Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ޓެކްނޮލޮޖީ

އައިފޯން 8 އިންގެނީ ކިހާ ވަރަކަށް؟

11 ސެޕްޓެމްބަރ 2017 - 22:00

ރިޝްވާން ރަޝީދު

އެޕަލް އައިފޯންއޭ ބުނުމުން ނޭނގޭނެ އެކަކުވެސް މި ރާއްޖޭގައި ހުނާނެ ހެނެއް ހިޔެއްނުވެއެވެ. ސްޓީވް ޖޮބްސް 2007 އަހަރު ދައްކާލި އައިފޯން ވަނީ ބޮޑު މަޤުބޫލު ކަމެއް ހޯދައިފައިއެެވެ. ސްމާޓްފޯން ބަޒާރުގައި އެންމެ ކުރީގައި ފިޔަ ޖަހާ ސްމާޓްފޯނަކީ އައިފޯން އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އައިފޯނަށް 10 އަހަރު މި އަހަރު ފުރޭ އިރު، މި އަހަރުގެ އައިފޯން ވަރަށް ޙާއްސަ ވާނެއެވެ. ފޯނުގެ ޑިޒައިނަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވޭ އައިފޯން 8 އާންމުންނަށް ދައްކާލުމަށް ސެޕްޓެމްބަރު 12 ވަނަ ދުވަހު ޙާއްސަ އިވެންޓެއް ބާއްވަން އެފަލް އިން ދަނީ ތައްޔާރު ވަނުންނެވެ. އެފަލްގެ ފައުންޑަރ ސްޓީވް ޖޮބްސް އަށް ހާއްސަ 'ސްޓީވަ ޖޮބްސް ތިއޭޓަރ" ގައި މި ޙާއްސަ އިވެންޓް އޮތްއިރު މިއީ މިތާނގައި ބާއްވާ ފުރަތަމަ އިވެންޓެވެ.

އަލަށް ނެރޭ އައިފޯނަށް ފާރަލާ މީހުން ދަނީ ތަފާތު އެކި އެކި ފަރާތްތަކުން އައިފޯނާ ބެހޭ މަޢުލޫމާތު ހޯދައި އާންމު ކުރަމުންނެވެ. އެފަލްގެ އާ ސްޕީކަރ " ހޯމް ޕޮޑް" ގެ ފާމްވެޔަރ އިން ގިނަ މަޢުލޫމާތު ތަކެއް އާންމުވެފައި ވެއެވެ. ލީކްވެފައިވާ ބައެއް މައުލޫމާތު ތަކަށް ބަލާއިރު މަޝްހޫރު ހޯމް ބަޓަންގެ ބަދަލުގައި ވާޗުއަލް ހޯމް ބަޓަންއެއް އެފަލް އައިފޯން 8 ގައި ހިމެނިގެން ދާނެއެވެ. 5.1 އިންޗް ގެ ޑީސްޕްލޭއެއް ފޯނުގައިވާއިރި މި ފޯނުގައި ފިންގާ ޕްރިންޓްގެ ބަދަލުގައި ފޭސް ރިކޮގްނިޝަން ފީޗާއެއްވާނެ ކަމަށް ބެލެވެއެވެ. ވޯޓަރ ޕްރޫފް "އައިޕީ 68" ރޭޑިންގްވެސް މި ފޯނުގައިވާނެ ކަމަށް ރިޕޯޓްތަށް ބުނެއެެވެ.

އައިފޯން 8 ގެ ފާހަގަ ކޮއްލެވޭ ފީޗާސްތަށް

iPhone 8 specs

ސެޕްޓެމްބަރ 12 ވަނަ ދުވަހު ބާއްވާ ޙާއްސަ އިވެންޓުގައި މުޅިން އައު 3 އައިފޯނެއް ނެރޭނެ ކަމަށް ރިފޯޓްތައް ބުނެއެވެ. ނަމަވެސް އެންމެންގެ ލޯ ހުއްޓިފައިވަނީ އައިފޯން 8 އަށެވެ. އަނެއް 2 އައިފޯން އަކީ އައިފޯން 7-ސް އަދި އައިފޯން 7-ސް ޕްލަސް އެވެ. މި އަހަރުގެ އައިފޯނަށް ކިޔާނެ ނަމަކާ މެދުވެސް ވަނީ ހިޔާލު ތަފާތުވުމެއް އުފެދިފައެވެ. ބައެއް މީހުން ބުނާ ގޮތުގައި "އައިފޯން އެކްސް" ނުވަތަ "އައިފޯން އެޑިޝަން" ކިޔާ ފޯން އެއް ފެނުމަކީ ގާތް ކަމެކެވެ.

އެފަލް އިވެންޓާ ދިމާކޮށް އެފަލް އިން ދަނީ ތަފާތު ޕްރޮމޯޝަނަލް އިވެންޓްތައް ބާއްވަމުންނެވެ. ޓްވިޓާ މެދުވެރިކޮށްވެސް ދަނީ މި އިވެންޓް މާކެޓް ކުރަމުންނެވެ.   

Twitter @Apple

މި ހުރިހާ ވާހަކަ ތަކަކީ ތަފާތު މީހުންގެ ފަރާތުން ލީކްވެ ދައުރުވަމުންދާ ވާހަކަތަކެކެވެ. އަސްލު އައިފޯން 8 ގައި މި ހުރިހާ ފީޗާސްތަކެއް ނުހުރުމަކީވެސް އެކަޝީގެންވާ ކަމެކެވެ. އަދި އިތުރު ފީޗާސްތައް ހުރުމަކީވެސް ގާތްކަމެކެވެ. މި ހުރިހާ ކަމެއް އެނގިގެން ދާނި ސެޕްޓެމްބަރ 12 ވަނަ ދުވަހުގެ އިވެންޓްގައި އެވެ. ޔޫޓިއުބް މެދުވެރިކޮށް އިވެންޓް ލައިވް ކޮށް ބަލާލެވޭނެ އެވެ. މި އިވެންޓް އޮންނާނީ ރާއްޖެ ގަޑިން ރޭގަނޑު 10 ޖަހާއިރެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން