Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މޯލްޑިވްސް ޓްމޯރޯ

މުދައްރިސުންނަށް ސްމާޓްބޯޑް، މާދަން ދަރިވަރުންނަށް ލެޕްޓޮޕް؟

16 މޭ 2017 - 15:02

މަރިޔަމް ލައިސާ

ރާއްޖޭގައި ކިޔަވައިދިނުމުގެ ގޮތްތައް މިވަނީ އެކި އަހަރު ތަކުގެ މަތިން އެކި ގޮތްގޮތަށް ބަދަލުވެ ތަރައްޤީވެފައެވެ. ޗޯކު ބޯޑުން ހުދު ބޯޑަށް ބަދަލުވެ، މިހާރު ރާއްޖޭގެ އެކި ސުކޫލުތަކުގައި މިވަނީ ސްމާޓްބޯޑު ބޭނުން ކުރެވެން ފަށައިފައެވެ. މުދައްރިސުންނަށް މިކަމުން އެތައް ފަސޭހަތަކެއް ވަނީ ވެފައެވެ. ސްމާޓްބޯޑު ބޭނުންކުރުމުން، ކިޔަވައިދިނުމަށް ފަސޭހަވާއިރު ދަރިވަރުންނަށް ކިޔަވައި ދޭއިރުގައި މާ ބޮޑަށް ސަމާލުކަން ދޭކަމަށް ވެސް މުދައްރިސުން ފާހަގަ ކޮށްފައިވެއެވެ.

ކިޔަވައިދިނުމުގެ ގޮތްތައް ތަރައްޤީވެ ކުރިއަރަމުން އަންނާތީ ކުރިއަށް އޮތްތަނުގައި ދަރިވަރުން ވެސް ކިޔަވާ ގޮތްތައް ބަދަލުވެ ތަރައްޤީވާނެ ކަމަށް ބެލެވެއެވެ. މިހާރުވެސް ރާއްޖޭގެ އިންޓަނޭޝަނަލް ސްކޫލުތަކުގައި މަދު މަދުން ދަރިވަރުން ކިޔެވުމަށް ލެޕްޓޮޕް ބޭނުން ކުރާ މަންޒަރު ފެނެއެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ދަރިވަރުން ފޮތުގެ ބަދަލުގައި ސުކޫލަށް ލެޕްޓޮޕް ގެންދާނެކަމަށް ވަރަށް ބެލެވެއެވެ. އަދި ކިޔެވުމަށް ބޭނުންވާ ހުރިހާ ކަމެއް ލެޕްޓޮޕުން ކުރެވޭނެ ގޮތެއް ސުކޫލުތަކުން ހަމަޖައްސައިދޭނެ ކަމުގެ އުއްމީދެއް އެބަ އޮތެވެ.

ގިނަ ދަރިވަރުންނަށް މިކަމުގެ ސަބަބުން އެތައް ފަސޭހަތަކެއް ވެގެންދާނެ ކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ގިނަ ފޮތް ތަކެއް ސުކޫލަށް ގެންދިއުމުގެ ބަދަލުގައި ލެޕްޓޮޕެއް ހިފައިގެން ގޮސް އޭގެން ހުރިހާ މަޢުލޫމާތެއް ލިބެނީ ކަމުގައި ވަނީ ނަމަ އެއީ ރާއްޖޭގެ ތަޢުލީމަށް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ނަމަވެސް އަދި މިކަހަލަ ކަމެއް ދަރިވަރުންނަށް ހަމަޖައްސައިދޭން އެއްވެސް ސުކޫލަކުން ނިންމާފައެއް ނުވެއެވެ. އެކަމަކު ކުރިއަށް އޮތް ފަސްވަރަކަށް އަހަރު ތެރޭގައި މިކަހަލަ ކަމެއް ނުފެނި ހިނގައިދާނޭ ބުނަން އަޅުގަނޑުމެންނަށް ވަރަށް ދައްޗެވެ.

މި ލިޔުމާ ގުޅުންހުރި ލިޔުންތައް

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން