Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކާމިޔާބީގެ ފިޔަ

ތިބާގެ ލަނޑުދަނޑިތައް އަނެކުން ގާތު ނުބުނަންވީ ސަބަބު!

2 ސެޕްޓެމްބަރ 2017 - 22:00

ޙައްވާ އަޒްލީނާ ޢަލީ

 

ތިބާގެ ލަނޑުދަނޑިއަކީ ކޮބައި ހެއްޔެވެ؟ ކޯހުން އެއްވަނަ ހޯދުން ހެއްޔެވެ؟ ނުވަތަ ވަކިވަރަކަށް ބަރުދަން ލުއިކުރުން ހެއްޔެވެ؟ ނުވަތަ ވަކިގަނޑިއަކަށް ހޭލަން އާދަކުރުން ހެއްޔެވެ؟ އެހެން ކަމަށްވަނީނަމަ ތިމާގެ  ލަނޑުދަނޑި މީހުން ކައިރީ ނުބުނެ ގަނޑެއްގައި ލިޔެލާށެވެ. މީހުން ކައިރީ ނުދައްކާށެވެ. ސަބަބުތޯއެވެ؟ ސަބަބަކީ މީހުން ހަސަދަވެރިވެދާނެތީއެއް ނޫނެވެ. ސަބަބަކީ ތިބާގެ ލަނޑުދަނޑިއަށް ވާސިލްވުމުގެ ކުރިން އެހެން މީހުން ކައިރީ އެވާހަކަ ދެއްކުމަކީ ތިބާ ލަނޑުދަނޑިއަށް ވާސިލްވުމަށް ތިބާ ކުރަންޖެހޭ މަސައްކަތް ތިމާއަށް ގޯސްކޮށް ވަޒަންކުރެވުމަށް މެދުވެރިވާ ސަބަބެކެވެ.

 ނޭގުނު ހެއްޔެވެ؟ އަދި އިތުރަށް ކިޔައިދީފާނަމަވެ. މިސާލަކަށް ވިސްނާލަމާ ހެއްޔެވެ! މީހަކު ބޭނުން ވަނީ މެރަތޯންއެއްގައި ދުވާށެވެ. ނަމަވެސް މެރަތޯނުގައި ދުވުމުގެ ކުރިން އެވާހަކަ އެހެން މީހުން ކައިރީ ދައްކާނަމަ ތިބާގެ ލަނޑުދަނޑި ހާސިލްނުވަނީސް މީހުންގެ ތަޢުރީފާއި ބަލައިގަތުން ލިބޭނެއެވެ. ދެން ވާނެ ގޮތަކީ ލަނޑުދަނޑި ހާސިލްވުމުގެ ކުރިން އުފާވެ މީހުންގެ ބަލައިގަތުން ހާސިލްވިކަމުގެ އިހްސާސްއެއް ކުރެވޭނެއެވެ. އޭރުން ތިބާ ކުރަންވާ މަސައްކަތުގެ ބުރަކަން ރަނގަޅަށް ވަޒަން ނުކުރެވިދާނެއެވެ. މިހެން ހުއްޓައި ލަނޑުދަނޑިއަށް ހާސިލްވާން އުދަނގޫ ވާން ފެށުމުން އަވަހަށް ހިތްވަރު އެލުވައިލާ ގޮތް ވާނެއެވެ.

ދިރާސާއެއްގައި 2 ގުރޫޕެއްގެ މީހުން ދެ ކޮޓަރިއަށް ލުމަށްފަހު އެއްގުރޫޕް މީހުން ކައިރީ ބުނީ މަސައްކަތް ފެށުމުގެ ކުރިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި އެންމެނާއި ޚިއްސާކުރުމަށެވެ. އެނެއް ގުރޫޕް މީހުން ކައިރީ ބުނީ ލަނޑުދަނޑި ކަނޑައެޅުމަށްފަހު އެވާހަކަ ނުބުނެ މަސައްކަތް ފެށުމަށެވެ. ނަތީޖާ ދެއްކި ގޮތުން މަސައްކަތް އުދަނގޫވުމުން އަވަހަށް ނުވާނެކަމަށް ބުނެ ދޫކޮށްލީ ފުރަތަމަ ގުރުޕް މީހުންނެވެ. ދެވަނަ ގުރޫޕް މީހުންގެ މަސައްކަތް އުދަނގޫ ވިޔަސް ހިތްވަރު އެލުވައިނުލައި ކުރިއަށް ގެންދިޔައެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން