Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކާމިޔާބީގެ ފިޔަ

ސްޓީވް ޖޮބްސް ކާމިޔާބީ ހޯދިގޮތުގެ ވާހަކަ

18 މޭ 2017 - 15:20

މަރިޔަމް ލައިސާ

ސްޓީވް ޖޮބްސް އަކީ ވަރަށް ގިނަ ގޮތްގޮތުން މަޝްހޫރުވި ބޭފުޅެކެވެ. ޖޮބްސް ވަނީ ނިޔާވުމުގެ ކުރިން ދުނިޔޭގެ އެންމެން ދަންނަ ތާރީޚީ ބޭފުޅަކަށް ވެވަޑައިގެންފައެވެ. އެގޮތުން ސްޓީވް ޖޮބްސް ގެ ތާރީޚަށް ބަލާލުމުން ޖޮބްސް ކާމިޔާބީ ހާޞިލްކުރެއްވުމަށްޓަކައި ކޮށްފައިވާ ބުރަ މަސައްކަތް އަޅުގަނޑުމެންނަށް ދޭހަވާނެއެވެ.

އެގޮތުން 1976 ވަނަ އަހަރުގައި ސްޓީވް ޖޮބްސް ވަނީ ސްޓީވް ވޮޒްނިއަކް އާއި އެކު ފުރަތަމަ އެޕަލް އިންކް ގެ ކޮމްޕިއުޓަރު "ދަ އެޕަލް 1" ތަޢާރަފު ކޮށްފައެވެ. އަދި ޖެހިގެން އައި އަހަރު، "އެޕަލް 2" ކޮމްޕިއުޓަރު ސިސްޓަމް ވަނީ ތަޢާރަފު ކޮށްފައެވެ. "އެޕަލް 2" އަކީ އަލަށް އެހޭ ގިނަ އަދަދަކަށް އުފެއްދުނު ފުރަތަމަ ކޮމްޕިއުޓަރެވެ.

މި ކޮމްޕިއުޓަރު ތަޢާރަފު ކޮށްފައިވަނީ އެ އަހަރުގެ ވެސްޓް ކޯސްޓް ކޮމްޕިއުޓަރު ފެއާ ގައެވެ. އަދި މި ކޮމްޕިއުޓަރަކީ އަލަށް އެހާ ބޮޑު ކާމިޔާބީ އެއް ލިބުނު ފުރަތަމަ ކޮމްޕިއުޓަރު ސިސްޓަމެވެ. ޖޮބްސް މި ސިސްޓަމް އުފެއްދުމުގައި ދީފައިވާ ސަމާލުކަން އޭތީގެ ބެއިޖް ޕްލާސްޓިކް ކޭސް ފަރުމާކުރުމަށް ހޭދަ ކުރި ވަގުތުން ސާބިތުވެއެވެ. "އެޕަލް 2" ގެ ޓެކްނޮލޮޖީ ފަރުމާ ކުރުމުގެ ޒިއްމާ އުފުލާފައި ވަނީ ސްޓީވް ވޮޒްނިއަކްއެވެ.

1978 ވަނަ އަހަރު ސްޓީވް ޖޮބްސްގެ އުމުރުން 23 އަހަރުގައި މިލިއަނަރަކަށް ވެވުނީ މި ކޮމްޕިއުޓަރުގެ ކާމިޔާބީގެ ސަބަބުންނެވެ. ހަމަ އެ އަހަރު ކުންފުނި ކުރިއަރަމުން އަންނާތީ ޖޮބްސް އަދި ވޮޒްނިއަކް ވަނީ މައިކް ސްކޮޓް އެކުންފުނީގެ ސީއީއޯ އެއްގެ މަޤާމަށް އައްޔަން ކޮށްފައެވެ. 1980 ވަނަ އަހަރުގައި އެޕަލް ކުންފުނިން ވަނީ އެ ކުންފުނީގެ އައިޕީއޯ ތަޢާރަފުކޮށް އެހެން ހުރިހާ އައިޕީއޯ ތަކަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އަދި އައިޕީއޯ ތަޢާރަފު ކުރިތާ މާ ގިނައިރު ތަކެއް ނުވެ 300 މިލިއަން ޑޮލަރު ހޯދިއެވެ.

1981 ވަނަ އަހަރުގައި އެމެރިކާގެ އެންމެ ކާމިޔާބު އަދި އެންމެ ބޮޑު، ތިން ކޮމްޕިއުޓަރު އުފައްދާ ކުންފުނި ތަކުގެ ތެރެއިން އެޕަލް ހިމެނިގެން ދިޔައެވެ. ނަމަވެސް އެ އަހަރު ވަނީ އިތުރު ބޮޑެތި ކުންފުނި ތަކުން ވަންނަން ފަށާފައެވެ. އަދި މީގެ ތެރެއިން ހިމެނޭ އިންޓަރނޭޝަނަލް ބިޒްނަސް މެޝިންސް ކޯޕަރޭޓް ގެ މަޝްހޫރު މޮޑެލް އިން ވަނީ "އެޕަލް 2" އަކަށް ވުރެ ކުރިއަރާފައެވެ. އަދި އޭގެ ޖެހިގެން އައި އަހަރު އުފެއްދި ކޮމްޕިއުޓިންގް ކޮލޮސަސް އިން ވަނީ އެޕަލްގެ ފައިދާ އަށް ވުރެ ދެގުނަ ބޮޑު ފައިދާ އެއް ހޯދާފައެވެ.

ނަމަވެސް އެޕަލް ކުންފުނި އަނެއްކާވެސް ކުއްލިއަކަށް ކުރިއެރިއެވެ. އަދި މި ކުރިއެރުމުގެ ކުރި ފަޅާފައި ވަނީ 1979 ވަނަ އަހަރު ޖޮބްސް އަށް ޒެރޮކްސް އަލްޓޯ ފެނުނު ހިސާބުންނެވެ. އަލްޓޯ އަކީ ފުރަތަމަ އުފެއްދުނު މައުސް ޑްރިވަން ކޮމްޕިއުޓަރު ސިސްޓަމެވެ. މީގެ ކުރިން ކޮމްޕިއުޓަރު ސިސްޓަމަކީ ހަމައެކަނި ކޮމްޕިއުޓަރުގެ ބަސް ދަސް ކުރަން ބޭނުން ކުރި އެއްޗެކެވެ. ނަމަވެސް އަލްޓޯގެ ސަބަބުން ޖޮބްސް އަށް ވަގުތުން މީގެ ޤާބިލިއްޔަތުކަން ފެނުނެވެ.

އެޕަލް ގެ ފުރަތަމަ މައުސް ޑްރިވަން ކޮމްޕިއުޓަރު ސިސްޓަމެއް ކަމަށްވާ މެސިންޓޮޝް ތަޢާރަފު ކޮށްފައިވަނީ 1981 ވަނަ އަހަރު ބޭއްވުނު ހިއްސާދާރުންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ހޫނު ތަރުހީބެއް ދީފައެވެ.

ނަމަވެސް މެސިންޓޮޝް އަގު ބޮޑުކަމުން މާ ބޮޑަށް ވިޔަފާރި ވެފައެއް ނުވެއެވެ. އަދި އެހެން ކުންފުނިތަކުން އޭގެ ފައިދާ ނަގަން ފެށިއެވެ. މިގޮތުން މައިކްރޮސޮފްޓް އިން ވަނީ މައުސް ޑްރިވަން ކޮމްޕިއުޓަރު ސިސްޓަމެއް އުފައްދާ އަގުހެޔޮކޮށް ވިއްކަން ފަށާފައެވެ.

1983 ވަނަ އަހަރުގައި، އެޕަލް ކުންފުނިން ސީއީއޯގެ މަޤާމަށް ޖޯން ސްކަލީ އައްޔަން ކުރެއްވިއެވެ. އަދި 1985 ވަނަ އަހަރާއި ހަމައަށް ދިޔައިރު، ޖޮބްސް އާއި ސްކަލީ އެޕަލް ގެ ކުރިމަގާއި ގުޅިގެން އަރާރުންވާންފެށިއެވެ. ދެމީހުން ބޭނުންވާ ކަންތައްތައް ތަފާތު ވުމުން ޖޮބްސް ވަނީ އެ ކުންފުނިން ވަކިވެގެން އެޕަލްގެ އެތައް މުވައްޒަފަކާއި އެކު ނެކްސްޓް އިންކް ކިޔާ އައު ކުންފުންޏެއް އުފައްދާފައެވެ.

ޖޮބްސް ވަނީ މި ކުންފުނި އުފެއްދުމަށް އަމިއްލަ ފައިސާއިން 7 މިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ. ނަމަވެސް ފުރަތަމަ އަހަރު ތެރޭގައި މި ފައިސާވަނީ ގެއްލިފައެވެ. އެއަށްފަހު ބިލިއަނާރ ރޯސް ޕެރޮޓް ވަނީ އެ ކުންފުންޏަށް އިސްތިސްމާރު ކޮށް އެ ކުންފުނީގެ ފުރަތަމަ އުފެއްދުން ކަމަށްވާ ނެކްސްޓް ކޮމްޕިއުޓަރ 1990 ވަނަ އަހަރުގައި ތަޢާރަފު ކޮށްފައެވެ. ނަމަވެސް މި ކޮމްޕިއުޓަރު ވެސް އެ އަމާޒު ކުރެވިފައިވާ ފަރާތްތަކަށް މާ އަގު ބޮޑުވިއެވެ. އެހެން ކަމުން 1993 ވަނަ އަހަރާއި ހަމައަށް ވިކިފައި ވަނީ އެންމެ 50000 ކޮމްޕިއުޓަރު ސިސްޓަމް ކަމުން އެ ކުންފުނިން ދެން ނިންމީ ސޮފްޓްވެއާރ އެއް އުފެއްދުމަށެވެ. މިކަން ވެގެން ދިޔައީ ކުންފުންޏަށް ލިބުނު ފުރަތަމަ ފައިދާއަށެވެ. 1994 ވަނަ އަހަރަށް އެ ސޮފްޓްވެއާރ އިން ފައިދާ އަށް 1 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

އަދި ހަމަ އެއް ވަގުތެއްގައި ޖޮބްސް އައީ އޭނާގެ ގަދަރާއި އިއްޒަތް މަތި ކުރުމަށްޓަކައި، އެހެން ކަމެއްގައި ޙިއްސާވުމަށްޓަކައި 10 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ލޫކާސްފިލްމް ގެ ކޮމްޕިއުޓަރު ގްރެފިކްސް ޑިވިޝަން ގަނެފައިވެއެވެ. މި ކުންފުނީގެ ނަން ޕިކްސާރ އަށް ބަދަލުކޮށް ކުޑަކުދިންގެ ކާޓޫން ފިލްމު އުފައްދަންފެށިއެވެ. އަދި ވޯލްޓް ޑިޒްނީ އިން ވަނީ 7.4 ބިލިއަން ޑޮލަރުދީ ގަނެ އެކުންފުނީގެ އެންމެ ބޮޑު ހިއްސާދާރަށް ވެފައެވެ.

ޕިކްސާ އެމީހުންގެ ފުރަތަމަ ފީޗާ ފިލްމް އެއް ހަދަމުން ގެންދިޔައިރު ޖޮބްސްގެ ނެކްސްޓް އަށް ދިޔައީ ގެއްލުންތައް ވަމުންނެވެ. 1990 ވަނަ އަހަރު ނެކްސްޓް އިން ވަނީ އެމީހުންގެ މަސައްކަތް ހަމައެކަނި ސޮފްޓްވެއަރ އަށް ބަދަލުކޮށްލާފައެވެ. 540 މުވައްޒަފުންގެ ތެރެއިން 300 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވެއެވެ. ނަމަވެސް އެ ކުންފުނިން އޮޕެރޭޓިންގް ސިސްޓަމެއް ތަޢާރަފުކޮށް މީހުން ހައިރާން ކުރުވިއެވެ.

1996 ވަނަ އަހަރުގައި ޖޮބްސް އެޕަލް ކުންފުންޏާއި ވާހަކަ ދައްކަން ފެށުމަށްފަހު އެ އަހަރު ނިމޭ ހިސާބަށް އެޕަލް ކުންފުނިން 429 މިލިއަން ޑޮލަރު ނެކްސްޓް ކުންފުންޏަށް ދިނުމަށް އެއްބަސްވުމަކަށް އައެވެ. އަދި މީގެ އިތުރުން އެޕަލްގެ 1.5 މިލިއަން ޑޮލަރުގެ ހިއްސާ ސީދާ ޖޮބްސް އަށް ދޭން އެއްބަސްވިއެވެ.

މި އެއްބަސްވުން ވެވުނުތާ 7 މަސް ފަހުން ޖޮބްސް އަށް އެޕަލްގެ އިންޓެރިމް ސީއީއޯގެ މަގާމު ދެވުނެވެ. ޖޮބްސް ވަނީ ކުންފުނީގެ ސޮފްޓްވެއާ ބިޒްނަސްގެ ލައިސަންސްއަށް ބަދަލުގެނެސް އެހެން ކުންފުނި ތަކުން މެކިންޓޮޝް ސޮފްޓްވެއާ އެހެން މެޝިން ތަކުގައި ނުހިންގޭ ވަރަށް އަގުބޮޑުކޮށްފައެވެ.

އެއާއި އެކު އައު އީޖާދުތަށް ތަޢާރަފުވާން ކުރަންފެށިއެވެ. ފުރަތަމަ އައިޕޮޑް ތަޢާރަފު ކުރެވުމާއިއެކު މީހުން ލަވަ އަޑު އަހާގޮތް ބަދަލުވިއެވެ. 2001 ވަނަ އަހަރު އައިޕޮޑް ތަޢާރަފު ކުރެވުނު އިރު މަދު މީހަކު އޭގެން ލަވަ އަޑު އެހި ކަމުގައި ވިޔަސް 2012 ވަނަ އަހަރާއި ހަމައަށް އައި އިރު 350 މިލިއަން އަށްވުރެ ގިނަ އައިޕޮޑް ދުނިޔޭގެ އެކި ހިސާބުތަކަށް ވަނީ ވިކިފައެވެ.

މީގެ އިތުރުން 2001 ވަނަ އަހަރު އަލަށް އައިފޯން ތަޢާރަފު ކުރިއެވެ. 2014 ވަނަ އަހަރު އެކަނިވެސް 170 މިލިއަނަށް ވުރެ ގިނަ އައިފޯން ވަނީ ދުނިޔޭގެ އެކި ހިސާބުތަކަށް ވިއްކާލެވިފައެވެ. އަދި 2010 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޓެބްލެޓެއް އުފައްދާ 250 މިލިއަން ޓެބްލެޓް ވިކުނެވެ.

އެންމެ ފަހުން 2011 ވަނަ އަހަރުގައި އެމެރިކާގެ އެންމެ ކާމިޔާބު ކުންފުނި ކަމަށްވާ އެކްސޯން މޯބައިލް ކޯޕް އަށް ވުރެ ކުރިއަރާ އެޕަލް ވަނީ އައު އުސްމިންތަކަކަށް ފޯރާފައެވެ. އަދި އެ އަހަރު ޕެންކްރިއޭޓިކް ކެންސަރު ޖެހުމުގެ ސަބަބުން ގިނަ ދުވަހު ދުނިޔޭގައި ނުހުންނާނެ ކަމަށް ޖޮބްސްއަށް ޤަބޫލުކުރެވުމުން އޭނާ އަމިއްލައަށް ވަނީ ވަޒީފާއިން ވަކިވެފައެވެ. ނަމަވެސް އެޕަލް ކުންފުނީގެ ބޯޑުގެ ޗެއާމަން އެއްގެ ގޮތުގައި މަރުވިދުވަހާއި ހަމައަށް ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން