Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އިނޮވޭޝަން

ހާސްވެ ކަންބޮޑުވާ މީހުންނަށް ރަނގަޅު އައު އީޖާދެއް

21 ސެޕްޓެމްބަރ 2017 - 15:00

ޙައްވާ އަޒްލީނާ ޢަލީ

މިޒަމާނުގެ ބުރަ ދިރިއުޅުމަކީ ހާސްކަމާއި އުދާސްކަން ގެނެސްދޭ ކަމެކެވެ. މިއީ ސިކުނޑިއާއި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ގެއްލުންދޭ ހަށިގަނޑުގެ އަދުއްވެކެވެ. ފުންކޮށް ނޭވާލުމަކީ ހިތުގެ ހަމަޖެހުމާއި ހާސްކަން ކުޑަކުރުމަށް މުހިއްމު ކަމެކެވެ. ލީފް ތެރަޕިއުޓިކްގެ ފަރާތުން އުފައްދާފައިވާ ލީފް ސްމާޓް ޕެޗް ނަމަކަށް ކިޔާ މި އުފެއްދުމަކީ ހާސްވެ އުދާސްވާ މީހުންނަށް ރަނގަޅު އުފެއްދުމެކެވެ.

މިއުފެއްދުން މޭގައި ތަތްކޮށްލުމުން ހަށިގަނޑަށް ސްޓްރެސް އަންނަ ގަޑީގައި މޮނީޓާކޮށް ހަށިގަނޑުގައި ވައިބްރޭޝަނެއް އުފައްދައެވެ. މި ވައިބްރޭޝަން ހަށިގަނޑަށް އައުމުން މިއުފެއްދުން ބޭނުންކުރާ ފަރާތަށް ހަމަޖެހިގެން ނޭވާލާން ހަދާންކޮށްދެއެވެ. މިކަމަށް 3 މިނެޓް ނަގައެވެ. 20 އަހަރުގެ ތަހްލީލްތަކަށް ފަހު އުފައްދާފައިވާ މި އީޖާދުން ހިތުގެ ތެޅުން މޮނިޓަރކޮށްދެއެވެ. އަދި މިއާއި އެކު ލިބޭ އެޕްލިކޭޝަނުން އެމީހެއްގެ މަޢުލޫމާތު ރައްކާކޮށް އެމީހާގެ ސްޓްރެސްގެ ހާލަތަށް އަންނަ ބަދަލާއި ބެހޭ މަޢުލޫމާތު ދެއެވެ. ލީފުން ބުނާ ގޮތުގައި މިއީޖާދުގެ ސަބަބުން މީހުންނަށް ސްޓްރެސް މޮނިޓަރކޮށް ކޮންޓްރޯލްކުރަން ދަސްވާނެއެވެ. 7 ދުވަސްވަންދެން ބެޓްރީ ހިފަހައްޓާ މި އީޖާދުގެ އެކި ޕެކޭޖްތައް އެކި އަގުތަކުގައި ލިބެން ހުރެއެވެ. ތިބާއަށް ހީވަނީ ކިހިނެއް ހެއްޔެވެ؟ މިކަހަލަ އީޖާދަކުން ތިބާގެ ހާސްކަން ކުޑަކޮށްލެވިދާނެ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން