮށްފައިހުރި ސައިކަލްތަކަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. 

 

މި ލިޔުމާ ގުޅުންހުރި ލިޔުންތައް

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން