Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހަޤީޤީ ދިރިއުޅުމުގެ ވާހަކަ

ސިޒޭރިއަން ހެދުމަށްފަހު 6 ދުވަސްފަހުން ހޭލެވުނު އިރު 2 ފައި އޮތީ ބުރިކޮށްލާފައި

2 ޖުލައި 2017 - 19:18

މަރިޔަމް ލައިސާ

މިއީ 31 އަހަރުގެ އެއްލާ ކްލާކްއަށް ދިމާވެފައިވާ ހަޤީޤީ ހާދިސާއެކެވެ. ޓޯކުއޭގެ ޑީވަން އަށް ނިސްބަތްވާ އެއްލާ ބަނޑު ބޮޑުވެ އިނީ އޭނާގެ 8 ވަނަ ދަރިއަށެވެ. ނަމަވެސް އޭރު އޭނާ އަށް 'ޕްލެސެންޓާ ޕްރީވިއާ' ކިޔާ ބައްޔެއް ޖެހިފައި ވެއެވެ. މާބަނޑު ދުވަސްވަރުގެ މެދުތެރެއަށް އައުމާއި އެކު ޑަކްޓަރުން ވަނީ އޭނާ ޖެހޭނީ ސިޒޭރިއަން ހަދަން ކަމަށް ބުނެފައެވެ.

6 ދަރިން ވެސް ސިޒޭރިއަން ހަދައިގެން ނެރެފައި ވުމާއި އެކު މިއީ މާ ބޮޑު ކަމަކަށް އެއްލާ އަކަށް ނުވިއެވެ. ނަމަވެސް ސިޒޭރިއަންއަށް ފަހު ވަނީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާފައެވެ.

ސިޒޭރިއަން ހަދަން ހަމަޖެހިފައިވާ ގަޑިއަށް އޭނާ ހޭނައްތާލިއެވެ. އޭނާ އަށް ހޭލެވުނީ 6 ދުވަސް ފަހުންނެވެ. އޭރު ވަނީ މާ ލަސްވެފައެވެ. އޭނާގެ ދެފައިވެސް ވަނީ ބުރިކޮށްލެވިފައެވެ.

މިއީ ބައެއްގެ ފަރުވާ ކުޑަކަމުން ވީ ކަމެކެވެ. ބައެއް ނޫނެވެ. ސިއްހީ ޚިދުމަތްދޭ ފަރާތްތަކުގެ ފަރުވާ ކުޑަކަމުން ހިނގި ހާދިސާއެކެވެ.

ސިޒޭރިއަން ހައްދަން ވެއްދިތާ 30 މިނެޓްގެ ތެރޭގައި އޭނާގެ ޕްލެސެންޓާ ރަހިމުގެ ފާރުގައި ތަތްވިއެވެ. އެއާއި އެކު ވަރަށް ގިނައިން ލޭ ފައިބާ އެމަޖެންސީ ހާލަތެއް މެދުވެރިވުމާއި އެކު އޭނާގެ ރަހިމު ޖެހުނީ ނަގާށެވެ. 5 ފަހަރަށް ލޭ އެޅުމަށްފަހު ކޯމާ އެއްގައި އޮއްވާ އޭނާގެ ދަރިފުޅު ދުނިޔެއަށް ގެނެވުނެވެ.

އެއަށްފަހު ކޮންމެ ގަޑިއިރަކު ލޭ ގަނޑުވޭތޯ ބަލަން ޖެހުނެވެ. ނަމަވެސް 6 ގަޑި އިރުވީ އިރުވެސް އެ ހަސްޕަތާލު ތެރޭ ލޭ ގަނޑުވޭތޯ ބަލާލާނެ މީހަކުވެސް ނުވިއެވެ. މި ފަރުވާކުޑަ އަމަލު ވެގެން ދިޔައީ އޭނާ ފައިބުރިކުރަން ޖެހުނު ސަބަބަށެވެ. އޭނާގެ ފައިގައި ލޭ ގަނޑުވެ ލޭ ނުހިނގާ ގޮތް މެދުވެރިވިއެވެ. ހަސްފަތާލަށް މިކަން ރޭކާލީއިރު ވަގުތު ފާއިތު ވެއްޖެއެވެ. އޭނާގެ ފުރާނަ ސަލާމަތް ކުރަން ހަމަ އެކަނި އޮތް ގޮތަކަށް ވީ އޭނާގެ 2 ފައިގެވެސް ކަކުލުން ތިރި ބުރިކޮށްލުމެވެ.

މިކަން ވެގެން ދިޔައީ އެއްލާ ކޯމާއެއްގައި އޮއްވައެވެ. އެއްލާއަށް ފުރަތަމަ ހޭ އެރުމާއި އެކު އޭނާ ދަރިފުޅު އަތަށް ދޭނެ ވަގުތަކަށް އިންތިޒާރު ކުރިއެވެ. އޭނާ ކޯމާއެއްގައި އޮތް ކަމެއް އޭނާއަށް އެއްވެސް ވަރަކަށް އެނގިފައެއް ނުވެއެވެ.

ހަސްފަތާލުން މިކަމަށް އާއިލާ ފަރާތުން މަޢާފަށް އެދިފައިވި ނަމަވެސް އެއްލާ ވަނީ ހަސްފަތާލާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާ އެ ހާދިސާ ހިނގި ގޮތުގެ ހުރިހާ ތަހުޤީގެއް ކުރުމަށް ހުށަހަޅާފައެވެ. އަދި މިކަމުގައި އޭނާގެ އާއިލާ އަދި ރަހުމަތްތެރިން ދަނީ ވަރަށް ބޮޑަށް އެއްބާރުލުން ދެމުންނެވެ.

އެއްލާ ގެ ދިރިއުޅުން ދެން ދުވަހަކުވެސް އެއްގޮތެއް ނުވާނެއެވެ. ހެލިފެލިވެ އުޅުން މަންމައެއް މިހާރު އިންނަން ޖެހެނީ ވީލްޗެއާ އެއްގައެވެ. އެވެސް މަސްނޫއީ ފަޔަކާއި އެކީއެވެ.

މިއީ ފަރުވާ ކުޑަ ކުރުމުގެ ނަތީޖާއެވެ. މި ހާދިސާ އަކީ ބަޔަކަށް ކުރެވުނު ކުޑަ ކަމަކުން ނުކުތް ވަރަށް ވެސް ހިތި ނަތީޖާއެކެވެ.

"ދަރިއަކު އުފަން ކުރަން ހަސްފަތާލަކަށް ދެވުން ވާން ޖެހޭނީ ހަޔާތުގެ އެންމެ އުފާވެރި އެއް ވަގުތުކޮޅަށް. އޭގެ ބަދަލުގައި އަހަރެންގެ މުޅި ދުނިޔެ ފުނޑު ފުނޑުވެއްޖެ. ބައެއް ފަރުވާ ކުޑަ ކުރުމުން އަހަންނަށް ލިބުނީ ވަރަށް ބޮޑު ގެއްލުމެއް. އަހަންނަކަށް ދުވަހަކުވެސް ދެފައި މައްޗަކަށް ކޮޅަކަށް ނުހުރެވޭނެ. އެކަން އަހަރެން ތުރުތުރު އަޅުވާލާ." އެއްލާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން