Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކާމިޔާބީގެ ފިޔަ

ދެބަހުން ވާހަކަ ދައްކަމުން ބޮޑުވާ ކުދިންނަށް އާބަސްތައް ދަސްކުރަން ފަސޭހަ

13 އޮކްޓޯބަރ 2017 - 15:00

ޙައްވާ އަޒްލީނާ ޢަލީ

ފަހަކަށް އައިސް މައިންބަފައިން ކުދިންނަށް އިގިރޭސި ބަސް ދަސްކޮށްދިނުމަށް ވަރަށް ބޮޑަށް ބާރު އަޅައެވެ. ބައެއް މައިންބަފައިންނަކީ ދިވެހިބަސް އެއްގޮތަކަށްވެސް ބޭނުންނުކޮށް ދަރިންނަށް އިގިރޭސި ބަހުން ވާހަކަ ދައްކަން ދަސްކޮށްދޭ ބައެކެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކުދިންނަށް އެންމެ މުހިއްމީ "މަދަރ ޓަންގް" ނުވަތަ އެތަނެއްގައި ބޭނުންކުރާ މާދަރީ ބަހެވެ. އެއަށްފަހު އެހެން ބަސްތަކެވެ. އެންމެ ރަނގަޅު ގޮތަކީ ދެބަހުން ވާހަކަ ދައްކައި ކުއްޖާއަށް ދެބަހުންވެސް ވާހަކަ ދައްކަން ދަސްކޮށްދިނުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ ކުދިންނަށް އިތުރު އާބަސްތައް ދަސްކުރަން ފަސޭހަވެއެވެ. އެހެންކަމުން އިގިރޭސިއާއި ދިވެހިބަހާއި ދެބަސް ދަސްކުރަމުން ބޮޑުވާކުދިންނަށް ފްރެންޗް، ޖަޕަނީސް ފަދަ ބަސްތައް ފަހުން ދަސްކުރަން ފަސޭހަވާނެއެވެ.

ދިރާސާއެއްގައި އިގިރޭސި ބަހުންނާއި މެންޑަރިން ބަހުން ވާހަކަ ދައްކާ ކުދިންތަކަކާއި ހުސް އިގިރޭސި ބަސް އެނގޭ ކުދިންނަށް އައު ބަހެއް ދަސްކުރުމުގައި ހުންނަ ތަފާތުތައް ބެލިއެވެ. މިދިރާސާއިން އެނގުނީ އިގެރޭސި ބަހާއި މެންޑަރިން ބަހާއި ދެބަސް އިނގޭ ކުދިންނަށް މާ އަވަހަށް އާބަސް ދަސްވިކަމަށެވެ. އެއްބަހަށްވުރެ ގިނަ ބަސް ދަންނަ ކުދިންގެ ސިކުނޑީގެ މަސައްކަތް އެންމެ ބަހަކުން ވާހަކަ ދައްކާ ކުދިންނާއި ބޮޑު ތަފާތުތަކެއް ހުރެއެވެ. އެހެންކަމުން ކުދިން "މޮޅު ކުރަން" ދިވެހިބަސް ދޫކޮށްލާފައި ހަމައެކަނި އިގިރޭސި ބަސް ދަސްކޮށްދިނުމަކީ ކުއްޖާއަށް އުނިކަމަކަށް ނޫނީ ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން