Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކާމިޔާބީގެ ފިޔަ

އިމްތިހާނުގައި އިންނައިރު ފެން ބޯނަމަ މާކްސް އިތުރުވާކަން އެނގޭތަ؟

29 ސެޕްޓެމްބަރ 2017 - 15:00

ޙައްވާ އަޒްލީނާ ޢަލީ

އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރުން އެތައް މަސައްކަތެއްކުރެއެވެ. އެތައް ވަގުތެއް ފިލާވަޅު ހެދުމާއި ފޮތްކިޔުމުގައި ހޭދަ ކުރެއެވެ. ނަމަވެސް ކުރެވޭ ކުޑަ ކަމެއްގެ ސަބަބުން އިމްތިހާނުގެ ނަތީޖާއަށް ބަދަލުއައިސް ދާނެއެވެ. ފެން ބުއިމަކީ ސިކުނޑީގެ މަސައްކަތަށް ވަރަށް މުހިއްމު ކަމެކެވެ. އަދި ނާރުތައް ހަމަޖެހި ސުވާލުތަކަށް ދޭ ސަމާލުކަން އިތުރުކޮށްދޭ ކަމެކެވެ. ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި އިމްތިހާނު ހޯލްގައި އިންނައިރު ފެންބޯ ކުދިންގެ މާކްސް ފެން ނުބޯ ކުދިންނަށްވުރެ އެވްރެޖްކޮށް %5 އިތުރެވެ.

ސަބަބަކަށް ވަނީ ފެން މަދުވުމުން ސިކުނޑީގެ މަސައްކަތަށް ހުރަސް އެޅޭތީއެވެ. އިންސާނާގެ %65 އަކީ ފެނެވެ. އެ މަދު ވާކަމުގައި ވާނަމަ ހަށިގަނޑުގެ އެތައް މަސައްކަތަކަށް އަސަރުކުރެއެވެ. އެހެންކަމުން މިދިޔަ ޓެސްޓުގައި ލިބުނީ "ބީ" އެއްކަމުގައި ވާނަމަ އަދި ފެންފުޅި ގެންދަން ހަނދާން ނުވިނަމަ ދެން އަންނަ ޓެސްޓަކުން "އޭ" ހޯދަން ފެންފުޅި ގެންދަން ހަނދާންކުރާށެވެ. ނަމަވެސް ނުކިޔަވާ އިމްތިހާނުގައި އިށީނދެ އިދެގެން ހުސް ފެން ބޮއިގެން "އޭ" ހޯދަން މަސައްކަތް ނުކުރުން ބުއްދިވެރިއެވެ. 

ކިޔުންތެރިންގެ ހިޔާލުތައް

×

ނަދާ | 19 އޮކްޓޯބަރ 2017 - 17:10

އަސްލު މިއީ ދޯވާގޮތަކީ.

ޓްރެންޑިން