Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ޓެކްނޮލޮޖީ

އެޕަލް ކަލްކިއުލޭޓަރުގެ "ބެކްސްޕޭސް"

9 މޭ 2017 - 17:24

އައިޝަތު ޒާޔާ

އެޕަލްގެ ވަސީލަތްތަކުގައިވާ ކަލްކިއުލޭޓަރުގައި ނުބައިކޮށް ނަމްބަރެއް ލިޔެވިއްޖެ ނަމަ އެ ފޮހެވޭކަން ގިނަ ބަޔަކަށް ރޭކާލީ އިހަކަށް ދުވަހު، މިކަން ވާތާ 7 އަހަރު ދުވަހުފަހުންނެވެ. މިއަދާ ހަމައަށްވެސް އެކަން ނޭނގޭ ފަރާތްތަކުން ކަލްކިއުލޭޓަރު ބޭނުންކުރަނީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. އެންމެ ކުށެއް ޖެހުނު ކަމުގައި ވީ ނަމަވެސް އަލުން ބަލުން ފަށަންޖެހޭ ކަމަށް ހިތުލައިގެންނެވެ.


އެންޑްރޮއިޑުގައި މިކަން ވަރަށް ފަސޭހައިން އެންމެ ފިތަކުން ވެއެވެ. މިހާތަނަށް ހީވެފައި އޮތީ އެޕަލްއިން އެމީހުންގެ ވަސީލަތްތައް ފަރުމާ ކުރިއިރު މި ފިތްލާން ހަނދާންނެތުނީކަމަށެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ. އެޕަލްގެ ވަސީލަތްތަކުގައި ނުބައިކޮށް ލިޔެވުމުން ފޮހުމަށް ކަނާތް ނުވަތަ ވާތަށް "ސްވައިޕް" ކުރުމުން ބޭނުންވާކަން ހާސިލްވެއެވެ. މިއީ އަލަށް ނެރުނު އަޕްޑޭޓެއްގެ ބައެއް ނޫނެވެ. މާ ކުރިންވެސް ކުރެވެން އިންނަ ކަމެކެވެ. އެހެންނަމަވެސް ގިނަ ބަޔެއްގެ ލޯލަށް އަޅައިނުގަނެ އިނީތާއެވެ.


މިކަން ދެނަނުގެނެ އިނީ އަމިއްލަ މޮޔަކަމުންނޭ ހިތާ ރުޅި އައުމުގެ ބޭނުމެއްނެތެވެ. މިކަމުގައި ވަކި މީހެކޭ ބުނެވޭކަށް ނެތެވެ. ގިނަ ބަޔަކަށް ތިބެވުނީ ނޭނގުމެއްގެތެރޭގައެވެ. ކޮންމެ ގޮތެއް ވިޔަސް މިހާރު މިއޮތީ މިކަން އެނގިފައެވެ. އަދި މިކަން ވެގެން ދާނީ އެޕަލްގެ ވަސީލަތްތައް ބޭނުންކުރާ ބޭފުޅުންނަށް އުފާވެރި ޙަބަރެއްކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން