Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އިނޮވޭޝަން

މޯބައިލްފޯނުން ދަތުރުވެރިންނަށް ލިބެނީ ކޮން ފައިދާއެއް؟

25 މޭ 2017 - 10:42

ޢައިޝަތު ނައުރާ

މޯބައިލްފޯނަކީ އަހަރެމެންގެ ކޮންމެ ދުވަހަކަށް ވެސް ބޭނުންވާ އެއްޗެކެވެ، އަދި މިހާރު މޯބައިލް ފޯނުގެ ބޭނުން އަންނަނީ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއަށްވެސް ވަންނަމުންނެވެ. އަދި މިބީދައިގެ ދަށުން މިހާރު ހުންނަ "މޯބައިލް އެޕްލިކޭޝަން" ތަކުން ދަތުރު ރާވާ، ޓިކެޓް ގަނެ، އެ ޓިކެޓްގެ ސައްހަކަން ބެލުމުގެ ފުރުސަތުވެސް ދަތުރުވެރިންނަށް ލިބިގެންދެއެވެ.

އާއްމުކޮށް ޓިކެޓްގެ ސައްހަކަން ބެލުމަށް ބޭނުންކުރަނީ "ބާކޯޑް" އެވެ. ނަމަވެސް "މާސް ޓްރާންސިޓް" އެއްގައިނަމަ، "ބާކޯޑް" ބޭނުންކުރަން ވެއްޖެނަމަ ގިނަ ވަގުތު ނެގުމުން ދަތުރުވެރިންނަށް މިކަމުން އުނދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. އެހެންނަމަވެސް، ކުރިއަރަމުން އަންނަ ގައުމުތަކުގައި ޓިކެޓްގެ ސައްހަކަން ބެލުމަށް "އެން.އެފް.ސީ" ފޯނުގެ ބޭނުންކުރެވެއެވެ. މިއީ ދަތުރު ކާޑެއް ގޮތަށް ބޭނުން ކުރެވޭ ވަސީލަތެކެވެ.

 މޯބައިލްފޯން ބޭނުންކޮށްގެން ދަތުރުފަތުރުކުރުމަށް ބަދަލުގެނައުމުގެ މުހިންމުކަމަކީ:

· ހިދުމަތުގެ ފެންވަރު ރަނގަޅުވެފައި އަވަސްވުމުގެ ސަބަބުން ހިދުމަތް ބޭނުންކުރާ ދަތުރުވެރިންނަށް ލިބޭ ހިތްހަމަޖެހުމުން ކުންފުންޔަށް ލިބޭ ފައިދާއެކެވެ.

· މި ހިދުމަތްބޭނުންކުރާ މީހުން ތަކުރާރުކޮށް ބޭނުންކުރުމަކީ މި "މޯބައިލް އެޕްލިކޭޝަން" ތަށް މީހުންގެ ތެރޭގައި ބޮޑަށް މަޤުބޫލްވެގެންދާނެ ކަމެކެވެ.

އެހެންނަމަވެސް، މި ޙިދުމަތް ބޭނުންކުރާ މީހުންގެ އުންމީދުތަކާއި އެއްވަރަށް ޙިދުމަތް ނުދެވޭ ގޮތް ވަނީ ބައެއްފަހަރު މެދުވެރިވެފައެވެ. މިފަދަ ކަންކަމާއި ކުރިމަތިލާން ޖެހެނީ ދިމާވާ ޓެކްނިކަލް މައްސަލަތަކާއި ގުޅިގެންނެވެ. މީގެ ތެރެއިން "ޓްރާންސިޓް އިންފްރާސްޓަކްޗާ" އަށް ދިމާވާ މައްސަލަތަކާއި، އަދި މީގެ ސަބަބުން ޓިކެޓްތަކުގެ ސައްޙަކަން ބެލުމުގައި މައްސަލަތަކާއި ކުރިމަތިވެފައިވެއެވެ.

ނަމަވެސް، މިހާރު މި މައްސަލަތަށް ދަނީ އަވަސް ގޮތަކަށް ހައްލުވަމުންނެވެ. ސަބަބަކީ "އެން.އެފް.ސީ" އުން އުފައްދާފައިވާ ފޯރަމްއަކުން މި މައްސަލަތަކަށް ދަނީ ލަފާދެމުންނެވެ.

މީގެއިތުރުން، ފަރަންސޭސްވިލާގެ "ވިޒްވޭ" އަދި ނެދަލެންޑްސްގެ "ޓްރާންސްލިންކް" އުން ވަނީ، މޯބައިލް މެދުވެރިކޮށް ޓިކެޓްނެގުމުގެ ވަސީލާތެއް އުފައްދާފައެވެ. މީގެން ދަތުރުފަތުރުކުރާ މީހުންނަށް ލިބޭ ފައިދާތަކުތެރެއިން ފަސޭހައިން އަވަސްގޮތަކަށް ދާންބޭނުންވާ މަންޒިލަށް ދެވުން ހިމެނެއެވެ.

އަދި ހަމައެހެންމެ، "ކޮންޓެކްޓްލެސް ޕޭމަންޓް ކާޑް" ނުވަތަ ދަތުރުކާޑަށް ލާރިއެޅުމަށް މޯބައިލްފޯންގެ "އެޕަލްޕޭ، ސެމްސަންގް ޕޭ، އެންޑްރޮއިޑް ޕޭ" ބޭނުންކޮށްގެން އެޅުމުގެ ގޮތް ވެސް ވަނީ ތަނަވަސްވެފައެވެ. އަދި މިވަސީލާތަށް ކިއަނީ "އޯޕަން ލޫޕް" އެވެ. މިވަސީލާތުން ލިބޭ ފައިދާތަކުން، ދަތުރުފަތުރުގެ ނިޒާމަށް އިތުރުކުރިއެރުންތަކެއް ލިބޭނެކަމާއި މެދު ޝައްކެއްނެތެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން