Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކާމިޔާބީގެ ފިޔަ

ގޭތެރޭގެ މަސައްކަތްތަކުގައި ބައިވެރިކުރާ ކުދިން ދިރިއުޅުމުގައި ކާމިޔާބު - ދިރާސާ

4 އޮކްޓޯބަރ 2017 - 18:00

ޙައްވާ އަޒްލީނާ ޢަލީ

ފަހަކަށް އައިސް ދަރިން ކިޔެވުމުގެ އިތުރުން ގޭގައި ކުރަން ހުންނަ ކަންކަން އެކުދިން ލައްވައި ކުރުވާ ބެލެނިވެރިން މަދެވެ. ސަބަބަކަށް ވަނީ ކުއްޖާގެ ކިޔެވުމަށް ހުރަސް ނާޅާންށެވެ. ނުވަތަ އުފަލާއި އަރާމުގައި ގެންގުޅޭށެވެ. ނަމަވެސް ކިޔެވުން ނިމި ދިރިއުޅުމުގެ މާހައުލަށް ކުއްޖާ ނިކުތުމުން މިކަމުގެ ނޭދެވޭ ނަތީޖާ ފެންނާނެއެވެ. އިލްމަކީ ހަމައެކަނި ފޮތަކާއި ގަލަމަކުން ހޯދޭނެ އެއްޗެއް ނޫނެވެ. ދަރިން މަސައްކަތުގައި ބައިވެރިކުރާނަމަ ވަރަށް ގިނަ ހުނަރު ދަސްވުމުގެ އިތުރުން މަސައްކަތުގެ މާހައުލަށް ނިކުތުމުން މީހުންނާއެކު ގުޅިގެން މަސައްކަތްކުރަން ދަސްވާނެއެވެ.

ހާވާޑް ޔުނިވާސިޓީ އިން ކުރި ދިރާސާއަކުން ސާބިތުވިގޮތުގައި، މީހުން ކާމިޔާބާއި އުފާވެރިކަން ހޯދަން ބޭނުންވާ އެންމެ މުހިއްމު ދޭއްޗަކީ ލޯތްބާއި މަސައްކަތުގައި ހިފަހައްޓަންޖެހޭ އަޚްލާޤު ކަމުގައެވެ. ކުދިން ކުޑައިރުއްސުރެ މަސައްކަތުގައި ބައިވެރިކުރުމަކީ ކުދިންނަށް މަސައްކަތުގެ އަޙްލާޤު ދަސްވާނޭކަމެކެވެ. އެހެންކަމުން ކުދި ކުދި މަސައްކަތްތަކުގައި ދަރިން ބައިވެރިކުރާށެވެ. ކުއްޖަކު އަމިއްލައަށް ކާ ތަށި ދޮންނަން މަސައްކަތްކުރާ ގަޑީގައި "ތަށި ވެއްޓ ތެޅިދާނެ! އަވަހަށް ބަހައްޓާ" މިހެން ބުނުމުގެ ބަދަލުގައި ތަޢުރީފްކޮށް "ތަށި ވެއްޓުނަ ނުދީ ބަލައިގެން މަސައްކަތް ކޮށްލާ" މިހެން ބުނާށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން