Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އިނޮވޭޝަން

ދުވަސްވުމުގެ ސަބަބުން ލޯ އަނދިރި ވިނަމަވެސް ފެނުން އެނބުރި ގެނެވިދާނެކަމުގެ އުއްމީދު އެބައޮތް!

22 މޭ 2017 - 14:19

އައިޝަތު ޒާޔާ

އޭޖު ރިލޭޓެޑް މެކުލާރ ޑީ ޖެންރޭޝަން (އޭ.އެމް.ޑީ) ނުވަތަ ދުވަސްވުމާއި ގުޅިގެން ލޯ އަނދިރިވުމުގެ ބައްޔަށް ދިރާސާއެއް ފެއްޓުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި ހައްލެއް ހޯދިއްޖެއެވެ. ހޯދިފައިވާ ނަތިޖާ ދެއްކި ގޮތުގައި އާއްމު ރޯގާގެ ވައިރަސް އާ ވައްތަރު ވައިރަސްއެއް ލޮލަށް އިންޖެކްޓުކުރުމުން ލޯ އަނދިރިވުން އެ ހިސާބުން ހުއްޓި އަލުން ކުރިއާ އެއްގޮތަށް ފެނުމުގެ ކުޅަދާނަކަން ލިބުމުގެ ފުރުސަތު އެބައޮތެވެ.

ނަމަވެސް މި ނަތީޖާތައް ފާސްކުރުމުގެ ކުރިން ގިނަ ޢަދަދެއްގެ ބަލި މީހުންނާއެކު އަދި އިތުރަށް ދިރާސާކުރަންޖެހެއެވެ. ނަމަވެސް މިހާރު ހޯދިފައިވާ ހޯދުމުން އެނގޭ ގޮތުގައި މި ވައިރަސް އެކުލެވޭ އެންމެ އިންޖެކްޝަނެއް ޖެހުމުންވެސް ހަށިގަނޑުގެ ދިފާއީ ނިޒާމް މަސައްކަތްކުރަން ފަށާ ލޯ އަނދިރިވުމަށް މެދުވެރި ކުރުވާ ދިޔާ ތަކެތި ސާފުކޮށްލައެވެ.

މި މަސައްކަތުގައި، މެރީލޭންޑްގައިވާ ޖޯން ހޮޕްކިންސް މެޑިސިންގެ ރިސާރޗަރުން އަމާޒު ރައްދުވެފައިވަނީ ލޯއަނދިރިވުމުގެ މިބަލި ޖެހިފައިވާ މީހުންގެ އަދާޔާހިލާފަށް އިތުރަށް ހަރަކާތްކުރާ ޕްރޮޓީނެއް ކަމަށްވާ ވެސްކިއުލާ އެންޑޯތީލިއަލް ގުރޯތް ފެކްޓަރ (ވީ.އީ.ޖީ.އެފް) އަށެވެ. މި ޕްރޮޓީންގެ ސަބަބުން ލޮލުގެ ރެޓީނާގެ ދަށުގައި އައު ލޭނާރުތައް އުފެދި އޭގެން ލެޔާއި ފެން ލޮލަށް ފޭދުމަށް މަގުފަހިވެއެވެ. އަދި މި ތަކެތި ލޮލަށް އެޅުމުން އަލި ނަގައިގަންނަ ސެލްސް ތައް ހަލާކުވެ ނެތިގެންދެއެވެ. އަދި ލޮލުގެ ފެނުމަށް ހީނަރުކަމެއް އާދެއެވެ.

މިހާރުވެސް މި ބައްޔަށް ފަރުވާ ދެވުނު ކަމުގައިވިޔަސް، ފަރުވާ ލިބިގަތުމަށް ހަތަރު ހަފްތާ އިން އެއް ހަފްތާ ލޮލަށް އިންޖެކްޝަން ޖަހަންޖެހެއެވެ. އަދި އޭގެ ފައިދާތައް ލިބިގަންނަން ބޭނުންނަމަ މުޅި އުމުރު ދުވަހު އެކަން ކުރުމުގައި ދެމިހުންނަން ޖެހެއެވެ. އަދި މި ބޭސްތަކުގެ ސަބަބުން ލޮލަށް އިންފެކްޝަން ޖެހުމާއި ސްޓްރޯކްގެ ފުރުސަތު އިތުރުވުން ފަދަ ނޭދެވޭ އަސަރު ކުރެއެވެ.

ޖޯން ހޮޕްކިންސްގެ ޓީމު މަދު ބައެއް ބޭނުންކޮށްގެން ދައްކުވައިދީފައިވަނީ ބައެއް ހާލަތްތަކުގައި ލޯއަނދިރިވާ އަނދިރިވުން ހުއްޓުވާލާ ލޮލުގެ ފެނުން އަނބުރާ ގެނައުމަކީ ވެދާނެކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން