Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހިތްވަރުގަދަ އަޑު

ބައްޕަ ބޭނުންވީ އަހަރެން ނުކުޅެދޭ ކުއްޖަކަށް ހަދަން

30 އޮކްޓޯބަރ 2017 - 15:00

ޙައްވާ އަޒްލީނާ ޢަލީ

އަހަރެންގެ ބައްޕަ ބޭނުންވީ އަހަރެން ނުކުޅެދޭ ކުއްޖެކަށް ހަދާށެވެ. ސަލާންޖަހަން ނެރޭށެވެ. އެކަމާ އިނދިކޮޅު ހަދާފައި މަންމަ އަހަރެން ގޮވައިގެން ފުރައިގެން އައެވެ. އަހަރެންގެ މަންމަ ލާރި ހޯދަން ކުރާ މަސައްކަތެއް އަހަންނަކަށް ނޭނގެއެވެ. އިގޭހާވެސް އެއްޗަކީ މަންމަ މުޅި ދުވަހު ނިދާފައި ރޭގަނޑު މަސައްކަތަށް ދާކަމެވެ. އަހަރެމެން އުޅެނީ މަގުތައް މަތީގައެވެ. އަވައްޓެރިންނާއި ފުލުހުން އަހަންނަށް ގޮވަނީ "ނާސި އަންހެނާގެ ދަރި" އެވެ. އަހަރެންގެ މަންމަ ބުނީ އެކަމާއި އަޅާނުލުމަށެވެ. އަދި ގޯސް މީހުން އަބަދުވެސް ގޯސް އެއްޗެހި ކިޔާނެކަމަށެވެ.

އަހަރެން ސަލާން ޖަހާކަށް ނުނިކުންނަމެވެ. އަހަންނަކީ މާވިއްކާ މީހެކެވެ. އަހަރެން ވިއްކަނީ މަލެވެ. އަހަރެން ބޮޑެތި ކާރުތަކުގެ ބިއްލޫރިތަކުން ބޯދިއްކުރާއިރު ރީތި ކުދިންތައް އެމީހުންގެ މައިންބަފައިންނާއިކު ތިބެއެވެ. ބައެއްފަހަރު ހިތަށް އަރައެވެ. އެކުދިންގެ ބައްޕައިން އެކުދިންގެ ގުނަވަން ނަގައިގެން ވިއްކަން ނުވަތަ ނުކުޅެދޭ ކުދިންނަށް ހަދައިގެން ސަލާންޖަހަން ބޭނުންނުވޭ ބާވައެވެ. އެއްދުވަހަކު ވަރަށް މުއްސަނދި އަންހެނެއް އަހަރެންގެ އަތު ހުރި ހުރިހާ މާތައް ގަތެވެ. ނަމަވެސް އޭނާގެ އަންހެން ދަރިފުޅު އަހަންނަށް ލާރި ދޭން އުޅުމުން ބުނީ އަހަރެންގައިގައި ބައްޔެއް ހުރެދާނެތީ ގައިގައި އަތްނުލުމަށެވެ. އެކުއްޖާ ފައިސާތައް ވަޔަށް ވިހުރާލުމުން އަހަރެން ފައިސާތައް ހިފީމެވެ. އަހަންނަށް އެންމެ ގިނައިން މާވިއްކުނީ އެދުވަހުއެވެ.

*ޖީއެމްބީ އަކާޝްގެ ފޭސްބުކް ޕޭޖުން ނަގާފައި*

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން