Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހަޤީޤީ ދިރިއުޅުމުގެ ވާހަކަ

މަސައްކަތުމީހާ ބަލިހާލުގައި ދޫކޮށްނުލައި 20 އަހަރު ވަންދެން ބަލަމުން ގެންދާ ސައުދީގެ އާއިލާ

22 ސެޕްޓެމްބަރ 2017 - 15:00

އހ

ސައުދީ އަރަބިއްޔާގެ އާއިލާއަކުން ދަނީ ގޭގައި ގެންގުޅޭ މަސައްކަތު މީހާ ޕެރެލައިޒް ވުމުންވެސް ފާއިތުވި 20 އަހަރު އޭނާއަށް އަޅާލައި ބަލަހައްޓަމުންނެެވެ.

އޭނާ ބަލަހައްޓަމުން ގެންދާ ސަލާހް އަލް ސުޔޫފީ ކިޔާދިން ގޮތުގައި އޭނާގެ އާއިލާއިން އިތޯޕިއާއަށް ނިސްބަތްވާ މަސައްކަތުމީހާ ބަލަހައްޓަމުންގެންދާތާ 20 އަހަރު ވެދާނެކަމަށެވެެ. މިއާއިއެކު ސަލާހްގެ އާއިލާއަށް ވަނީ އެތަކެއް ނިޢުމަތެއް ހާސިލްވެފައެވެ.

އެގޮތުން ކުރިން ކުއްޔަށް އުޅުނު ކުޑަ އެޕާޓްމަންޓް ގެ ބަދަލުގައި މިހާރު ސަލާހް ދިރިއުޅެމުން ގެންދަނީ ވިލާއެއްގައެވެ. އަދި އޭނާގެ އަމިއްލަ އެޕާޓްމަންޓް އިމާރާތެއް ހުރެއެވެ.

އިތޯޕިއާގެ މަސައްކަތު މީހާގެ އުންމީދަކީ އޭނާގެ އެންމެ ފަހު ވަގުތު ސަލާހްގެ އާއިލާއާއި އެކު ހޭދަކުރުމެވެ. މަސައްކަތު މީހާގެ ދެފަޔާއި ކަނާއަތުން ވަނީ ވާގިނެތިފައެވެ. އޭގެ ފަހުން އޭނާގެ ހުރިހައި ހަރަދަކާއި ބޭސްފަރުވާއެއް ކުރަމުން ގެންދަނީ ސަލާހްގެ އާއިލާއިންނެވެ.

ސަލާހްގެ އަންހެނުން ކޮންމެ ދުވަހަކު މި މަސައްކަތު މީހާ ފެންވެރުވުމާ ކާންދިނުމުގައި ހޭދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން