Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކުރި މަގު

ފިޒާ މިސް ގެ ނަސޭހަތް...

23 ނޮވެންބަރ 2017 - 15:00

އާދެ!
ޕްރީސްކޫލުގައި ކޮންމެ ކަމެއްގައި ހުރެޔޭ ކައިރީގާ މަންމަ އާއި ބައްޕަ
ޕްރައިމަރީ ގައި ގްރޭޑް މައްޗަށް ދާވަރަކަށް ބަދަލުވެޔޭ މަންމަ ނޫނީ ބައްޕަޔަށް
ސާނަވީގައި ދާނެ ނުވެޔޭ އެކަކުވެސް ބޮޑުވީތީ ދަރިން
އަޒުމު ކަނޑައަޅާށެ ކުރިޔަށް ދިޔުމުގައި ދަރިންގެ އަތުގައި ހިފިގޮތަށް ޕްރީސްކޫލުގައި

ދައްތަމޮޅޭ ކޮއްކޮޔަށް ވުރެ ،ބޭބެ ދަށޭ ކޮއްކޮޔަށްވުރެ
އެކުއްޖާމޮޅޭ މިކުއްޖާ މޮޅޭ ނުކިޔާ ކުރިމަތީގައި ދަރިންގެ
މަޖަލަކަށްވެސް ރުޅި ނާރުވާށެ ،ނުގޮވާށެ ހުތުރުނަމުން ދަރިންނަށް
ބުލީގެ ނުވަތަ ގަނާގެ ޝިކާރަޔަކަށް ދަރިން ވިޔަ ނުދީ ވޭތޯ ބައްލަވާށެ،
ނަގައިލެވޭތީ އުންމީދުތަކާއި ކެރުންތެރިކަން ކުދިންގެ
ވިސްނާށެ ،ﷲ ގެ ރަހްމަތުން ކޮންމެ ކުއްޖަކީވެސް ހާއްސަ ކުއްޖެއްކަން
ދޭށެ ފުރުސަތު، ވިސްނާށެ ސައުގުވެރިވާ ކަންތައްތައް ކުދިންގެ
ދޭށެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން އެކުދިންނަށް

ދޭނަން ޕިސީއެއް ، ގެންދާނަން މެރީ ބްރައުންއަށް
ހޯދާށެ އޭރިޕޯޓެއް ، ދޭނަމެ ބުނިއެއްޗެއް ގަންދޭނަމެ ،އައި ޕެޑެއް ،
ހައްލުވާ ނުލާށެ މާއްދީ ކަންކަމަށް ދަރިން ،
ދަސްކޮށްދޭށެ ކަންކަން ކުރަން ޝަރުތަކާނުލާ
ދަސްކޮށްދޭށެ ނަގަން ޒިންމާ ކަންކަން ކުރުމުގައި،

ނުވޭ ވަގުތެއް މަގޭދަރިޔަށް ބުނެލަޔޭ ފަހުރުވެރިކަމާއެކު
ސްކޫލް ނިންމާފަ ،ޤްރުއާން ކުލާހުން ޓިޔުޝަން އަށް ޓިޔުޝަނުން އިނގިރޭސި ކުލާހަށް
އެކުލާހުން ބާސްކެޓަށް ބާސްކެޓުން ޓީޓީ އަށް ނުލިބޭ ވަގުތެއްކާނެ
ނުވެޔޭ މިކަންމިހެންވުމުން އޯލްރައުންޑާއަކަށް ، ދޭށެ ވަގުތު ދަރިފުޅަށް ، ކުރުވާށެ ކަންކަން ސިކުޑިޔަށް ކަތާވަރަށް ދަރިފުޅުގެ
ނޫނީ ފަހުންވެދާނޭ ފޫހި ކިޔެވުންމަތިން ، ޒިންމާދާރު ކުރުވާށެ ދަރިފުޅު އިސްވެ އުނގެނުމަށް

އެއީ އޮޅިގެންނޭ ދޯދަރިފުޅާ،
މަގޭ ދަރި ނުކުރާނެ އެކަހަލަކަމެއް،
ނުބުނާށެ މިހެން ، ވިސްނާދޭށެ ކުރެވުނީ ގޯސްކަމެއްކަން
އެހެނަސް ދޭށެ ހިއްވަރު ކުރާ ކަންތަކުގައި ރަނގަޅު
ނުކުރާށެ ދަރިން ދޮންފުތު ، ވިސްނައިދޭށެ ކުދިންނަށް ހެވާ ނުބައި

އިގިލައްވާތޯ ، އަޅުގަނޑު މެން މީ ތިން ސްކްރީނުގެ އަޅުންކަން؟
އޮފީހުގައި ކޮމްޕިޔުޓަރ، ގޭގައި ޓީވީ، އަތުގައި މޮބައިލް
ބައްލަވާ ދަރިންވެސް ހަމަމިހެނޭ އިގޭތޯ
ވިސްނާލާށެ ގެއްލެނީ އެކުދިންގެ ވިސްނުމުގެ ބާރުކަން،
ނެތިގެން ދަނީ ބަސްމޮށުންތެރިކަންކަން ،
ބީވެދަނީ ހެލިފެލިވެ އުޅުމުގެބާރުކަން،
ހޭދަ ކުރާށެ ވަގުތު ރަނގަޅުގޮތުގައި ދަރިންނާއި އެކު
އިސާހިތަކު ބޮޑެތިވެދާނޭ ދަރިން ނޭގި ތިއްބާ

ވިސްނާށެ މިއަދު މިގައުމުން ނެތިދަނީ އިންސާނިއްޔަތުކަން
ވިސްނާށެ ، ވީޑިޔޯ ގޭމްއަކުން ވެސް ފިލައިގެން ހިނގައިދާނޭ އިންސާނިއްޔަތުކަން
ދައްކާށެ ނަމޫނާ ދަރިންގެ އަތުގައި ހިފައިގެން ހުރެ، އަޅާލާށެ މީހުންނަށް ސެލްފީ ނަގަން ނުހުރެ
ދައްކާށެ ނަމޫނާ ދަރިން ފަހަތުގައި ބައިންދައިގެން، ބަރުގޮނު ނާޅާ، ހަޅޭއްނުލަވާ
އަހުލުވެރިކުރުވާށެ އިސްލާމްދީނުގެ ރިވެތިސިފަތަކަށް ދަރިން، ނަމޫނާ ދައްކަމުން

އާދެ ، ހިއްސާކުރަން ބޭނުން ބައިވަރު ވާހަކަ އެބަހުރި އެހެނަސް
ނިންމާލަމުން ،ދެންނެވޭނީ
ވަމޭބައިވެރި ތިޔަލޮބުވެތި ބެލެނިވެރިންގެ އުފަލުގައި
ކުރަމޭ ދުއާ، ހެޔޮ ރަހުމަތާއި ދުޅަހެޔޮސިއްހަތެއްދެއްވާތޯ އެންމެހާބޭފުޅުންގެ ދަރިންނަށް
އާދެ ! ކުރަމޭ އަދާ ސުކުރު ގަލޮޅޫމަދަރުސާއަށް އެއްފަހަރު އަދިވެސް.
ވައްސަލާމްއަލައިކުމް
ޝކުރިއްޔާ ...

ނޯޓް: މިއީ 2017 ވަނަ އަހަރު ނޮވެމްބަރ މަހު ތާޖުއްދީން ސްކޫލްގައި ބޭއްވުނު ގަލޮޅު މަދަރުސާގެ ޕްރީ ސްކޫލް ދަރިވަރުންގެ ދަސްވެނިވުން ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމަށް ވަޑައި ގެންނެވި ދިވެހި ރާއްޖޭގެ ޤަޢުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން މަރިޔަމް ފިޒާނާ ރަޝީދު ދެއްކެވި ވާހަކަ ފުޅެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން