Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކާމިޔާބީގެ ފިޔަ

ދިރާސާތަކުން ދައްކާ ގޮތުގައި ހަރުކަށިކޮށް ވާހަކަ ދައްކާ ރަހުމަތްތެރިން މުހިއްމު

28 ސެޕްޓެމްބަރ 2017 - 18:00

ޙައްވާ އަޒްލީނާ ޢަލީ

ރަހުމަތްތެރިންނަކީ ދިރިއުޅުމުގައި މުހިއްމު ބައެކެވެ. ގިނަ ފަހަރަށް ރަހުމަތްތެރިންނޭ ބުނީމާ ހިތަށް އަރަނީ އެމީހުންނަކީ ތިމާގެ ހުރިހާ ކަމެއްގައި ހިތްވަރުދީ ތިމާ ގާތު ހިނިތުންވެގެން ތިބޭ މީހުންނެވެ. ނަމަވެސް ޔުނިވާސިޓީ އޮފް ޕްލައިމައުތުން ކުރި ދިރާސާއަކުން ދައްކަނީ މީހާގެ ކުރިއެރުމަށް ހަރުކަށި ރަހުމަތްތެރިން މުހިއްމުކަމަށެވެ.

އެފަދަ ރަހުމަތްތެރިންނަކީ ވަގުތީ ހިތްހަމަޖެހުން ދިނުމުގެ ގޮތުން ހިނިތުންވެފައި ހުރުމުގެ ބަދަލުގައި ތެދު ހާމަކުރާ މީހުންނަށް ވާތީއެވެ. މިސާލަކަށް މީހަކު މާގިނައިން ނަމާދު އަޅާކަމުގައި ވާނަމަ އެކަމާ އަޅާނުލައި ހުންނަ ރަހުމަތްތެރިއަކަށް ވުރެ ނުރުހުންވެފައި ތެދަށް ވާހަކަ ދައްކާ މީހާ ހަޤީގަތުގައި އެމީހާއަށް މާ ރަނގަޅުވާނެއެވެ. ނަމަވެސް ބައެއް ހަރުކަށި ރަހުމަތްތެރިންނަކީ ތިމާގެ އުފާތައް ފޭރިގަންނަން މަސައްކަތް ނުކުރާ މީހުންނެކޭވެސް ނުބުނަމެވެ. މިކަމުގެ މުހިއްމު ކަމަކީ ހަރުކަށިކަމާއެކު ތެދު ހާމަ ކުރާ މީހުންނަކީ ތިމާގެ ކުރިއެރުމަށް މުހިއްމު ބަޔަކަށް ވާތީ އެމީހުންނަށް ނަފްރަތުކުރުމުގެ ބަދަލުގައި އެމީހުންވެސް ބަލައިގަތުމެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން