Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހަޤީޤީ ދިރިއުޅުމުގެ ވާހަކަ

މިޔަރު އަތް ބުރިކޮށްލުމުންވެސް މަސައްކަތްކުރީ ސަލާމަތްވާން

30 ޖޫން 2017 - 16:03

މަރިޔަމް ލައިސާ

މިއީ ހުޅަނގު ކެލޮރީނާ އަށް ނިސްބަތްވާ 3 ކުދިންގެ މަންމައެއްގެ ވާހަކައެކެވެ. މިއީ މިޔަރު އޭނާގެ އަތް ބުރިކޮށްލުމުން އޭނާ މަރުނުވެ ސަލާމަތްވި ގޮތުގެ ވާހަކައެވެ. މިއީ ހަޤީގީ ވާހަކައެކެވެ.

32 އަހަރުގެ ޓިފަނީ ޖޯންސަން އޭނާގެ ފިރިމީހާއާއި އެކު މި މަހުގެ 2 ވަނަ ދުވަހު ބަހަމާސްއަށް ފީނަން ގޮސް އުޅުމުގެ ތެރެއިން ކުއްލިއަކަށް އޭނާގެ ގައިގައި އެއްޗެއް ޖެހިގަތްހެން ހީވެގެން ބަލާލިއެވެ. ކަނާތް ފަރާތަށް ކުޑަކޮށް އެނބުރި ބަލާލިއިރު ކުރިމައްޗަށް ވާގޮތަށް އޮތީ ބޮޑު މިޔަރެކެވެ. އޭރު އޭތީގެ އަނގައިގައި ޓިފަނީގެ އަތް އޮތެވެ. އަދި އޭތި އޮތީ ޓިފަނީ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ.

ޓިފަނީ އޭނާގެ އަތް ދަމައިގަތެވެ. ނަމަވެސް މިޔަރު ދުލެއް ނުކުރިއެވެ. އޭގެ ބަދަލުގައި ޓިފަނީ އަނެއްކާވެސް އަތް ދަމައިގަންނަ މަސައްކަތްކުރުމުން އޭނާގެ އަތުގައި ބާރަށް ދަތް އަޅާ އަތް ބުރިކޮށްލިއެވެ.

އޭނާގެ ވަށައިގެންވީ ފެނގަނޑުގެ ކުލަވެސް ލޭތަކުން ރަތް ކުލައަށް ބަދަލުވިއެވެ. އުޅަނބޮށިން ފެށިގެން އޭނާގެ އަތުގެ އަނެއް ބައެއް ފެންނާކަށް ނެތެވެ. ނަމަވެސް ބިރުގަތުމުގެ ބަދަލުގައި އެ ހިތްވަރުގަދަ އަންހެންމީހާ ހަމަޖެހިލިއެވެ.

އެވަގުތު ޓިފަނީގެ ހިތަށް އެރިއެވެ. މިއީ އޭނާގެ ނިމުމެއް ނޫނެވެ. އޭނާ އެތަނުގައި މަރެއް ނުވާނެއެވެ. މިޔަރަށް އޭނާގެ ފުރާނައެއް ނުނަގާލެވޭނެއެވެ. އޭނާ ވަގުތުން އޭނާގެ ފިރިމީހާ ޖޭމްސް އަށް ގޮވާ އެހީ އަށް އެދުނެވެ. އަދި ވަގުތުން އޭނާ ބޯޓަށް އެރުވުނެވެ. ޓިފަނީ އޭނާގެ ފިރިމީހާއަށް ހަދަންވީ ގޮތުގެ އިރުޝާދު ދިނެވެ.

ޓިފަނީގެ އެދުމުގެ މަތިން އަތުގައި އޮޅަން ތުވާއްޔެއް ގެނެވުނެވެ. އަތުގައި އެ ތުވާލި އޮޅާލުމަށްފަހު އޭނާ ލޯ މަރާލައިގެން ހުރެ ދުއާ ކުރަން ފެށިއެވެ. ޓިފަނީގެ ފިރިމީހާވެސް އޭނާ ހަމަޖެހިގެން އިން ގޮތް ފެނިފައި ހައިރާންވިއެވެ. މިކަހަލަ މަންޒަރެއް ފެނުނު ފުރަތަމަ ފަހަރު ކަމުންނެވެ.

ލޭތައް ދިޔައީ ފައިބަމުންނެވެ. އަދި ޓިފަނީ އަށް ނަސައު ހަސްފަތާލާއި ހަމައަށް ދެވުނެވެ. އެއީ އޭނާގެ ފުރަތަމަ އޮޕަރޭޝަން ކުރެވުނު ތަނެވެ. އެއަށްފަހު މެޑެވެކް މަތިންދާބޯޓުން ވަނީ ކެރޮލީނާ މެޑިކަލް ސެންޓަރަށް އިތުރު ސާޖަރީ އެއް ހެއްދުމަށް ގޮސްފައެވެ.

މި މަތިންދާބޯޓު ދަތުރަށް 16000 ޑޮލަރު އެރިއެވެ. މެޑެވެކް ކުންފުނިން ވަނީ ބޭސްފަރުވާ ނިމެންދެން ކުރަން ޖެހޭ ހުރިހާ ކަމެއްގެ ޚަރަދުތައް ބަލަހައްޓައި ދީފައެވެ. ނަމަވެސް މަތިންދާބޯޓުގެ ބިލް ވަނީ ޓިފަނީއާއި ހަވާލު ކުރެވިފައެވެ.

މިހާރު ޓިފަނީގެ އާއިލާ އަށް އެހީވުމަށްޓަކައި "ގޯފަންޑްމީ" އެކައުންޓެއް ވަނީ ހުޅުވާފައެވެ.

މިއީ އަޖައިބެއް ފަދަ ހާދިސާއެކެވެ. ޓިފަނީ ސަލާމަތްވުން އެއީ ހަމަ ކަލާނގެ ކުޅަދުންވަންތަކަމެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން