Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ޓެކްނޮލޮޖީ

ތާރީޙުގެ ތެރެއިން ޓެކޮނޮލޮޖީ ކުންފުނިތަކަށް ހެދިފައިވާ ބޮޑެތި ކުއްތައް!

16 ޖޫން 2017 - 18:00

ޢައިޝަތު ނައުރާ

ކޮޑަކްއަކީ ދުނިޔޭގައި އުފެދުނު އެންމެ ކުރިއަރަމުން އައި ކުންފުންޔެވެ، ނަމަވެސް ޓެކްނޮލޮޖީއާއި އެކު އައި ބަދަލުތަކަށް އިޖާބަނުދިނުމުން ކޮޑަކް ކުންފުނިވަނީ ދުނިޔޭގައި މީހުން މިސާލަކަށް ނެގޭވަރުގެ ދަތިތަކާއި ކުރިމަތިވެފައެވެ.

ޓެކްނޮލޮޖީ ކުރިއަރަމުން އައި ދުވަސްވަރު ބާޒާރަށް ނުކުތް "ޑިޖިޓަލް ކެމަރާ" ވަނީ ކޮޑަކޮއިން ޤަބޫލު ނުކޮށްފައެވެ.

ކޮޑަކްގެ އިންޖިނިއަރެއްވަނީ "ފިލްލެސް ކެމެރާ" ބާޒާރަށް ނެރުމަށް 1975 ގައި ލަފާދީފައެވެ. އެހެންނަމަވެސް، އޭނާއަށް ކުރީ މަލާމާތެކެވެ. އަދި 2012 ގައި ކުންފުނިވަނީ ޓެކްނޮލޮޖީއަށް އައި އައު ބަދަލުތަކާއި އެކު ބަނގުރޫޓުވެފައެވެ.

"ގޫގުލް" ގަތުމަށް "ޔާހޫ" ފަސް ޖެހުން.

ގޫގުލް ގެ އައު ދުވަސްވަރު ޔާހޫ އަކީ އިންޓަރނެޓުގައި ރަސްކަންކުރި ކުންފުންޔެވެ. އަދި ޔާހޫއަށް ގޫގުލް ކުންފުނި ގަތުމުގެ ފުރުސަތު އޮތެވެ. އެހެންނަމަވެސް، އެކަމަށް އިޖާބަ ނުދީ ތިބެވުނީއެވެ. މިހާރު ގޫގުލް އަކީ 500 ބިލިއަން ގެ ކުންފުންޔެކެވެ، އަދި ޔާހޫއަކީ 35 ބިލިއަން ގެ ކުންފުންޔެކެވެ.

އެފަލް ކުންފުނި އުފެއްދި، ރޮން ވޭން.

އެޕަލް ކުންފުންޔަކީ 3 މީހަކުގެ ފެށުމެކެވެ. އަހަރެމެންނަށް އިނގޭ ފަދައިން ސްޓީވް ޖޮބްސް، ސްޓީވް ވޮޒްނިއަކް، އަދި ރޮން ވޭން އެވެ. ރޮން ވޭންގެ 10 ހިއްސާއަކީ 1976 ގައި 1500 ޑޮލަރު، އަދި ރޮން ވަނީ މިހިއްސާ ވިއްކާލާފައެވެ، އެހެންނަމަވެސް މިއަދު އޭނާ އެ ހިއްސާ ނުވިއްކިނަމަ، އެ 50 ބިލިއިންގެ ހިއްސާއަކަށް ވީހެވެ.

 

އައިޕޮޑް އަށް ނޫނެކޭ ބުނި ކުންފުނި.

އައިފޮޑް އުފައްދާފައިވަނީ ޓޮނީ ފެޑެލް އެވެ. އަދި ފެޑެލްވަނީ އެންމެ ފުރަތަމަ އައިޕޮޑްގެ ވާހަކަ "ރިއަކް ނެޓްވާރކްސް" އާއި ދައްކާފައެވެ. އެހެންނަމެސް، މިކަން އެމީހުން ޤަބޫލުނުކުރުމުން އެޕަލް ކުންފުންޔާ ވަހަކަ ދައްކާ މިހާރު އެއޫ ދުނިޔޭގެ އެންމެ މަޤުބޫލު ވު އެކައްޗެވެ.

 

ނިންޓެންޑޯ، ސޮނީ އެކަހެރިކޮށްލާ ފިލިޕްސްއާއި ގުޅުން.

1990 ގައި ސޮނީ އަދި ނިންޓެންޑޯވަނީ "އެސްއެންއީއެސް" އެއް ހެދުމަށް އެއްކޮށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ދުވަސްކޮޅަކަށް ފަހު ނިންޓެންޑޯ ގުޅުނީ ފިލިޕްސް އާއިއެވެ. ދެން ސޮނީ ފެށީ މިހާރުގެ އެންމެ މަޤުބޫލު ޕްލޭސްޓޭށަން ހަދާށެވެ.

ވެސްޓާން ޔުނިއަން އިން "ޓެލެޕޯން" އަށް ނޫނެކޭ ބުނުން.

އެލަކްސަންޑާ ގުރަހަމް ބެލް އޭނާ ގެ އީޖާދު ފޯނު ތައާރަފުކުރުމަށް "ޓެލެގްރާފް ކޮންޕެނީ ވެސްޓާން ޔުނިއަން އަށް 1876 ގައި ވަނީ ހުށައަޅާފައެވެ. ނަމަވެސް މިކަމަށް ނޫނެކޭ ބުނުމުން އޭނާ އަމިއްލަ ކުންފުންޔެއް ކަމަށްވާ "ބެލް ޓެލެފޯން ކޮންޕެނީ" އުފެއްދިއެވެ. އަދި މިހާރު "އޭޓީއެންޑްޓީ" ވަނީ މި ކުންފުނި ގަނެފައެވެ.

 

ބޮލޮކްބަސްޓާއިން ނެޓްފްލިކްސް އަށް ނޫނެކޭ ބުނުން.

2000 ވަނަ އަހަރުގައި، ރީޑްސް ހަސްޓިންގް ވަނީ ބޮލޮކްބަސްޓާއަށް ނެޓްފްލިކްސް 50 މިލިއަން އަށް ވިއްކާލަން ވާހަކަ ދައްކާފައެވެ. ނަމަވެސް މިކަމަށް އެއްބަސް ނުވުމުން މިހާރު ޑީވީޑީއަކީ މީހުން ބޭނުން ނުކުރާ އެއްޗެއް ގޮތުގައި ހަދާފައިވަނީ ނެޓްފްލިކްސް އެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން