Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ޓެކްނޮލޮޖީ

އާޓިފިޝަލް އިންޓެލިޖަންސް ސިސްޓަމެއް އަމިއްލަ ބަހެއް ހެދުމުން ދިރާސާ ކުރާމީހުން އެ ހުއްޓުވައިފި

31 ޖުލައި 2017 - 16:13

އާޝިޔާ މުޙައްމަދު

ފޭސްބުކް އިން އީޖާދުކުރި އާޓިފިޝަލް އިންޓެލިޖަންސް (އޭ.އައި) ސިސްޓަމެއް އަމިއްލަ ބަހުރުވައެއް ހެދިކަން ދިރާސާކުރާ ފަރާތްތަކަށް އެނގުނީ އިނގިރޭސި ބަސް ނޫން އެހެން ބަހަކުން އެ މުޢާމަލާތް ކުރާކަން އެނގުމުންނެވެ.

އިންސާނުންނަށް އެއީ ހަމަޖެހޭ ބަހުރުވައަކަށް ނުވާ އިރު، މިކަން ފެންމަތިވީ އޭ.އައި އޭޖެންޓްސް ބޭނުންކޮށްގެން އެ ޖުމްލަ ތަކުގެ މާނަ ހޯދަން ކުރި މަސައްކަތުންނެވެ.

އަދި ފޭސްބުކް ގެ ދިރާސާކުރާފަރާތްތަކަށް އެނގުނު ގޮތުގައި މި އޭ.އައި އިން ވަނީ އެހެނިހެން އޭ.އައި އޭޖެންޓްސް އާ މުޢާމަލާތް ކޮށްފައެވެ. އަދި ބޭނުންކޮށްފައި ހުރި ޖުމްލަ ތަކުން އެކަތި އަނެކައްޗާ މުޢާމަލާތްކުރުމަށް އެ ޖުމްލައިގައި އެއް ބަހެއް ތަކުރާރުވަނީ އެއީ އެކަތި އަނެކައްޗަށް ދޭނެ މިނވަރު ކަމަށް ބެލެވެއެވެ. ނަމަވެސް މިއީ ކޯޗެއް ކަމެއް އަދި ނޭނގެއެވެ.

އޭ.އައި އިން އުފައްދާ ބަހުރުވަތައް އާއްމު ވެއްޖެނަމަ ނިއުރަލް ނެޓްވަރކްސް ތަކަށް އޭގެ މައްސަލަތައް ފެންނާނެއެވެ.

އަދި އިންސާނުންގެ އެހީގެ ބޭރުން މިފަދަ ބަހުރުވަ އީޖާދުކުރުމުން އޭ.އައި އަށް ބިނާކޮށް ހަދާފައި ހުރި ފިލްމުތަކުގައި ވާފަދަ ކަމެއް ވުން ގާތްބާއެވެ. މިއީ އިންސާނުންގެ އުފެއްދުންތަކުގައި އަމިއްލަ ސިކުނޑިއެއް ހުރުން ފަދަ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން