Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކުރި މަގު

އާއިލާ ތަކުގައި ޖެހޭ މައްސަލަތަކުގައި ސަމާލުވުން މުހިއްމު ކަންތައްތައް

14 އޮކްޓޯބަރ 2017 - 22:00

ފާތިމަތު މުހައްމަދު

ދެމަފިރިންގެ ދޭތެރޭ ޖެހޭ މައްސަލަތަކީ ގޭގެ އޮޅިން ބޭރުވާ އަދި ގޭތެރޭގައި ފެންނަ ކަންތައްތަކެވެ. މިގޮތުން ގޭތެރެއިން ބޭރުވެއްޖެނަމަ ގިނަ ފަހަރު މީހުންނާއި ކުރިމަތި ލުމަށް ލަދުގަނެ އަބުރު ނުހިފެހެއްޓި މަސްލަހަތު ގެއްލިގެންދެއެވެ. ގޭތެރޭގައި ހައްލުނުވެ އޮވެއްޖެނަމަ ދެމީހުންނަށް ކުރިމަތި ނުލެވި ދެމީހުންގެ ދޭތެރޭގައި ނަފްރަތު އުފެދިގެންދެއެވެ. މިގޮތުން އެ ކަންތައްތަކުގައި ސަމާލުވާން މުހިއްމު ކަންތައްތަކެއްވެއެވެ. އެއީ:

ޖެހޭ މައްސަލަތަކުގައި އާއިލާގެ އެހެންމީހުން ޝާމިލް ނުކުރުން

ދެމީހެއްގައި ޖެހޭ މައްސަލައަކީ ދެމީހެއްގެ ތެރެއިން ހައްލުވެސް ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެހެންމިހެއްގެ ނުފޫޒު އެއަށް އައިސްފިނަމަ ދެމީހުންނަށްޓަކައި އޮންނަ އިހްތިރާމު ކެނޑި އާއިލާތަކުގައި ނަފްރަތު އުފެދިގެންދާނެއެވެ.

އަނިޔާވެރިނުވުން

އަންހެނަކަސް ފިރިހެނަކަސް ނުރުހުމުގައި އަތްއުފުލައިފިނަމަ އެއީ ގޯހެކެވެ. އެހެންވެއްޖެނަމަ ދެމީހުންގެ ތެރޭގައި އޮންނަ ލޯތްބަށް ހުރަސް އެޅޭނެއެވެ.

ވަރިއާއި ބެހޭގޮތުން ވާހަކަނުދެއްކުން

މިއީ ހުއްދަކުރެއްވި ކަމެއް ކަމުގައި ވިޔަސް ކީރިތި ޤުރުއާނުގައި މާތްﷲ އެ އަމަލަކަށް ނުރުހުންވެ ވޮޑިގެންވާ ކަމެކެވެ. މައްސަލަ ޖެހޭ ކޮންމެ ފަހަރަކީ "ވަރި" މި ބަސް ގެންނަންވީ ހިނދުކޮޅެއް ނޫނެވެ.

ގެއިން ނިކުތުން

މިއީ ގިނަ އާއިލާތަކުގައި އާންމުކަމެކެވެ. މީގެ ސަބަބުން ދެމީހުންނަށް ދެމީހުންގެ ހައިސިއްޔަތު އޮޅި އެކަކު އަނެކަކުގެ މައްޗަށް ގަދަވެގަނެވެއެވެ. އެއީ ގޯހެކެވެ. އެހެނަސް ހައްލުވާނެ ގޮތެއް ނެތް ހިނދެއްގައި މިފަދަ ކަންތައްތައް އެއިގެ ރަނގަޅުގޮތުގައި ކުރުމަކީ އެދެވިގެންވާ ކަމެކެވެ. ނަމަވެސް ޒުވަބުކުރާ ނުވަތަ އަރާރުންވާ ކޮންމެ ފަހަރަކު ނޫނެވެ. 

ގެއިން ބޭރުގައި ޒުވާބުކުރުން

މީގެ ސަބަބުން ދެމީހުންގެ އަގު ވެއްޓި ދެކޭ ގޮތް ތަފާތުވެގެންދެއެވެ. ދެމީހުންގެ އިހުސާސްތަކަށް ގަދަރު ނުކުރެވޭކަމީވެސް ދިމާވާކަމެކެވެ.

ކުރިމަތިލެވޭ މައްސަލަތަކަކީ ކުޑަކަމެއްކަމުގައިވެސް ނުވެދާނެއެވެ. ނަމަވެސް ވިސްނަންވީ ސަމާލުވާންވި މިކަންތަކުގެ އަލީގައި ދެމީހުންނަށް އިހްތިރާމްކޮށް ހައްލު ގެނައުމަށެވެ.

މި ލިޔުމާ ގުޅުންހުރި ލިޔުންތައް

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން