Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހިތްވަރުގަދަ އަޑު

ކާފަގެ ބަދިގެ- ޔަތީމު ކުދިންނަށް ހިނިތުންވުން ގެނެސްދޭ މަސައްކަތެއް!

5 އޮކްޓޯބަރ 2017 - 15:00

ޙައްވާ އަޒްލީނާ ޢަލީ

ލައްކައަށްވުރެ ގިނަ ސަބްސްކްރައިބާސް ލިބިފައިވާ "ގްރޭންޑްޕާސް ކިޗަން" ޔޫޓިއުބް ޗެނެލްގެ ވާހަކަ އަކީ ނުދައްކާ ދޫކޮށްލެވޭ ވަރުގެ ވާހަކައެއް ނޫނެވެ. 70 ވަރަކަށް އަހަރަށްދާ އިންޑިއާގެ މިމުސްކުޅި ފިރިހެންމީހާގެ ހިތްހަމަޖެހުމަކީ އޭނާ ކައްކާ އެއްޗެހި ޔަތީމު ކުދިންނާއި ޚިއްސާކުރުމުވެ. އޭނާގެ ސްލޯގަން އަކީ "ލޯބިވާ، އަޅާލާ އަދި ޚިއްސާކުރާ ބަދިގެ" އެވެ. މިމުސްކުޅިމީހާ ކައްކަނީ ބޭރުގައި ދަރުއުނދުން ބޭނުންކޮށްގެންނެވެ. މީނާގެ ކާނާގެ ތެރޭގައި ޑޯމިނޯ ޕިއްޒާ، ޗިކަން ބިރިޔާނި، ނޫޑްލިސް ފަދަ ކާނާ ހިމެނެއެވެ. މުސްކުޅިމީހާގެ މަސައްކަތުގައި އެހީވުމަށާއި ކެމެރާ ކުރަން ތިބެނީ ބަލާބެލުމަށް އޭނާގެ ކާފަ ދަރިންނެވެ.

ބޮޑެތި ތެލިތަކުގައި ކައްކާއިރު މި ބޭބެ އުޅެނީ ވަރަށް މުރާލި ކޮށެވެ. ކެއްކުމަށް އެއެއްޗެހި ރަހަ ބެލުމަށްފަހު ޕާރުސަލްކޮށްގެން ގެންދަނީ ޔަތީމު ހާނާގައި ދިރިއުޅޭ ކުދިންނަށާއި ގެދޮރު ނެތް ނިކަމެތީންނަށެވެ. ކުދިންނަށް މިއެއްޗެހި ލިބުމުން އަންނަ ހިނިތުންވުމަކީ ކޮންމެ މީހެއްގެ ހިތަށްވެސް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. ގްރޭންޑްޕާސް ކިޗަންގެ ސަޕޯޓަރުން އެބޭބެގެ މަސައްކަތަށް ވަރަށް ގިނަ ތަޢުރީޕްކޮށް ކޮމެންޓް ކޮށްފައިހުރެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން