
ޗައިނާގެ ސަދަން ޕްރޮވިންސްގައި ހުންނަ ލުއޯޕިން ކައުންޓީގައި އޮންނަ ރަންގުކުލައިގެ މާތަށް ފޮޅިފައިވާ ކެނޯލާ ދަނޑުތަކަކީ ބަލާމީހަކު އަޖައިބުކުރުވާހާ ފުރިހަމަ ތަނެކެވެ. ކެނޯލާއަކީ އާންމުކޮށް ކައްކާތެޔޮ ހަދަން ބޭނުންކުރާ ގަހެކެވެ. ތެޔޮ ހަދަނީ އެގަހުގެ އޮށުންނެވެ. ކޮންމެ ބަހާރު މޫސުމެއްގައިވެސް ކެނޯލާ ދަނޑުތައް ވަނީ މިގޮތަށް ރަންގުކުލައިން ޖަރީވެފައެވެ.
މިއީ ދަތުރުވެރިންނާއި ފޮޓޯ ނަގާމީހުންނަށް ވަރަށް މަޤުބޫލު މަންޒިލެކެވެ. ފެބުރުއަރީން ފެށިގެން އޭޕްރީލާއި ހަމައަށް މިދަނޑުތަކުގައި މާތަށް ފޮޅިފައި ހުރެއެވެ. މާތަށް ބެލުމަށް ޝައުގުވެރިވާ މީހުން ގެންގޮސްދޭ ޓުވަ ގައިޑުންވެސް ޗައިނާއިން ހޯދިދާނެއެވެ. ޗައިނާއަށް ދަތުރެއް ކުރާއިރު މިތަން ނުފެނުމަކީ ގެއްލިގެންދާ ހިތްގައިމު ތަޖުރިބާއަކަށް ނޫނީ ނުވާނެއެވެ.
ކިޔުންތެރިންގެ ހިޔާލުތައް