Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ޓެކްނޮލޮޖީ

ލަނބާލެވޭ ޓަޗް ޕެޑް

6 މޭ 2017 - 12:58

އައިޝަތު ޒާޔާ

ތަރައްޤީވަމުން ދާވަރަކަށް އުފެއްދުންތެރިން ދަނީ ފަހެލި ވަސީލަތްތައް އުފައްދަމުންނެވެ. ކެމެރާ، ބެޓެރި އަދި ސޯލަރ ޕެނަލް މީގެ ތެރޭގައި ހިމެނެއެވެ. މިކަމުގެ ފަހަތުގައިވާ މީހުން ގަބޫލު ކުރާގޮތުގައި ކުރިމަގުގައި މިފަދަ ވަސީލަތްތައް ހެދުމުގެ ބައެއްގެ ގޮތުގައި ލެވޭނެ ދުވަސް އަދި އަންނާނެއެވެ. އަދި ނުވިތާކަށް މީހާގެ ހަށިގަނޑާ ސީދާ ގުޅުވާލާ ދުވަހެއް ވެސް ފެންނާނެއެވެ. މިގޮތުން ފަހުގެ އުފެއްދުމަށް ކަމަށްވާ އެތެރެ ފެންނަ، ފަހެލި "ޓަޗް ޕެޑް" އަކީ ޓެކޮނޮލޮޖީގެ ދުނިޔެއަށް އިންގިލާބެއް ގެނެސްދޭނެ އުފެއްދުމެއްކަމަށް ކަމާ ގުޅޭ ގިނަ މާހިރުން ގަބޫލުކުރެއެވެ. މި ޓަޗް ޕެޑް އަކީ އެހަދާފައިވާ އަލްފަކާ (މެޓީރިއަލް) ދެމި ލެނބުނު ކަމުގައިވީ ނަމަވެސް މަސައްކަތްކުރާއެއްޗެކެވެ. މިކަމާ ގުޅޭ ގޮތުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި މި އުފެދުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ގައިގައި އަޅުވައިލައިގެން ބޭނުންކުރެވޭ ފަދަ ޓަޗް ޕެޑެއް އީޖާދު ކުރުމަށް އެހީވެދޭނެއެވެ.


މިފަދަ ޓަޗް ޕެޑް އެއް ހެދުމަށް މީގެ ކުރިންވެސް މަސައްކަތްކުރެވިފައިވެއެވެ. ނަމަވެސް އޭގައި ބޭނުންކުރެވިފައިވާ އަލްފަކާގެ ސަބަބުން އެ ބޭނުންވި ގޮތަކަށް މަސައްކަތެއް ނުކުރިއެވެ. އެ ހެދިފައިވާ އަލްފަކާ ދެމުމުން އޭގެ މަސައްކަތަށް ހީނަރު ކަމެއް އާދެއެވެ. އެ ހެދިފައިވާ އަލްފަކާ އަށް އަންނަ ބަދަލަކާ އެ ބޭނުން ކުރަން އިނގިލި ޖައްސާ ޖެއްސުމުގެ ތަފާތު ވަކި ނުކުރެވޭތީއެވެ. ނަމަވެސް ފަހުން ނެރުނު ޓަޗް ޕެޑުގައި މި މައްސަލަ ދިމައެއް ނުވެއެވެ. އެ ހަދަން ބޭނުން ކުރެވިފައިވަނީ ލޮލަށް ލައްވާ ލެންސް ފަދަ މަޑު އަލްފަކާއަކުންނެވެ. ހައިޑްރޯ ޖެލްއިންނެވެ. އަދި އެއަށް ލޮނު ކޮޅެއް އެޅުމުން އެ ޗާރޖުވެ ކަރަންޓު ފީލްޑެއް އުފެދެއެވެ. މި ކަރަންޓު ފީލްޑްގެ އެހީގައި އިނގިއްޔެއް އެއާ ކައިރިވުމުން އެކަން ދެނަގަނެވެއެވެ. މި ހައިޑްރޮޖެލް ވަނީ ސިލިކޮން ރަބަރުގަނޑެއް ތެރޭގައި ބަންދު ކުރެވިފައެވެ. އަދި އެއަށް ފިއްތައް އިތުރުކޮށް ޓަޗްޕެޑު އީޖާދުކުރިއެވެ.
މި އާ އުފެއްދުން މީ ކުރިއެރުމުގެ ނިމުމެއް ނޫނެވެ. ކާމިޔާބީގެ ފެށުމެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން