Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ޓެކްނޮލޮޖީ

ކެންސަރަށް ފަރުވާއެއް - ޓޯމޮތެރަޕީ

5 ޖޫން 2017 - 19:54

މަރިޔަމް ލައިސާ

ޓޯމޮތެރަޕީ އަކީ މިހާރު ދުނިޔޭގައި ކެންސަރަށް ހުރި އެންމެ ރަނގަޅު ފަރުވާއެވެ. ޓިއުމަރުގެ 3ޑީ ތަސްވީރަކަށް ބަލައިގެން ޓިއުމަރު ހޯދުމަށްފަހު ސީދާ ޓިއުމަރަށް ދޫކުރާ ރޭޑިއޭޝަން އަކީ ކެންސަރަށް ވަރަށް ތަފާތު ފަރުވާ އެކެވެ. ޓޯމޯތެރަޕީ އެޗްޑީ ޔުނިޓަކީ ވަރަށް ވެސް ސީދާ ކޮށް ރޭޑިއޭޝަން ދޫކޮށް އެންމެ ކުޑަ ޓިއުމަރުތައް ވެސް ނައްތާލަދޭ އެއްޗެކެވެ.

ޓޯމޮތެރަޕީ މެޝިނަކީ އިންޓެންސިޓީ މޮޑިއުލޭޓެޑް ރޭޑިއޭޝަން ތެރަޕީ އާއި ސީޓީ ސްކޭން، އެއް މެޝިނަކުން، ދެކަން ކުރެވޭ ގޮތަށް ތައްޔާރު ކުރެވިފައިވާ މެޝިނެކެވެ. މި މެޝިނުން ރޭޑިއޭޝަން ދޭ ވަގުތުގައި ސިއްހަތަށް ފައިދާ ހުރި ޓީޝޫ ތަކާއި ސެލްސް ތަކަށް ގެއްލުން ނުވާނެހެން ރޭޑިއޭޝަން ދޫކޮށްދެއެވެ.

މިއީ ކޮންމެ ކެންސަރަކަށް ވެސް ފަރުވާ ދެވޭނެ މެޝިނެކެވެ. ކެންސަރަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. އަދި ބައެއް ކެންސަރު ތަކަކީ އޭގެން ސަލާމަތް ނުވެވޭ ދަރަޖައަށް ވަރަށް ފަސޭހަކަމާއިއެކު ފޯރާ ކެންސަރު ތަކެވެ. މި މެޝިންއިން ފަރުވާ ދެވޭ ބައެއް އާއްމު ކެންސަރު ތަކުގެ ތެރޭގައި؛

1. ޕްރޮސްޓޭޓް ކެންސަރު
ޕްރޮސްޓޭޓް ކެންސަރަކީ ހަމައެކަނި ޓެސްޓު ތަށް ހެދުމުން ދެނެގަނެވޭ އެއްޗެކެވެ. ނަޓެއްގެ ސައިޒުގައިވާ މި ޕްރޮސްޓޭޓް އަކީ މަސާނާ (ބްލެޑަރ) ދަށުގައި އިންނަ ކުޑަ ގްލޭންޑެކެވެ.


2. ސިކުނޑީގައި އުފެދޭ ޓިއުމަރު
ސިކުނޑީގައި އުފެދޭ ޓިއުމަރުން ސިކުނޑީގައިވާ ޓިޝޫތައް ހަލާކުކޮށްލާ ބުއްދީގެ ނިޒާމަށް ގެއްލުން ތަކެއް ކުރިމަތި ކުރުވައެވެ. އަދި މިކަން މެދުވެރިވަނީ ސިކުނޑީގެ ޓިޝޫ ތަކުގައި ފެން އުފެދި ދުޅަވުމުންނެވެ.


3. ބޮލާއި ކަރަށް ޖެހޭ ކެންސަރު
މި ކެންސަރަކީ ބޮލާއި ކަރުގައިވާ ގުނަވަންތަކުގެ ތެރެއިން ގުނަވަނަކަށް ނުވަތަ ޓިޝޫއަކަށް ޖެހޭ ކެންސަރެވެ.


4. ބިސްރަވަ އަށް ޖެހޭ ކެންސަރު
ބިސްރަވައަކީ އަންހެނުންގެ ހަށިގަނޑުގައި ހުންނަ ގުނަވނެކެވެ. އަދި މިގުނަވަނަށް ކެންސަރު ޖެހުމުން ބަނޑަށް އަދި ޕެލްވިސް އަށް ކެންސަރު ފެތުރުމުގެ ކުރިން ދެނެއެއް ނުގަނެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން