Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހަޤީޤީ ދިރިއުޅުމުގެ ވާހަކަ

އެހާގިނަ ފައިސާ ފެނުމުންވެސް މިޒުވާނާ އަނބުރާ ދިނީ ވެރިމީހާއަށް

20 އޮކްޓޯބަރ 2017 - 09:00

ޙައްވާ އަޒްލީނާ ޢަލީ

ފައިސާއަކީ ގިނަބަޔަކަށް މުހިއްމު އެއްޗެކެވެ. އެއީ ދިރިއުޅުމުގެ ގިނަ ކަންތައްތައް ފައިސާ ނެތި ނުކުރެވޭނެތީއެވެ. އެއްބަޔަކު ފައިސާހޯދަން ބުރަ މަސައްކަތްކުރާއިރު އަނެއްބަޔަކު ވައްކަންކޮށްގެން ނުވަތަ ކޮންމެވެސް ރަނގަޅުނޫން ގޮތުގައި ފައިސާ ހޯދައެވެ. ނަމަވެސް މަގުމަތިން ބޮޑު އަދެދެއްގެ ފައިސާ ފެނިއްޖެނަމަ އެއަނބުރާ ވެރިމީހާއަށް ރައްދުކުރާނީ މަދުބަޔެކެވެ. ޓައިލާއަށް މަގުމަތިން ވޮލެޓެއް ފެނުމުން އެހެން ގިނަ މީހުންނާއި ޚިލާފަށް ބޭނުންވީ ވެރިމީހާއަށް އަވަހަށް އޭތި ރައްދުކޮށްދޭށެވެ. އޭރު ފައިސާގެ ވެރިމީހާ، ވޭންގު ހުރީ އެފައިސާ އަނބުރާ ނުލިބޭނެކަމަށް ނިންމައިގެންނެވެ.

1500 ޑޮލޮރާއި ކޭޝް ކާޑްތައް އެކުލެވޭ ވޮލެޓް ހިފައިގެން ޓައިލާ ދިިޔައީ ވޭންގުގެ ގެޔަށެވެ. އަދި ގޮސް އެތައް ފަހަރަކު ބެލް އެޅިއެވެ. ވޭންގުގެ އަންހެނުންނަކީ ނުދަންނަ މީހުންނަށް ދޮރުހުޅުވާ މީހެއްނޫނެވެ. އެހެންކަމުން ޓައިލާ ދިޔައީ އެގޭ ދޮރުމަތީގައި ވޮލެޓް ބާއްވާފައެވެ. ޓައިލާ ބުނީ ފައިސާ އަނބުރާ ދޭން ނިންމި ނިންމުމަކީ އެހާ ވިސްނަންޖެހޭ އުނދަގޫ ނިންމުމެއް ނޫންކަމަށެވެ. ވޭންގު ވަނީ ޓައިލާގެ ރަނގަޅުކަމަށް އަޖައިބުވެފައެވެ. އަދި އެމީހުން ވަނީ ޓައިލާ ހޯދުމަށްފަހު ޓައިލާއަށް އޭގެ ބަދަލު ހަދިޔާވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން