Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކާމިޔާބީގެ ފިޔަ

ބޯހިޔާވަހިކަންނެތި އުޅެމުން ކާމިޔާބީއާއި ހަމައަށް ދިޔަ 12 ތަރިން

23 މޭ 2017 - 11:04

މަރިޔަމް ލައިސާ

ކޮންމެ ތަރިއެއްވެސް އަދި ކާމިޔާބު ވެފައިވާ ކޮންމެ މީހެއްވެސް އެހިސާބަށް ވާޞިލުވެފައި ވަނީ ވަރަށް ބުރަ މަސައްކަތާއި އެކު އެވެ. އަދި ވަރަށް އުނދަގުލާއި ދަތިތަކާއި ކުރިމަތިލުމަށްފަހު އެވެ. އެއީ ކާމިޔާބު ވުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާތީއެވެ.

އެގޮތުން ބޯހިޔާވަހިކަން ނުލިބި ހުރެފައި ކާމިޔާބުވި 12 ތަރިއެއްގެ ވާހަކަ މި ލިޔުމުގައި ހިމަނާލާނަމެވެ.

1. ޖެނިފާ ލޮޕޭޒް
ޖެނިފާއަށް 18 އަހަރުގައި ޖެނިފާ ނެށުންތެރިއަކަށް ވުމަށްޓަކައި އޭނާގެ މަންމަގެ ގެއިން ނިކުމެގެން އެކަނި އުޅެން ފެށިއެވެ. ނަމަވެސް ބޯހިޔާވަހިކަން ނެތުމުން އޭނާގެ ބޮޑު ކާމިޔާބީއާއި ހަމައަށް ދެވެންދެން އޭނާ ނިދާ އުޅުނީ ނަށާ ސްޓޫޑިއޯ ތަކުގައެވެ

2. ސިލްވެސްޓާ ސްޓެލޯން
"ރޮކީ" ފިލްމެގެ ކުރިން ސިލްވެސްޓާ ވަނީ ބޯހިޔާވަހިކަން ނުލިބިގެން 50 ޑޮލަރަށް އޭނާގެ ކުއްތާ ވިއްކާލާފައެވެ. ނަމަވެސް އެ ފިލްމް ގެ ސްކްރިޕްޓް ވިއްކާލުމަށްފަހު އޭނާވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ އެ ކުއްތާ 3000 ޑޮލަރަށް އަނބުރާ ގަނެފައެވެ.

3. ޖުވެލް
ޖުވެލް އޭނާގެ ޒުވާޏް އުމުރުގައި އުޅެމުން އައީ ކާރެއްގެ ތެރޭގައެވެ. އަދި އޭނާގެ އެންމެ ފުރަތަމަ ލަވަ ރިކޯޑް ކުރުމުގެ ފުރުސަތާއި ހަމައަށް އޭނާ އުޅެފައި ވަނީ އެހެންނެވެ.

4. ހެލީ ބެރީ
ހެލީ އެކްޓްރެސް އަކަށް ވެވެންދެން އުޅުނީ ބޯހިޔާ ކުރާނެތަނެއް ނެތިއެވެ. ނަމަވެސް އެކަޑަމީ އެވޯޑް ލިބުމާއި އެކު އޭނާވަނީ ކާމިޔާބީއަށް ވާޞިލުވެފައެވެ.

5. ކްރިސް ޕްރެޓް
"ކަރސްޑް ޕާޓް 3" އިން އޭނާއަށް ލިބުނު ކާމިޔާބީ ލިބެންދެން އޭނާ އުޅެފައި ވަނީ ހަވާއީގައި ވޭނެއްގެ ތެރޭގައެވެ

6. ޖިމް ކެރީ
ޖިމް ކެރީ ސުކޫލުން ކެނޑުމާއި އެކު އޭނާ އާއި އޭނާގެ އާއިލާ ދިރިއުޅެމުން އައީ ވީޑަބްލިއު ބަހެއްގައެވެ. އަދި އުޅޭނެ ތަނެއް ނެތިގެން އޭނާގެ ދައްތައެއްގެ ގޭގެ ބޭރުގައި ޓެންޓް ޖަހައިގެން ވެސް ނިދި ކަމަށް ވެއެވެ.

7. ޑރ. ފިލް
އޭނާގެ ބައްޕަ ސައިކޮލޮޖީގެ އިންޓަރންޝިޕް އެއް ނިންމުމާއި ހަމައަށް އޭނާ ދިރިއުޅެފައި ވަނީ ކެންސަސް ސިޓީގައި ކާރެއްގެ ތެރޭގައެވެ

8. ސޫޒީ އޯރމަން
1973 ވަނަ އަހަރުގައި ބޯހިޔާވަހިކަމެއް ނުލިބުމުގެ ސަބަބުން އޭނާ ވަނީ 4 މަސް ވަންދެން ކާރެއްގެ ތެރޭގައި ދިރިއުޅެފައެވެ

9. ޑެނިއަލް ކްރެއިގް
ޖޭމްސް ބޮންޑް ލަންޑަން ގައި އޭނާގެ ކާމިޔާބީގެ ކުރިން ވަނީ ޕާކް ތަކުގެ ބެންޗް ތަކުގައި ނިދާފައެވެ

10. އެލާ ފިޓްޒްގެރާލްޑް
އެލާގެ ކާމިޔާބީގެ ކުރިން އެލާ އުޅެފައިވަނީ ވަރަށް ދަތި ހާލެއްގައެވެ. އަދި 1934 ވަނަ އަހަރު ހަރލެމްގައިވާ އެޕޯލޯ ތިއޭޓަރުގައި އޭނާގެ ކާމިޔާބީގެ ކުލަވަރު ފެންނަންދެން އޭނާ އަކީ ބޯހިޔާވަހިކަމެއް ނެތް މީހެކެވެ.

11. ހިލަރީ ސްވޭންކް
ފިލްމީ ތަރިއަކަށްވުމަށްޓަކައި ލޮސް އޭންޖަލަސް އަށް ބަދަލުވެގެން އޭނާއާއި އޭނާ މަންމަ ނިދާފައިވަނީ ކާރެއްގެ ތެރޭގައެވެ

12. ކެލީ ކްލަރކްސަން
އެމެރިކަން އައިޑަލްގެ ތަރިއަކަށް ވުމުގެ ކުރިން އޭނާގެ ލޮސް އޭންޖަލަސްގައި ހުރި އެޕާޓްމެންޓްގައި އަލިފާން ރޯވުމާއި ގުޅިގެން އޭނާ ދިރިއުޅެފައި ވަނީ ކާރެއްގެ ތެރޭގައެވެ

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން