Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ޓެކްނޮލޮޖީ

ދުނިޔޭގެ އެންމެ ފުރަތަމަ "ކުއަންޓަމް ކޮމްޕިއުޓަރު"

9 މޭ 2017 - 22:14

އައިޝަތު ޒާޔާ

 ޗައިނާއިން ދުނިޔޭގެ އެންމެ ފުރަތަމަ "ކުއަންޓަމް ކޮމްޕިއުޓަރު" އުފައްދައިފިއެވެ. އަދި މި ކޮމްޕިއުޓަރަކީ އޭގެ ވާދަވެރިންނާ ބަލާއިރު 24,000 ގުނަ އަވަސް ވަސީލަތެކެވެ.


މި އުފެއްދުމަކީ ޗައިނާގެ ހެފެއި ކިޔާ ހިސާބުގަނޑުގައި ހުންނަ "ޔުނިވާރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ" ގެ ރިސާރޗަރުންގެ މަސައްކަތުގެ ފޮނި ނަތީޖާއެވެ. މި ވަސީލަތަކީ ކުދި ޕާރޓިކަލްސްގެ ހަރަކާތްތައް އަންދާޒާކުރުން ފަދަ ގިނަ ހިސާބުތަކެއް ކިތަންމެ އުނދަގޫވީ ކަމުގައި ވީ ނަމަވެސް އެއްފަހަރާ ހައްލުކުރެވޭވަރުގެ ވަސީލަތެކެވެ.


މީގެ ފަހަތުގައިވާ މައިގަނޑު ހިޔާލަކީ މި ވަސީލަތް ހުރިހާ މައްސަލަތައްވެސް ހައްލު ކުރަނީ އޭގާއިވާ މަޢުލޫމާތުތައް "ކުއަންޓަމް ސްޓޭޓު" ގައި ބަހައްޓައިގެންނެވެ. އާދައިގެ ކޮމްޕިއުޓަރުތައް މަޢުލޫމާތު ރައްކާކުރަނީ ބައިނަރީ ސިސްޓަމްގެ ދަށުން އެތި އެތި ކޮޅުން 1 ނުވަތަ 0 އެއްގެ ގޮތަށެވެ. ނަމަވެސް ކުއަންޓަމް ކޮމްޕިއުޓަރު މަސައްކަތްކުރަނީ މި ސިސްޓަމްގެ ތެރެއަށް ކުއަންޓަމް ފިޒިކްސް ލައިގެންނެވެ. މީގެ ނަތީޖާއަކީ އާދައިގެ ކޮމްޕިއުޓަރުން ފަހަރަކު އެއްކަމެއް ކުރެވޭ އިރު ކުއަންޓަމް ކޮމްޕިއުޓަރުން އެއްފަހަރާ ގިނަ މަޢުލޫމާތުތަކެއް ބޭނުންކޮށްގެން ތަފާތު މައްސަލަތައް އަދި ހިސާބުތައް ހައްލުކުރެވުމެވެ.


މި އުފެއްދުން އީޖާދު ކުރުމަކީ ހީކުރަހާ ފަސޭހަކަމެއް ނޫނެވެ. އަދި މިހާރު އީޖާދު ކުރެވިފައިވާ ކޮމްޕިއުޓަރުގެ މަޢުލޫމާތު ރައްކާކުރެވޭ މިންވަރު އަތުގައި އޮންނަ ފޯނަކަށް ވުރެ ކުޑައެވެ. ނަމަވެސް މި ކޮމްޕިއުޓަރުގެ އަވަސް ކަމަކީ އެފަދަ ދެވަނައެއް ނުވާ ކަމެކެވެ. މިއީ ކޮމްޕިއުޓަރުގެ ދުނިޔެއަށް އައި ވަރަށް ބޮޑު ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން