Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އިނޮވޭޝަން

ނިއުޔޯކުން ބެއިޖިންގްއަށް އެންމެ ދެގަޑިއިރު ތެރޭ!

11 މޭ 2017 - 07:21

އައިޝަތު ޒާޔާ

ދަތުރުފަތުރުގެ ނިޒާމުގެ ކުރިމަގު ފެންނަނީ ވަރަށްވެސް އުޖާލާކޮށެވެ. ކަރަންޓު ބޭނުންކޮށްގެން ދުއްވާ އުޅަނދާއި އުދެހޭ ކާރުތައް އީޖާދު ކުރުމުގެ މަސައްކަތްދަނީ މިހާރުވެސް ކުރެވުމުންނެވެ. އަނެއްކާވެސް އާ އުފެއްދުމެއްގެ ވާހަކަ މިދަނީ ދެކެވުމުންނެވެ. އެ އުފެއްދުމަކީ މެގް-ލެވް ލީމޯ ނަމަކަށް ކިޔާ ކާރެއްގެ ސައިޒުގެ އުޅަނދެކެވެ. ހިތަށް އަރާފާނެއެވެ. މި އުފެއްދުމުގައި ބަޔަކު އަންތަރީސްވާވަރު ކަމެއް ކޮބާހެއްޔެވެ؟


މި އުފެއްދުން ބިނާވެފައިވާ މޮޅު ހިޔާލުގެ ފަހަތުގައިވާ ކުންފުނީގެ ސީ.އީ.އޯ ޑެރީލް އޮސްޓަރ، އުޅަނދު ތަފާތުވަނީ ކީއްވެގެންކަން ސާފުކޮށްދިނުމުން ބުނެފައިވާ ގޮތުގައި އޭތި މަސައްކަތްކުރާނީ ހޮޅިން ހަދާފައިވާ ވިއުގާއެއް (ނެޓްވަރކެއް) ތެރޭގައެވެ. އަދި ހަމަ އެހެންމެ މި އުޅަނދުގައި އެއް ޤައުމުން އަނެއް ޤައުމައް ދެވޭނެއެވެ. އޭނާގެ ހުވަފެނަކީ މި ހިދުމަތް ބޭނުންކޮށްގެން އޭނާ އޭރު ހުރި އެމެރިކާގެ ސިންސިނާޓީ އިން އިނޑިއާގެ ތާޖު މަހަލްއަށް ގިނަވެގެން ތިން ގަޑިއިރު ތެރޭގައި 50 ޑޮލަރަށް ވުރެ ދަށް އަގަކަށް ދެވުމެވެ.

ހޮޅިން ހެދިފައިވާ ވިއުގާ އަކީ ކާރުތަށް ދަތުރުކުރާނެ "ފްރީވޭ" އެއް ގެ ގޮތުގައި ބޭނުންކުރެވޭނެ ޒަރިއާއެކެވެ. އަދި އޭގެ މަޤްސަދަކީ ދުނިޔޭގެ އެކި ޤައުމުތައް އެ ވިއުގާގެ ދަށުން ގުޅުވާލުމެވެ. އެކިކަންކޮޅުތަކަށް މި ހިދުމަތް ލިބިގަތުމުގެ ފުރުސަތޯ ފޯރުކޮށްދިނުމެވެ.

މިހާރުވެސް ދަނީ މި މޮޅު އުފެއްދުމުގެ ހިޔާޅު ހަޤީގަތަކަށް ގެންނަން މަސައްކަތް ފަށާފައެވެ. ކައިރި މުސަތަޤްބަލެއްގައި އުދުހޭ ކާރާ އެހެނިހެން މޮޅެތި އީޖާދުގެ ތެރެއަށް "ޓީއުބު ކާރުވެސް" އިތުރުވާނެއެވެ. އުއްމީދަކީ ނިއުޔޯކުން ބެއިޖިންގް އަށް އެންމެ ދެ ގަޑިއިރު ތެރޭ ގެންދާނެ ވަރުގެ ޓިއުބު ކާރެއް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން