Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ޓެކްނޮލޮޖީ

މައިކްރޯސޮފްޓް އިން 32 އަހަރަށްފަހު 'ޕެއިންޓް' ނަގަނީ

25 ޖުލައި 2017 - 10:52

އާޝިޔާ މުޙައްމަދު

މައިކްރޯސޮފްޓް ޕެއިންޓަކީ ގިނަ ބަޔަކު ކުޑަ އިރުއްސުރެ ބޭނުންކުރަމުން ދިޔަ އޭރުގެ ވަރަށް މަޤުބޫލު އެއްޗެކެވެ. މައިކްރޯސޮފްޓް 10 ގެ ދެން އަންނައޮތް އަޕްޑޭޓުގައި ޕެއިންޓް ނުހިމެނޭނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އެހެން މާ ރަނގަޅު އައު ޖެނެރޭޝަންގެ ޕެއިންޓު 3 ޕްރޮގްރާމެއް ހިމެނޭނެ ކަމަށް ވެއެވެ.

ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، ކުރީގައި ހަދާފައި ހުރި ކޯޑު ތަކަށް ވެސް ނިމުމެއް އަންނާނެ ކަން އެއީ ޔަގީންކަމެކެވެ.

އެކި ގޮތް ގޮތަށް އެކި ފާޑުގެ ކުލަ ބޭނުންކޮށްގެން ކުޑަކުދިންގެ ތެރޭ މަޝްހޫރުވި ޕެއިންޓަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން ބޭނުންކޮށްފައިވާ އެއްޗެކެވެ. އަދި އަޕްގްރޭޑޭއް ލިބި އައު ޕްރޮގްރާމެއް އައި ކަމުގައި ވިއަސް، ޕެއިންޓް މަތިން ހަނދާންކުރާނެ އެތައް ބައެއް ވާކަމާ މެދު ޝައްކެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން