Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އިނޮވޭޝަން

ފޭސްބުކް އިން ބަސް ތަރުޖަމާ ކުރާ ޕްރޮޓޯޓައިޕް އެއް ހަދައިފި

10 މޭ 2017 - 17:25

އައިމިނަތް ނޫރް އަޙްމަދު

ބަސް ތަރުޖަމާކުރުމަކީ ފޭސްބުކް ގެ އަރޓިފިޝަލް އިންޓެލިޖަންސް ގެ ދިރާސާގެ އެންމެ ބޮޑު އެއްބައެވެ. އެމީހުންގެ އަމާޒަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުން އެއްބަޔަކު އަނެއްބަޔަކާއި ގުޅުވުމެވެ. އެހެންކަމުން އެކި ހިސާބުތަކުގައި ބޭނުންކުރެވޭ އެކި އެކި ބަހުރުވައިގެ ތަފާތުކަމަކީ އެމީހުން ބޭނުންވާ ލަނޑުދަނޑި ހާސިލް ކުރުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.


ފޭސްބުކް އިން ބަސް ތަރުޖަމާ ކުރުމަށް ހަދާފައިވާ ޕްރޮގްރާމް ހެދީ 'ނޮވެލް ކޮންވޮލޫޝަން ނިއުރަލް ނެޓްވަރކް' ބޭނުންކޮށްގެން ކަމަށާއި، މި ފްރޮގްރާމް އަދި ވަނީ ހަމައެކަނި ދިރާސާ ކުރުމުގެ އިސްޓޭޖްގައި ކަމަށް ވަނީ ބުނެފައެވެ. އަދި އެ ޕްރޮގްރާމް އެއްވެސް ފޭސްބުކްގެ އުފެއްދުމެއްގައި ބޭނުންކުރެވިފައި ނުވާނެ ވާހަކަވެސް ވަނީ ބުނެފައެވެ.


އެހެންނަމަވެސް ފޭސްބުކްގެ އަރޓިފިޝަލް އިންޓެލިޖަންސްގެ އިނޖިނިއަރުން ކަމަށްވާ މައިކަލް އައުލީ އާއި ޑޭވިޑް ގްރެއިންޖަރ 'ދަ ވަރޖް' މަޖައްލާއާ ހިއްސާކުރައްވަމުން ވިދާޅުވެފައިވަނީ މުސްތަޤްބަލުގައި މި ޓެކްނޮލޮޖީގެ ބޭނުންކުރެވޭނެ ކަމެވެ.


ފޭސްބުކް އިން މިހާރުވެސް އަރޓިފިޝަލް އިންޓެލިޖަންސްގެ ބޭނުންދަނީ ކުރަމުންނެވެ. އެހެންނަމަވެސް ދިރާސާ އިސްޓޭޖުން އަސްލު ޕްރޮގްރާމަކަށް ހެދުމާ މެދު އެތަކެއް މަސައްކަތްތަކެއް ކުރަން ޖެހޭނެކަމަށް ވަނީ ބުނެފައެވެ.


ގްރެއިންޖަރ ވިދާޅުވިގޮތުގައި ފޭސްބުކްގައި މީތި ބޭނުންކުރެވޭނެ ގޮތާމެދު މިހާރުވެސް ދަނީ އެމީހުންގެ ޕްރޮޑަކްޓް ޓީމާ ވާހަކަ ދައްކަމުންނެވެ. އެގޮތުން ފޭސްބުކް އިން ވަނީ މިކަންކުރުމަށް ފަސޭހަ ކުރުމަށްޓަކައި ބަހުގެ އިސްތިލާހު (ގްލޮސަރީ) އެއް ވެސް ހަދަން ފަށާފައެވެ.


އައުލީ އާއި ގްރެއިންޖަރ ވިދާޅުވާގޮތުން، 'ނޮވެލް އެޕްރޯޗް' ބޭނުންކުރާތީ އެކަމުން ވަރަށް ފައިދާކުރެއެވެ. މިފަދަ ކަމެއްގައި އާއްމުކޮށް ބޭނުންކުރާކަމަށްވަނީ 'ރިކަރަންޓް ނިއުރަލް ނެޓްވަރކްސް' އެވެ. އެމީހުންބޭނުންކުރާ 'ނޮވެލް އެޕްރޯޗް' ގައި މައްސަލައިގެ ތެރެއަށް ބޮޑަށް ވަދެ އެކަން ހައްލުކުރަން މަސައްކަތްކުރެވެއެވެ.


އަދި ބަސް ތަރުޖަމާ ކުރުމުގައި އާއްމުކޮށް މިގޮތް ބޭނުން ނުކުރަނީ ކީއްވެކަމާބެހޭގޮތުން ވިދާޅުވެފައިވަނީ އެއީ މީހުން އެވަރަށް އިންވެސްޓް ކޮށްފައިވާ އެއްޗެއް ނޫންވީމަ ކަމަށް ދެންނެވިއެވެ. އަދި ފޭސްބުކް އިން ވަނީ 'ނޮވެލް އެޕްރޯޗް' ރަގަޅަށް ބޭނުންކުރަން އިތުރަށް ތަރައްޤީކޮށްފައިކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން