Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކާމިޔާބީގެ ފިޔަ

ކެރިޔާއެއް ނުވަތަ ޕްރޮފެޝަން އެއް އިޙްތިޔާރުކުރާނީ ކިހިނެއް!

17 ޖުލައި 2017 - 15:13

ޙައްވާ މައިޝާ އިބްރާހީމް

އަޅުގަނޑުމެންގެ މި މުޖުތަމައުގައި ޕްރޮފެޝަން އެއް ނުވަތަ ކުރިއަށްދާނެ މަގެއް ހޯދުމަށް ބަލާލުމުން ގިނަ ކުދިންނަށް އެ މަގު ފެންނަނީ ނުހަނު ހަނިކޮށެވެ. ކުރިއަށްދާނެ މަގެއް އިޙްތިޔާރުކުރުމުގެ ވަގުތު އައިސް ޖެހުމުން ހަދާނެ ގޮތް ހުސްވާ ކުދިންވެސް މަދެއް ނޫނެވެ. ބައެއްކުދިންނަށް އެއްކަމަކަށްވުރެ ގިނަ ކަންތައްތަކަށް ޝައުގުވެރިކަން ހުންނައިރު އަނެއްބައި ކުދިންނަކީ ޝައުގުވެރިކަން ހުރީ ކޮންދާއިރާއަށްކަންވެސް ފާހަގަކުރަން ނޭންގޭ ކުދިންނެވެ. އެހެންކަމުން ކެރިއާއެއް ނުވަތަ ޕްރޮފެޝަންއެއް އިޙްތިޔާރު ކުރުމުގައި ކަންކުރެވިދާނެ މުހިންމު ނުކުތާތަކަކަށް މި އާޓިކަލްގައި އަލިއަޅުވާލާނަމެވެ.

 

1. ނަފްސު ދެނެގަތުން

ކެރިއާއެއް އިޙްތިޔާރުކުރުމުގެ ކުރިންއަމިއްލަ ނަފްސު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އިސްކަންދެވޭ ކަންތައްތަކާއި ޝައުގުވެރިކަން ހުންނަ ދިމާލެއް ދެނެގަތުމާއި މީގެ އިތުރުން އަމިއްލަ ނަފްސުގައި ހުނަރުވެރިކަމެއް ހުރިނަމަ އެހުރިހާ ކަމެއްގެ ބޭނުން ކޮށްގެން އިޙްތިޔާރުކުރެވޭ ދާއިރާއަކި ރަނގަޅު އަދި ބައެއް ފަހަރު ރަނގަޅު ނޫން ދާއިރާއަކަށްވެސް ވެދާނެއެވެ.

 

2. މަސައްކަތުގެ ދާއިރާތަކެއްގެ ލިސްޓެއް ތައްޔާރުކުރުން

އަމިއްލަ ނަފްސު ޝައުގުވެރިވާނެ އަދި ފަސޭހައިން ބަލާލެވޭނެ ގޮތަކަށް އެއް ލިސްޓެއްގައި ކުރަންބޭނުންވާ ކަނަތައްތައް، ތަރުތީބުން އަތުރައިލާށެވެ. އޭރުން އެ ލިސްޓް ބަލައިގެން ކުރިއަށް ދިއުމަށް އެތަށް ފަސޭހަތަކެއް ވާނެއެވެ.

 

3. ލިސްޓްގައިވާ މަސައްކަތްތައް ހޯދާ ބެލުން

މިކަންކުރުމަށް އިންޓަނެޓް ނުވަތަ ސަރުކާރުގެ ގެޒެޓްގެ އެހީތެރިކަންވެސް ހޯދިދާނެއެވެ. ވަޒީފާގައި އަދާކުރަންޖެހޭ މަސްއޫލިއަޔަތުތަކާއި، ލިބިފައި ހުންނަންޖެހޭ ތައުލީމީ ފެންވަރާއި، ޓްރެއިނިންތަކާއި، އަދި އެވަޒީފާއެއްގައި ހުރެގެން ކުރިއަށްދެވޭނެ މަގުތަކަކީ ކޮބައިކަން ބަލާލުން ވަރަށް މުހިއްމެވެ. އަދި ހަމެ އެހެންމެ އަދާކުރާ ވަޒީފާއިން ލިބޭނެ އާމްދަނީއަކީ ކޮބައިކަންވެސް ބަލާލެވިދާނެއެވެ.

 

4. ތައްޔާރުކުރި ލިސްޓް އިތުރަށް ކުރު ކޮށްލާށެވެ

މިހިސާބުން ހޯދާ ބަލާފައިވާ ކަންތައްތަކުގެ ތެރެއިން އެންމެެ އިސްކަންދެވޭ ކަންތައްތައް ކުރު ލިސްޓެއްގައި ލިޔެލާށެވެ.

 

5. ޕްރޮފެޝަނަލް މީހުންނާއި އިންޓަވިއު ކުރުން ނުވަތަ ސުވާލުކުރުން

ތައްޔާރުކުރި ކުރު ލިސްޓްގައިވާ ކަންތައްތައް ރަނގަޅަށް ދަންނަ މީހުންގެ ގާތުން އެ މަސައްކަތާބެހޭ މަޢުލޫމާތު އެއްކުރާށެވެ. މިގޮތަށް މަޢުލޫމާތު އެއްކުރާއިރު މަސްއަކަތުގެވަގުތާއި، މަސައްކަތުގެ މައުހާލާއި، މަސައްކަތުގައި ކުރިއަށްދެވޭނެ މަގުތަކާއި ބެހެގޮތުން ސުވާލުކުރުން ވަރަށް މުހިންމު ވާނެއެވެ.

 

މިހުރިހާ މަޢުލޫމާތެއް ހޯދުމަށްފަހުގައި އަމިއްލަ ނަފްސަށް އެންމެ އެކަށޭނެ އެންމެ ހިތްހަމަ ޖެހިގެން އަދާކުރެވޭނެ ކެރިއާއެއް ނުވަތަ ޕްރޮފެޝަން އެއް އިޙްތިޔާރިކުރުމަށް އިސްކަންދޭށެވެ. އޭރުން ކާމިޔާބީއަށް މަގުފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން