Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ޓެކްނޮލޮޖީ

ވައިތެރޭގައި އިޝްތިހާރުކުރުން ބަދަލުކޮށްލާނެ ވަސީލަތެއް

5 މޭ 2017 - 14:04

އައިޝަތު ޒާޔާ

މަތިންދާ ބޯޓެއްގައި ހަރުކޮށްގެން ބެނަރ ދެމުން ހަނދާން ނައްތާލާށެވެ. އުޑުމަތީގައި (ވައިގެ ތެރޭގައި) އިސްތިހާރު ކުރުމަށް އައު ގޮތެއް މިހާރު އެބައޮތެވެ.
ޖަޕާނުގެ ކުންފުނިއެއް ކަމަށްވާ އެން.ޓީ.ޓީ ޑޮކޮމޯއިން ވަރަށް ފަހުން ނެރުނު އުފެއްދުމަކީ ދުނިޔޭގެ އެންމެ ފުރަތަމަ ވަށް ޑްރޯނު ޑިސްޕްލޭއެވެ. އޭތި މަތީގައި ވާއިރު ވަށް ސްކްރީނެއްހެން ފެނުނު ކަމުގައި ވީނަމަވެސް އެޔަކީ އަސްލު ޑޮރޯންއެކެވެ. މީހެއް އޭގައި ނީނދެ މަތީގައި ދުއްވާ އުޅަނދެކެވެ. އަދި އެތެރެ ވަނީ ބައިވަރު އެލް.އީ.ޑީ ކޮޅުތަކުން ފުރާލާފައެވެ. މި އެލް.އީ.ޑީ ތައް، ޑޮރޯނު މަތީގައި އުދުހެމުން ދާއިރު ހުއްޓުމެއް ނެތި އެނބުރެމުން ދެއެވެ. މިއެނބުރޭ އެނބުރުމުގެ ސަބަބުން ބަލާ މީހުންނަށް ފެންނަނީ އެއް ސްކްރީނެއްގެ ސިފައިގައެވެ.
މި އުފެއްދުން ފުރަތަމަ ތައާރަފު ކުރެވިފައިވަނީ ޖަޕާނުގެ އިންޓަރނެޓު ސަގާފަތް ދައްކުވައިދޭ ފެސްޓިވަލް އެއްގައެވެ. ނަމަވެސް މި އުފެއްދުމެއް އަދި ބާޒާރަކަށް ނުނިކުމެއެވެ. ބާޒާރަށް ނުކުންނާނެ ކަމަށް ލަފާ ކުރެވެނީ މާރޗު 2019 ހިސާބުގައެވެ.


މި މޮޅު އީޖާދުގެ ފަހަތުގައިވާ ކުންފުނިން ބުނާގޮތުގައި މި ވަސީލަތަކީ ކުޅިވަރު ހަރަކާތްތަކުގަ އާއި ކޮންސަރޓުތަކުގައި އިޝްތިހާރު ކުރަން ބޭނުން ކުރެވޭނެ ވަސީލަތެކެވެ. އަދި އެމީހުން ބަޔާން ކުރި ގޮތުގައި މި ވަސީލަތަކީ ވަރަށް ބުރަ މަސައްކަތުގެ ނަތީޖާއެވެ. މިފަދަ އެއްޗެއް ފަރުމާ ކުރަންވީ ވަރަށް އުނދަގޫ ކަމަކަށެވެ. ނަމަވެސް ނަތީޖާ ވަރަށް ފޮނިއެވެ. މި ވަސީލަތުގެ ބަރުދަން ލުއިވެފައި ސައިޒުން ކުޑަވުމުން މީތި ކޮންމެ ތަނެއްގައިވެސް ފަސޭހައިން ބޭނުން ކުރެވޭނެކަމަށް ޑޮކޮމޯ އިން ޔަގީންކަންދެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން