Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އަވަދިނެތް ދިރިއުޅުން

ވިސްނާލުމަށް...

21 ޖުލައި 2017 - 13:31

ގުޑުމީނާ

ޙަޔާތީ އުފާތައް މިތާރޭދުވާ، ޙަރާމެއް ޙަލާލެއް ނެތޭ ވަކިވެފާ

           ޙަވާނަފްސު ދައްކާ މަގުން ހުސްވެފާ، ވެދާތީއެ އާޚިރު ވަނީ ގެއްލިފާ

ރަލާ މަސްތުވާ ގިނަ ތަކެއްޗަށްޓަކައި، ފެލާ ޖީބުހުސްކޮށްލަނީ ގަސްތުގާ

          މަރާ މަރުގެ އަނދަވަޅު އަތުން ކޮނެވިފައި، ވެދާތަން ފެނޭހޭ މިތާ ފާޅުގާ

ހިތާ ސިކުނޑި ވިހަވާ ޝަރާބުން މިތާ، ބަލާ ކޮންމެތާކުން ވަނީގިނަވެފާ

          ހިތާ ނަފްސު ޝަހުވަތުގެ އަނގުރުން އަނދާ، ޝަބާބުންގެ ރާޙަތު ވަނީ އުތުރިފާ

ޖަހާ ސަކަމަޖާތަކުގެ އަޑުގަދަވެފައި، ގޮވާއަޑު އެބަންގީގެ ވީމަޑުވެފާ

            ނަގާ ކުޅިމަޖާތަކުގެ ގަދަ މަސްތުގައި، ތިބޭއިރު އެނގޭހޭ މިތާ ފުރެދިފާ

ހަވީރާއި ހެނދުނާ ނިދިން ހޭނުލައި، ތިބޭއިރު ހިތާޖާނު ޣާފިލްވެފާ

             ވަޙީ ޢަމުރުވާކަން ހަނދާން ނެތިވެފައި، ދަނީ ޢުމްރުފަސްދީ ބަލާވެސްނުލާ

ސަލާމަތް ވުމެއްނެތް މިފަދަ ޢަމަލުގައި، ވެދާނަމަ މިތާ ދިގު ޢުމުރު ކުރުވެފާ

              ކަލާއްކޯއެ ތިޔަފަދަ ޢަމަލުކުރުމުގައި، ވެދާނޭހެ ތިބެގެން ބިރެއްނެތިވެފާ

ކަލާވަންތަ މަތިވެރިވި ޙަޟްރަތުގަވާ، ޢަޒާބުން ޗަލާނޭހެ އެދުވަހުއެތާ

              އަތާފައި އެކަސްތޮޅުތަކާއެކުވެފައި، ގުޑާނުލެވި ރައްބީގެ ކުރިފުޅުގަވާ

އަހާށޭމިތާ ޔާރުނާ އެކުވެރިން، ބަލާށޭ ޙަޔާތަށް ވިފާއިތުވެފާ

              އަދާ ރަޙްމަތަށް ކައުއިތުރު ޙަޟްރަތުން، ލަނބާބޯ ދުޢާކޮށްމެ ތަޢުބާވަމާ...

-ނިމުނީ-

މިއީ އަޅުގަނޑުގެ ބްލޮގް ގައި މީގެ ކުރިން ޝާޢިރު ކުރެވިފައިވާ ޅެމެކެވެ. ބްލޮގްގެ ލިންކް ބަޔޯގްރަފީގައި އިންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން